އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިބި ކުދިންތަކެއް މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއަށް ފައްސިވެ، ހާލު ދެރަވި ފަސް ކުދިންނަށް އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވިގޮތުގައި އެ ފަސް ކުދިން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗް އެންއައިސީޔޫގައި ތިބި މަދު ކުދިންތަކެއް ކިބައިން އެންޓިބަޔޮތިކަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނުމާއި ގުޅިގެން ފިޔަވަޅުތައް އަޅައި ޑިސްއިންފެކްޓްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިންވެސް ވިދާޅުވެފައިވާއިރު، އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ވޭދަނައެއް ފެނުނީ މިދިޔަ މާޗު 27 ގައިއެވެ.
މިއާއެކު، ވަގުތުން އެ ކުއްޖާ އެކަހެެރިކޮށް، ބެކްޓީރިއާ އިތުރަށް ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތައް އެޅި ނަަމަވެސް، އިތުރަށް ހެދި ޓެސްތުތަކުން ދުވަސް ނުފުރާ ވިހެއި ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ ކުއްޖެއްގެ ހަށިގަނޑުން އެ ބެކްޓީރިއާ ފެނިފައިވެއެވެ.

