ސްރީލަންކާގައިއަޅުކަމަކަށް ދިޔަ ބަޔަކު ދަތުރުކުރި ބަހެއް އުސް ސަރަހައްދަކުން ތިރިއަށް ވެއްޓި 21 މީހަކު މަރުވެ، 24 މީހަކު ޒަހަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު، ވެރިރަށް ކޮލޮމްބޯއިން އިރުމަތީގައި 140 ކިލޯމީޓަރު (86 މޭލު) ދުރުގައިވާ ކޮޓްމާލޭ ކައިރީގައެވެ.
މި ބަސް އެކްސިޑެންޓުވި އިރު އޭގައި 70 ވަރަކަށް ފަސިންޖަރުން ތިބިއިރު، ސްރީލަންކާގެ ޓްރާންސްޕޯޓް އެންޑް ހައިވޭސްގެ ޑެޕިއުޓީ މިނިސްޓަރު ޕްރަސަންނާ ގުނަސޭނާ ވިދާޅުވީ މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި ދެ ހޮސްޕިޓަލެއްގައި 24 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އަދި މި ބަހުގައި 70 މީހުން ދަތުރުކުރިއިރު، އެއީ އެބަހުގެ ޖާގައަށްވުރެ ވިއްސަކަށް މީހުން ގިނަ އަދަދެކެވެ.
ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި ބަސް ވެއްޓުނީ ވާތްފަރާތަށް އަރިއަށް އޮވެގެން ދުއްވަމުން ގޮސް އަނބުރާލަން އުޅުމުގެ ތެރޭގަ އެވެ.
މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބެލެވެއެވެ.

