ފީޗާރ ޚަބަރުޓްރީޓޮޕް ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި
ޓްރީޓޮޕް ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ. މި ކްލިނިކް ގާއިމުކޮށްފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައެވެ. މި ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ލިބިގެންދާނެއެވެ. ހައްޖުވެރިން އެނބުރި އަންނައިރު ދަތުރުމަތީގައި މާސްކު އެޅުމާއި، އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޓްރީ ޓްޕް ހޮސްޕިޓަލުން ވަނީ އިރުޝާދުދީފައެވެ. ޓްރީ ޓްޕް ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ކްލިނިކް…


















