މަރަދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

މި އަހަރުގެ ކުޑަކުދީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫ ޞިއްޙީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
މަރަދޫ ބަނދަރު ސަރަހައްދުގައި އިއްޔެ ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ކޮމްޕޯނަންޓުން ފަޔަރ ވެހިކަލްތަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު، އެ ސަރަހައްދަށް ޒިޔާރަތްކުރި ކުދީންނަށް ވަނީ ފަހިކޮށްދީފައެވެ.
މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.
