އޮޔާދަމުންދިޔަ ސްރީލަންކާގެ މަސްބޯޓަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ޕޯސް “އެމްއެންޑީއެފް”އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ބޯއްޓު އޮޔާދަމުން ދިޔައީ އައްޑު އަތޮޅު ހުޅަނގުން ކަމަށް އެމްޢެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ އައްޑު އަތޮޅު ހުޅަނގުން ހިތަދޫއާއި ދިމާލު ބޭރުން މި މަސްބޯޓު އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން އެ ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުންދާ ކަމަށެވެ. އަދި
މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެއް ކަމަށާއި، ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް މި ބޯޓުން މަޢުލޫމާތު ދޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަލު “ހުވަދޫ މީޑިއާ” އަށް މައުލޫމާތު ދެމުން ބުނީ މި ބޯޓުގެ އިތުރު މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި ބޯޓުގެ އިތުރު މައުލޫމާތެއް ލިބުނުހާ އަވަހަށް އެމްއެންޑީއެފުގެ ވެބްސައިޓުގައި ހިއްސާ ކުރާނެ ކަމަށެވެ.

