ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރު ވަނަ އަހަރީ ދުވަހާ ގުޅިގެން އައިޕީޑީ ސާޖަރީ ތަކުގެ އަގުތަކަށް ހެޔޮ ބަދަލު ގެނެސްފިއެވެ.
އަގުތައް ކުޑަކޮށްފައިވާ ހިދުމަތްތަކުގެ ތެރޭގައި އާއްމު އޮޕަރޭޝަން ތަކަށް ހާއްސަ ނުވަތަ ޖެނަރަލް ސާޖަރީ، ނާރުގެ ސަރޖަރީ ނިއުރޯ ސާޖަރީ، އެތެރެ
ހަށީގެ ބޭސް ނުވަތަ އިންޓާނަލް މެޑިސިން، އަންހެނުންގެ ހާއްސަ ނުވަތަ އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީ، އަދި ކަށީގެ ބަލިތަކަށް ހާއްސަ ނުވަތަ
އޮރްތޯޕެޑިކްސް ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަހަރީ ދުވަހަށް ހާއްސަކޮށް އައިޕީޑީ ސާޖަރީ ހިދުމަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލު ގެނެސްފައި މިވަނީ އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ރާއްޖޭގެ ހުރިހާ އިންޝުއަރެންސް ކުންފުނި ތަކުގެ އިތުރުން އިންޓަނޭޝަނަލް އިންޝުއަރެންސް ކުންފުނިތަކުގެ
ކޭޝްލެސް ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް އެންސްޕާ އަދި އާސަންދައިގެ އެހީގައި ހޮސްޕިޓަލުގެ ހިދުމަތްތައް ކަވަރ
ކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އެހެން ކަމުން ހޮސްޕިޓަލަށް ވަޑައިގަންނަވާ މެހެމާނުންނަށް ހިދުމަތް ހޯދުމަތް ފަސޭހަ ވެގެންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި މަލްޓި-ސްޕެޝިއަލިޓީ ހިދުމަތްތައްދޭ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް
ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

