ހޮލީވުޑްގެ ރޮމޭންޓިކް ކޮމެޑީ “މެޓީރިއަލިސްޓްސް” އަންނަ މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ކްރިސް އިވަންސް އާއި ޑަކޯޓާ ޖޯންސަންގެ އިތުރުން ޕެޑްރޯ ޕާސްކަލް ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާއިރު، މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޯސެފް ލީ، ޖޯން މެގާރޯ، އެޑީ ކެހިލް، ސޯޔާ ސްޕީލްބާގް، ލުއީޒާ ޖެކޮބްސަން، މެރިން އަޔަލަންޑް އަދި ޒޯއީ ވިންޓާ ހިމެނެ އެވެ.
އޭ24 އިން ފިލްމުގެ ދެވަނަ ރަސްމީ ޓްރެއިލާ ރިލީޒްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ފިލްމުގައި ޑަކޯޓާ ޖޯންސަން ކުޅެފައިވަނީ ނިއުޔޯކް ސިޓީގައި ދިރިއުޅޭ ލޫސީ ކިޔާ އަންހެނެއްގެ ރޯލެވެ. މެޑޯނާގެ “މެޓީރިއަލް ގާލް” ގެ ކަވަރަކަށް ސެޓްކޮށްފައިވާއިރު، ފިލްމުގައި ލޫސީ އޭނާގެ ކްލައިންޓެއް އޭނާ ސެޓްއަޕް ކުރި މީހާއާ ކައިވެނި ކުރުން ފާހަގަ ކުރާތަން ފެނިގެންދެއެވެ.
މީހުންނަށް އެމީހުންގެ ހަޔާތުގެ ބައިވެރިޔާ ހޯދުމަށް އެހީތެރިވުމަށް ލޫސީ ހުނަރުވެރި ނަމަވެސް، ފެންނަ ފެނުމުގައި އޭނާއަށް އަމިއްލަ ލޯބީގެ ދިރިއުޅުން ހޯދައި ނުދެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ސެލީން ސޯންގެވެ. “މެޓީރިއަލިސްޓްސް” އަކީ ނީ ޕިކްޗާސް އިން ޑިސްޓްރިބިއުޝަނުން އުފައްދާ ރޮމޭންޓިކް ކޮމެޑީއެކެވެ.

