މިއަދު ހަވީރު މާލެ-ހުޅުމާލެ ބްރިޖް ހަލިމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 16:09 ހާއިރު މާލެ-ހުޅުމާލެ ލޭނުގައެވެ. އެގޮތުން ދުއްވާފައި ދިޔަ ސައިކަލެއްގެ ހަން ފަޅައިގެން ގޮސް، ކުރިމަތިން ދުއްވަމުން ދިޔަ އަނެއް ސައިކަލުގައި ޖެހުނު ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި އެކްސިޑެންޓާ ގުޅިގެން އެއްވެސް ފަރާތަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި ބާވަތުގެ އެކްސިޑެންޓްތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ.

