ހުޅުމާލެ ފުރަތަމަ ފިޔަވަހީން ދަތުރު ކުރި ވޭނެއް ހުއްޓުވައި ފާސްކުރިއިރު، 40 ފުޅި ބަނގުރާއެކު 2 ބިދޭސީން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނުނު ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އިންޑިއާގެ ދެ މީހުން ކަމަށްވާ އުމުރުން 47 އަހަރުގެ ރާޖަގޯޕާލް ސެލްވަގަނަޕަތީ، އާއި އުމުރުން 27 އަހަރުގެ ތަލަޕަތީ ޕުގަޒެންދީއެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ އަޅާފައި ހުރީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.
ފުލުހުން ވިދާޅުވީ އެ ވޭން މިހާރު ޓޯކޮށް އިތުރު ތަހުގީގަށް ފުލުހުންގެ ބެލިމިގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. އަދި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

