ިއިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ކަންގަނާ ރަނަވާތު ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެެވެ.
އޭނާ ސޮއިކޮށްފައިވަނީ ލަޔަންސް މޫވީސް އިން އުފައްދާ، އިންޑިއާ ދަރިކޮޅު އެމެރިކާގެ ޑައިރެކްޓަރެއް ކަމަށްވާ އަނޫރާގް ރުދުރާ ޑައިރެކްޓްކުރާ ސައިކޮލޮޖިކަލް ހޮރޯ ތުރިލާއެއް ކަމަށް “ބްލެސްޑް ބީ ދި އީވިލް” ކިޔާ ފިލްމަކަށެވެ.
ކަންގަނާ ވަނީ ހޮލީވުޑްގައި މަސައްކަތް ކުރުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް މީގެ ކުރިން އެތައް އިންޓަވިއުއެއްގައި ހާމަކޮށްފައެވެ.
ކަންގަނާއާ އާއި އެކު ހޮލީވުޑްގެ މަޝްހޫރު އެކްޓަރ ސިލްވެސްޓަ ސްޓެލޯންގެ އަންހެން ދަރިފުޅު، ސްކާލެޓް ރޯޒް ސްޓެލޯން އާއި “ޓީން ވުލްފް” އިން އާންމުންގެ ބޮޑު މަޝްހޫރުކަމެއް ހޯދި ތަރި ޓައިލާ ޕޯސީ މި ފިލްމުން ފެނިގެންދާއިރު، ފިލްމުގެ މަަސައްކަތް ފަށާނެ ތާރީހާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީހަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައިނުވެއެވެ.
ކަންގަނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލީކް ސަބާގެ މެންބަރެކެވެ.

