ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަން ގުޅިގެން މިއަދު ހެނދުނު ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ހަރަކާތް ފެށުނީ މިއަދު ހެނދުނު 8:30 ގައި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
މި ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރ ޝްރީ ޖީ ބާލަސުބްރަމާނިއަމްގެ އިތުރުން އިންޑިއަން ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއާއި އެ ވުޒާރާގެ އިސްވެރިންނާއި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއަން ހައި ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި މިއީ މިއަހަރު އެ ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރެވެ. އަދި މިކަމުން ދިވެހިންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް ކުރާ މަސައްކަތް ހާމަވެގެންދާ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން 14 ވަނަ ދުވަހުއެވެ. މިއީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ހާއްސަ ދުވަހެކެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަން ގުޅިގެން މިއަދު ހެނދުނު ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ހަރަކާތް ފެށުނީ މިއަދު ހެނދުނު 8:30 ގައި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މި ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރ ޝްރީ ޖީ ބާލަސުބްރަމާނިއަމްގެ އިތުރުން އިންޑިއަން ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއާއި އެ ވުޒާރާގެ އިސްވެރިންނާއި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވެފައިވަނީ މި ހަރަކާތަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް ކަމަށެވެ. “ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނާއެކު މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.