މި ފުރަ މާލޭގައި މީހުން ދިރިއުޅޭތާ އެތަކެއް ޒަމާނެއް ވެއްޖެއެވެ. އެކަމަކު މިތަނުގެ މޫނުމަތި މިއޮތް ހުރިހާ ދުވަހު އޮތީ ކުނި ފުންޏެއް ހެނެވެ . ހިނގާބިގާ ނުއުޅެވޭ ޙާލުގައެވެ. މުޅި މަގު އޮންނަނީ ދުއްވާ އެއްޗެއްސާއި މުދާތަކުގެ ތެރޭގައެވެ. މީހުން ތިބެނީ ފުރިބާރުވެފައެވެ. އެއްވެސް ހަމަޔެއްލަމަޔެއް ނެތެވެ. މިއީ ރާއްޖޭ އަންނަ ފަތުރުވެރިންނަށް ދަންދެން ދަންނަ ބޮޑު ޙަގީޤަތެކެވެ. މި ދައްކަނީ "ބޮޑު ތަކުލީފެއް"ގެ ވާހަކައެވެ.ނަމަވެސް އެތައް ޒަމާންތަކަކަށް އެ ޙާލަތުގައި އޮތް ބާޒާރުމަތީ މަގަށް މިއަދު ކުއްލިއަކަށް އަންނަމުންދާ ޒަމާނީ ބަދަލުން އަންތަރީސް ނުކުރުވާ އެންމެ ދިވެއްސެއް ނެތެވެ. މި ދުނިޔެ މަތީގެ ސުވަރުގެއޭ ބުނާ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއަށް ނުވަތަ މާލެ ސިޓީއަށް އާރާފޭބުމަށް ބޭނުން ކުރަމުންދިޔަ ބަނދަރު މައްޗާއި، އެތައްބަޔަކު ކޮންމެ ދުވަހަކު އެއްވާ މާރުކޭޓް ސަރަހައްދު ހުންނަ މާލޭގެ މަލަމަތި އޭރު އޮތް ހާލަތު މިހާރު ހަނދާން ނެތިއްޖެ ކަހަލައެވެ. އެވީ ކިހިނެތް ހެއްޔެވެ؟
ދުއްވާލަން ފަސޭހަ ހިނގާލަން ފަސޭހަ އަރާމު ބޮޑު ބަދަލާއެކު އޭރު ބާޒާރު މަތީގެ އިހުގެ ހާލަތު މާޒީއަށް ބަދަލުވީއެވެ.
ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރަން އަތްލާން ނޭގިފައި އެތައް ޒަމާންތަކަކަށް އޮތް ބާޒާރުމަތީ މަގު ރަނގަޅު އުސޫލެއް ހަދައި ތަންފީޒުކުރުމަށް ފޮޅުވަތެއް ވެސް އަޅާލަން ކެރުނު ވެރިޔަކު ނެތްތާނގަ އެމަގު ފެންނަ ކަމަށް ހެދުނު ލޮލެއް ވެސް މީގެ ކުރިންނެތެވެ. ނިމި ދިޔަ ހުރިހާ ސަރުކާރަކަށް ވެސް ވިސްނުނީ، އެ މަގަށް އެއީ ހަމަ ހުރިގޮތްކަމަށް، ވިސްނުމަށް ދޫކޮށްލުމެވެ. ނުވާވަރުގެ ކަންކަމާ ބެހުމަށް ވުރެ އެކަން ސިއްރު ކޮށްލުމެވެ.
އެކަމަކު މިއަދު ފެންނަނީ ތަފާތު މަންޒަރެވެ. ރޯދަމަސް ފަދަ ޚާއްސަ ދުވަސްވަރުތަކުގައި މި ސަރަހައްދުގަ މީހުން ފުރާލާއިރު، ނިމިގެންދިޔަ ރޯދަމަހުވެސް ދިވެހިން ތިބީ އެ މަގުގެ ފަސޭހަކަމާއި ރީތިކަމާއި ޗާލުކަން ފެނި ބަސްހުއްޓިފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެއީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ އެންމެ ޙާއްސަ މަގަށްވާތީއެވެ. ކޮންމެ ދުވަހަކު އެތައް ބޭނުންތަކަށް ބޭނުން ކުރެވޭނެ މަގަކަށްވެސް ވާތީއެވެ. އިޤްތިސާދުގެ މި މައި ދޮރާށިން މިހާރު ވަންނަ ކޮންމެ މިހަކުވެސް ހުރީ ނިކަން އުފަލުންނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ތެރެއިން——ފޮޓޯ: އެމްޓީސީސީ
މިޗާލު ދޮރާށިން މުޅި ރާއްޖެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި އެތެރެ ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާއިރު، ފެންނަ މަންޒަރުގެ ތަފާތު ބަލާލާން ޖެހޭނެ ނޫންތޯއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ ތަރައްޤީއަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތާއި ތަސައްވުރުގެ ދަށުން ބާޒާރުމަތީގެ ސަރަޙައްދަށް ގެނެވުނު ބޮޑެތި ބަދަލުތަކަކީ މީގެ ކުރިން އެއްވެސް ރައީސް އަކަށް ގެނެވުނު ބަދަލެއް ނޫނެވެ. ރައީސް މުޢިއްޒުގެ ތަރައްގީގެ ސިޔާސަތަކީ ރައްޔިތުންނަށް އުނދަގޫ ނުވާނޭހެން ކަންކަން ތަރުތީބުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތްތައް ފުޅާކުރުމެވެ. މިގޮތުން ބާޒާރުމަތީގެ މަގުތަކަކީ މުދާ އުފުލާ މީހުންނަށާއި، ވިޔަފާރިވެރިންނަށް އަދި އާންމު ރައްޔިތުންނަށްވެސް އަމާން ، ފަސޭހަ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދު ތަރުތީބުކޮށް، ޕާކިންގް މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއްކަން ޔަޤީނެވެ. މީގެ ކުރިން ބާޒާރުމަތީގައި އޮންނަ ތޮއްޖެހުމުގެ ސަބަބުން މުދާ އުފުލުމުގައާއި ހިނގާބިނގާވެ އުޅުމުގައި ކުރިމަތިވި ދަތިތަކަށް މިހާރު ދަނީ ދާއިމީ ހައްލުތަކެއް ލިބެމުންނެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުދާ އަރުވައި ބޭލުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމަކީ ވިޔަފާރީގެ މުއާމަލާތްތައް އަވަސްވެ، ހަރަދު ކުޑަވެގެންދާނެ ކަމެއް ވެސް މެއެވެ.
މި ތަރައްޤީޒވ ގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އެންމެ ބޮޑު ފައިދާއަކީ ވަގުތު ސަލާމަތްވުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމެވެ. ބާޒާރުމަތީގެ ފަސޭހަކަން އިތުރުވުމަކީ ތަކެތީގެ އަގަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ. އެއީ މުދާ އުފުލުމުގެ ހަރަދު ކުޑަވެ، މުދާ ލިބުމުގައި ހުންނަ ހުރަސްތައް ނެތިގެންދާތީއެވެ.
ޖުމްލަގޮތެއްގައި ބުނާނަމަ، ބާޒާރުމައްޗާއި ބޮޑުތަކުރުފާނު މަގަށް ގެނެވޭ ބަދަލުތަކަކީ ރައީސް މުޢިއްޒުގެ "ދިވެހީންގެ ރާއްޖެ" ބިނާކުރުމުގެ މުހިންމު ބައެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ބާޒާރުމައްޗަކީ ހަމައެކަނި މުދާ އެތެރެކޮށް ގަނެވިއްކާ ތަނެއްގެ އިތުރުން، ތަރުތީބުކަންމަތީ ހިދުމަތް ލިބޭ، ހިތްފަސޭހަ އަދި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ހޯދާދޭނެ ތަނެކެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ތެރެއިން——ފޮޓޯ: އެމްޓީސީސީ
ވެރިން އެމީހުންގެ ދައުރުތައް ނިންމާލާ ފައިބައިގެން ދިޔައިރު، އާރާފޭބުމަށް މާލޭގެ މަލަމަތީގަ އޮތް، ކުނިފުނި ޗާލުކޮށްދިނީ އަދުގެ ރައީސްގެ ދުރުވިސްނޭ ވިސްނުމުން ކަމަށް މިހާ ހިސާބުން އެބަ ގަބޫލު ކުރެވއެވެ. މިއަދު ފެންނަނީ ޗާލު މާލެ އެއްގެ މަލަމަޗެވެ.
ރައީސް ޑރ މުއިއްޒުގެ ވިސްނުމުން ސާފްވަނީ މާދަމާގެ މުސްތަގްބަލާ ހަމައިންނެވެ. ދުރުވިސްނޭ ޕްލޭނާއި ހިކުމަތްތެރި ކަމުގެ މިސާލުންނެވެ.
މިހާ ހިސާބުން ހިތައް އަރަނީ ފަހުގެ ތާރީހެއްގައި ގައުމު ސިއްސުވާލި ބޮޑު ބުރިޖްގެ މޭސްތިރިޔާގެ ވާހަކައިން ފެށި ނަމަވެސް ރައީސް މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން ޤައުމަށް ގެނެވުނު ހެޔޮބަދަލު ފެނި ކަށަވަރުވާ ކަމެވެ.
މަދުބަޔަކަށް މި ޙަޤީޤަތް ކަމު ނުދިޔަ ނަމަވެސް މިއީ ފެންނަ ބޮޑު މަންޒަރެއްގެ އަސްލު ޙަޤީޤަތްކަން އެތައް ބަޔަކު ދަނެއެވެ.
ބޮޑުތަކުރުފާނު މަގުގެ މަޝްރޫއު އެއްކޮށް ނިމޭ ތާރީހަކީ އަންނަ ޖުލައިމަހެވެ. ބޮޑުތަކުރުފާނު މަގުގެ މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމަށް ތައްޔާރުވަމުންދާއިރު މި މަސައްކަތް ފެށީ 2025 ވަނަ އަހަރު އޯގަސްޓު މަހުއެވެ. މިއީ 455 ދުވަހުން އެމްޓީސީސީއާއި ޙަވާލުކޮށްގެން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށް ހަވާލުކުރެވުނު މަގެކެވެ. މިދާ ބާރުމިނާއި އަވަސްމިނަށް ބެލުމުން އަންނަ މިނިވަން ދުވަހަކީ ސިނަމާލެ ބްރިޖްގެ މޭސްތިރިއާ ރައީސް ޑރ މުޤިއްޒުގެ އެފަދަ އިތުރު މަޝްރޫޢުއެއް ނިންމާ އެކަމުގެ އުފާ ދިވެހި ރައްޔިތުން ލިބިގެންދާނެ ދުވަހަކަށް ވެގެން ދިޔުމަކީ އެންމެ ގާތް ކަމެކެވެ .




