ޕޮލިސް ސްޕެޝަލް ކޮންސްޓަބިއުލަރީންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

ޕޮލިސް ސްޕެޝަލް ކޮންސްޓަބިއުލަރީންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގައިފިއެވެ.
މޭ 8 ވަނަ ދުވަހު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމްގައި 25 ޕޮލިސް ސްޕެޝަލް ކޮންސްޓަބިއުލަރީން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްގައި ފަޔަރ އެވެއާނަސް ތިއަރީ ކުލާސްތަކާއި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެތަކެތި އަމަލީ ގޮތުން ބޭނުން ކުރާނެ ގޮތްތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
ޕޮލިސް ސްޕެޝަލް ކޮންސްޓަބިއުލަރީންނަށް ހިންގި މި ޕްރޮގްރާމްގެ ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
