އާންމުންގެ ތެރެއިން ބޮޑު މަގުބޫލުކަމެއް ހޯދި މަޝްހޫރު ބޮލީވުޑް ފިލްމެއް ކަމަށްވާ “ޕަތާން”ގެ ދެވަނަ ބައިގެ ޝޫޓިން ޗިލީގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
ބޮލީވުޑްގެ ސުޕަރ ސްޓަރ ޝާހްރުކް ޚާން އާއި ކުޅަދާނަ ބަތަލާ ދިޕިކާ ޕަދުކޯން ލީޑް ތަރިންގެ ގޮތުގައި ފެނިގެންދިޔަ މި ފިލްމަކީ ވައިއާރުއެފް ސްޕައި ޔުނިވަރސްގެ 8 ވަނަ ފިލްމެވެ.
“ޕަތާން 2” ޝޫޓިން އަންނަ އަހަރު ފެށުމަށް ނިންމާފައިވާއިރު، ފިލްމުގެ ދެވަނަ ބައިގައިވެސް ޝާހު އަދި ދީޕިކާ ޕަދުކޯން ފެނިގެންދާއިރު، މި ފަހަރު އަނިލް ކަޕޫރުވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމައެއާއެކު، އަނިލް ކަޕޫރު ވައިއާރުއެފް ސްޕައި ޔުނިވަރސްގެ ކުރިއަށް ހުރި ފިލްމުތަކުން ފެންނާނެ ކަމަށް ރިޕޯޓްރައް ބުނާއިރު، އޭނާ ފުރަތަމަ ފެންނާނީ “ވޯރ 2” ގައެވެ. އޭގެ ފަހުން “އަލްފާ” އަދި “ޕަތާން 2” އިންވެސް ފެނިގެންދާނެއެވެ.
“ޕަތާން” އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށް ވެގެން ގޮސްފައިވާއިރު، މި ފިލްމުގެ ދެވަނަ ބަި ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުއެެވެ.

