ޓްރީޓޮޕް ހޮސްޕިޓަލާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގުޅިގެން ތިނަދޫ ސިޓީގަ ޙާއްސަ މެޑިކަލް ކޭމްޕެއް ފަށަން ތައްޔާރު ވެއްޖެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން "ހުވަދޫ" އަށް ވިދާޅުވީ ކޭމްޕް ފަށަނީ މި މަހު 30 ފެށިގެން 31 ގެ ނިޔަލަށް ކަމަށެވެ. މިގޮތުން ފަރުވާ ދެއްވަނީ ރާއްޖޭގެ މަޝްހޫރު ޑޮކަޓަރުންނެވެ.

ތިނަދަޫ ސިޓީ ފަށާ މެޑިކަލް ކޭމްޕަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަޑައިގަނަވާ ޑޮކްޓަރުން
ފަރުވާ ދެއްވުމަށް 8 ޑޮކްޓަރުންގެ ޓީމެއް ތިނަދޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ތިނަދަޫ ސިޓީ ފަށާ މެޑިކަލް ކޭމްޕަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަޑައިގަނަވާ ޑޮކްޓަރުން
ފަރުވާ ދެއްވާ ބަލިތަކަކީ އަންހެނުންގެ ޙާއްސަ ބަލިތަކާއި، ކަށީގެ ބަލިތަކާއި ގޭހުގެ ބަލީގެ އިތުރުން ނާރުގެ ޙާއްސަ ބަލިތަކަށެވެ. އަދި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބައްޔާއި ހިތުގެ ބައްޔާއި، ކަރުން މަތީގެ ޙާއްސަ ބަލިތަކަށްވެސް ފަރުވާ ދެއްވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

