ޓްރީޓޮޕް ހޮސްޕިޓަލުން ޕެރަޓޮއިޑް ޓިއުމަރެއް ނަގައި ސާޖަރީއެއް ކާމިޔާބު ކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި އޮޕަރޭޝަނ ކާމިޔާބު ކޮށްފައިވަނީ ބަލިމީހާއަށް އެއްވެސް ގެއްލުމެއް ނުވާނެހެން ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ބަލިމީހާ ބަލީގައި ފުދޭވަރަކަށް ގިނަދުވަސް ވެފައިވާ ކަމަށާއި، ނަމަވެސް އެހެން ހޮސްޕިޓަލަކުން އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ޓްރީޓޮޕް ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ކާމިޔާބު ކޮށްފައިވާއިރު، މި އޮޕަރޭޝަނަކީވެސް އެ ހޮސްޕިޓަލުގެ ކާމިޔާބީއެއްކަން ފާހަގަ ކޮށްފައި ވެއެވެ.
މި ސާޖަރީ ހަދާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ލީޑިން ސާޖަން ލީޑިން އީއެންޓީ ޑޮކްޓަރު ރަޖޭޝް އޭ ވަލަންދް އެވެ.

