ޓްރީ ޓޮޕް ހޮސްޕިޓަލްއިން ގދ. ތިނަދޫގައި ބާއްވަން ނިންމި މަލްޓި-ސްޕެޝިއަލިޓީ ހެލްތް ކޭމްޕެއް ފަށަން ތައްޔާރު ވެއްޖެއެވެ.
ކޭމްޕް އޮންނާނީ މިހިނގާ އޯގަސްޓް މަހުގެ 30 -31 އަށެވެ. ޑރ. ޢަބްދުޢްޞަމަދު މެމޯރިޔަލް ހޮސްޕިޓަލްއާއި ގދ. ތިނަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކޭމްޕްގައި ތަޖުރިބާކާރު ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ހެލްތް ކޭމްޕްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި، ހުޅުހުޅުގައި ރިއްސުމާއި، ހިތުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި ވައިހެދުމުގެ މައްސަލަތަކުގެ އިތުރުން އަންހެނުންގެ ޙާއްސަ ބަލިތަކަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމްތައް ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްއިން މިފަދަ ހޭލުންތެރިކުރުމުގެ ސިއްޙީ ކޭމްޕްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދެއެވެ. މިގޮތުން މިއަހަރުގެ ޖުލައި މަހުގައި، ގއ. ވިލިނގިލީގައި ބޭއްވި ކޭމްޕްގައި 317 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެ އަތޮޅުގެ ރަށްތަކުގެ ތެރެއިން މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫއިންވެސް އެ ކޭމްޕްގައި ވެސް ވަނީ ބައިވެރިވެފައެވެ. އެ ކޭމްޕްތަކުގައި ޑަކްޓަރަށް ދައްކުމަށްޓަކައި ބަލިމީހުންގެ އަތުން އެއްވެސް ޚަރަދެއް ނުހިނގާނެ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ، ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މިފަހަރުގެ މިކޭމްޕް ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެންނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އެ ހޮސްޕިޓަލުން ވަނީ ޝިކުރުވެރިވެފައެވެ.
“ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ގދ.ތިނަދޫ އަންހެނުންގެ ކޮމިޓީއަށް އިޚުލާސްތެރިކަމާއިއެކު ޝުކުރުވެރިވަން” ޓްރީޓޮޕް
ޓްރީޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯ، ޑރ. ސްރިވަޓްސަން ސްރިދާރް ޖީ، ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ޚަރަދު ސަލާމަތްވެ، ލުއިފަސޭހަކަމާއެކު ސްޕެޟަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި އެ ކޭމްގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑަކްޓަރުންނާއި ޑރ.ޢަބްދުޢްޞަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ޑަކްޓަރުން ޓެކްނިކަލް ލެވެލްގައި މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިޔަށްގެންދެވޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކޮންމެ އަހަރަކު ދިވެހިރާއްޖޭގައި އެކި ކަންކޮޅުތަކުގައި ގިނަ ދާއިރާތަކެއް ހިމެނޭ ޞިއްޙީ ކޭމްޕްތައް ބާއްވަމުން ގެންދެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައިވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އަދި މުޖުތުމަޢުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ގދ. ތިނަދޫ މަލްޓި ސްޕެޟަލްޓީ ހެލްތް ކޭމްޕުގައި ބައިވެރިވާގ ޑަކްޓަރުންގެ ޓީމް
| – ޑރ. މުހައްމަދު ހަބީބް | ކޮންސަލްޓަންޓް ކަށީގެ ޙާއްސަ ބަލިތަކާއި ޓްރައުމާ ސާޖަރީ |
| – ޑރ. އަލީ މުޒްނީ | ކޮންސަލްޓަންޓް ކަށީގެ ޙާއްސަ ބަލިތަކާއި ސާޖަރީ |
| – ޑރ. އަޙްމަދު އާޒިމް އަބްދުލް ޝަކޫރް | ކަށީގެ ޙާއްސަ ބަލިތަކާއި ސާޖަރީ ކޮންސަލްޓަންޓް |
| – ޑރ. ރާޖޭޝް އަރްވިންދް ވާލަން | ކޮންސަލްޓަންޓް ކަރުން މަތީގެ ޙާއްސަ ބަލިތައް |
| – ޑރ. ޝިރްމީން މުހައްމަދު | ކޮންސަލްޓަންޓް އަންހެނުންގެ ޙާއްސަ ބަލިތައް |
| – ޑރ. މެހްމުތް އޮޑާރ | ކޮންސަލްޓަންޓް ކުޑަކަމުދާ ނިޒާމުގެ ބަލިތައް |
| – ޑރ. އަބްދުލް އަޒީޒް އަހްމަދު
|
ކޮންސަލްޓަންޓް ހިތުގެ ޙާއްސަ ބަލިތައް (އިންޓަރވެންޝަނަލް ކާޑިއޮލޮޖީ) |
| – ޑރ. ޑިއެގޯ އެލެޖެންރޯ ބުލްޖެރިއޯނިއޯ | ކޮންސަލްޓަންޓް އެތެރެހަށީގެ ޙާއްސަ ބަލިތައް |
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޟިއަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޟްހޫރު ދާއިރާތަކުން ޙާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޟިއްހީ ޙިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވެސް ވަނީ ބުނެފައެވެ.

