ކޮންމެ ފުލުހަކީވެސް ހަރުދަނާ މުވާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުގައި އެހުނަރުގެ ބޭނުން ހިފާ މީހަކަށް ވާންޖެހޭނެ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ ހިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވަނީ ފުލުހުންގެ ޒިންމާ އަދާކުރުމުގައި މުވާސަލާތު ކުރުމުގެ ހުނަރުގެ މުހިއްކަން ފާހަގަކުރައްވާފައެވެ.
އަދި ކޮންމެ ފުލުހަކީވެސް ހަރުދަނާ މުވާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުގައި އެހުނަރުގެ ބޭނުން ހިފާ މީހަކަށް ވާންޖެހޭނެ ކަމަށާއި ލީޑަރޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަންޖެހޭ ޒިންމާތަކާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
ލީޑަރޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަންޖެހޭ ޒިންމާތަކާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މީގެއިތުރުން، ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަން ބޮޑުގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމަކީ މުހިންމު ކަމެެއް. ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ކުރަންޖެހޭ ބައެއް. ޒިންމާދާރުކަމާއެކު އިސް މަގާމުތަކުގައި ތިއްބަވާ ފުލުހުން ދަށުގައި މަސައްކަތް ކުރައްވައި ފުލުހުންނަށް މަގުދައްކައިދީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން
ފުލުހުންގެ މެދުގައި އޮންނަންޖެހޭ އެކަކު އަނެއްކަކަށް އިހުތިރާމު ކުރުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުމާއި މަސައްކަތުގެ ވަގުތުގައި ފުރިހަމަ ސަމާލުކަން ދިނުމުގެ މުހިއްމުކަމާއި، ފަރުވާތެރިކަމާއެކު މަސައްކަތްތައް ނިންމެވުމުގެ މުހިންމުކަންވެސް ނަވީން ވަނީ ފާހަގަކުރައްވާފައެވެ.
އަދި ކޮންމެ ފުލުހަކުވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައިވެސް އަވަސްއަރުވާލައްވައިގެން ނިންމުންތައް ނުނިންމެވުމަށް ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން އިރުޝާދު ދެއްވިއެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް، މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރެއްވުމަށް އެންމެހާ މުވައްޒަފުންގެ އަރިހުން އެދިވަޑައިގެންނެވިވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނަށް މުހިންމު އިރުޝާދުތަކެއް ވަނީ ދެއްވާފައެވެ. ހާއްސަކޮށް، ފުލުހުންގެ މަސައްކަތުގެ އަހުލާގާއި، ނަޒާހާތްތެރިކަމުގެ މުހިންމުކަމާއި، އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.

