ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ "މެޓު"އިން ލަފާކޮށްފިއެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރަނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި މިއަދުން ފެށިގެން ކުރިއަށްއޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ވެސް ވަނީ މެޓުން ލަފާކޮށްފައެވެ.
މިއަދު ހެނދުނުގެ 7 އިން ފެށިގެން މެންދުރު 13:00 އަށް ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މެޓުން ހާމަކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި ރާޅުގެއުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި އުޅޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްލާފައެވެ.

