ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލާއި ޓްރީ ޓޮޕް ހޮސްޕިޓަލްއާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފްއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ހޮސްޕިޓަލްގެ އޯނާސް ރެޕްރެޒެންޓޭޓިވް ސަރާ މޫސާ އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގައި ނާސިން ކިޔަވަމުންދާ ދަރިވަރުންގެ ކްލިނިކަލް މާއްދާތަކުގެ ބައެއް ބައިތައް ކުރިޔަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ. އަދި ކިޔެވުމުގެ ބައިތައް ހޮސްޕިޓަލްގައި ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

