ސްރީ ލަންކާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓި، ސިފައިންގެ ހަ މީހުން މަރުވެއްޖެއެވެ.
ވެއްޓިފައި ވަނީ ސްރީ ލަންކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ބޭނުން ކުރާ ބެލް 212 މަރުކާގެ ހެލިކޮޕްޓަރެކެވެ.
ލަންކާގެ ވައިގެ ސިފައިންގެ ތަރުޖަމާނު އިރާންޑާ ގީގަނޭ ބުނެފައިވަނީ ހެލިކޮޕްޓަރު ވެއްޓުނު ވަގުތު އޭގައި ދެ ޕައިލެޓުންނާ އެކު 12 ސިފައިން ތިބި ކަމުގައެވެ. ނަމަވެސް އޭގެ ތެރެއިން މަރުވެފައިވަނީ ހަ މީހަކު ކަމުގައި އޭނާ ވަނީ ބުނެފައެވެ. ތެރޭގައި ހިމެނެނީ ލަންކާގެ އަސްކަރިއްޔާގެ ކޮމާންޑޯ ލަޝްކަރުގެ ހަތަރު ސިފައިންނާއި، ވައިގެ ސިފައިންގެ ދެ މީހުންނެވެ.
ހެލިކޮޕްޓަރު ވެއްޓިފައި ވަނީ، އަސްކަރިއްޔާގެ ހެވިކަން ދައްކައިލުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެއީ، ސްރީ ލަންކާގެ ވައިގެ ސިފައިންގެ ޚިދުމަތަށް އަލަށް ގުޅި، ތަމްރީނު ފުރިހަމަ ކޮށްފައިވާ އައު ސިފައިންގެ ދަސްވެނިވުން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތެކެވެ.

