މި އަހަރުގެ ޓްރީޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި، ހަތް ޑޮކްޓަރުންގެ ޓީމަކުން އެހޮސްޕިޓަލުގައި ހަރަކާތްތެރިވާނެ ކަމަށް ޓްރީޓޮޕުން ބުނެފިއެވެ.
ޓްރީޓޮޕްގެ މި އަހަރުގެ ހިތާނީ ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ
އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން،
- ޑރ. އިބްރާހިމް މުއުމިން، ޑރ. މުހައްމަދު ޝަރީފް،
- ޑރ. ހުސެއިން ހަދިޔެވް،
- ޑރ. އުކްތަމް އަބްދުއްލާއިވް،
- ޑރ. މައުމޫން އާސިމް،
- ޑރ. އަބްދުﷲ އުބައިދު
ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު،
- ޑރ. މެހްމެތު އޮޑާ
މި ޑޮކްޓަރުންނާއެކު، ހިތާނުކުރުމުގެ ކަންކަމުގައި ޕްރޮފެޝަނަލް ނަރުހުންވެސް ހަރަކާތްތެރިވާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕުގައި ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް މިއޮތް މެއި މަހުގެ 15ގެ ނިޔަލަށެވެ. އެ ހޮސްޕިޓަލުގެ ހިތާނީ ޕެކޭޖުގެ އަގަކީ -/5000 ރުފިޔާއެވެ. މިއަގުގެ އިތުރުން ހާއްސަކޮށްފައިވާ އަގުތަކުގެ ތެރޭގައި، ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް އަގުތަކެއް ވަނީ ހަމަޖައްސާފައެވެ.
ޓްރީޓޮޕްގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށާއި ކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް 3351610 ނަންބަަރަށް ގުޅާލުމުން މައުލޫމާތު ލިބޭނެއެވެ. އަދި ކޭމްޕުގައި ބައިވެރިވެވޭނެއެވެ.

