ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް މިއަހަރުގެ އެޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ސްކޮލަރޝިޕްގެ އިތުރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ދަރުވަރުންނާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފިއެވެ.
މި އަހަރުގެ މިހާތަނަށް 55.5 މިލިޔަން ރުފިޔާ ސްކޮލަރޝިޕްގެ ގޮތުގައި ދޫކޮށްފައިވާއިރު، މިއީ ޖުމްލަ 751 ދަރިވަރުންނަށް އެހީތެރިވެދީފައިވާ އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހިލޭ ޑީގްރީ ސްކީމަށް އެކަނިވެސް 51.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުުރުޞަތުގައި ޖުމްލަ 1338 އެޕްލިކޭޝަން ލިބިފައިވާކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.\
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ.

