ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުޙައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ސ. ހުޅުދުއަށް އުފަން ނަޒީރު އަވަހާރަވީ، އިނގިރޭސިވިލާތުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުން ވެސް ގިނަ ބަޔަކާ ގުޅުން އޮންނަ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެއެވެ.
ސަންލޭންޑުގެ ދަށުން ކޮކޯ ޕާމް ބޮޑު ހިތި، ކޮކޯ ޕާމް ކުޑަ ހިތި އަދި ކޮކޯ ޕާމް ދުނި ކޮޅު، މަކުނޑު އައިލެންޑު ރިސޯޓުގެ އިތުރުން ބިޔާދޫ ރިސޯޓު ހިންގައެވެ.
ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

