ހެލްތު ސްކްރީނިން ޕެކޭޖްތަކުން 20 އިންސައްތަ ޑިސްކައުންޓްދޭ ޕްރޮމޯޝަންއެއް ޓްރީޓޮޕް އިން ފަށައިފިއެވެ.
ޓްރީޓޮޕް އިން މި ފެށި ޕްރޮމޯޝަން އަށް ކިޔަނީ "ވެލްނަސް ޕްރޮމޯޝަން"އެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ އިއްޔެ ކަމަށާއި މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އެ ޕެކޭޖުތަކުގެ ބޭނުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދީ އަވަހަށް ބަލި ދެނެގަތުމާއި ފަރުވާ ހޯދުމަށް އެހީތެރިވެދިނުން ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތްސަން ސްރިދާ ޖީ ވިދާޅުވިއެވެ.
މި ޕްރޮމޯޝަން އާއި ގުޅިގެން ޑރ. ސްރިވަތްސަން ވިދާޅުވީ އެ ހޮސްޕިޓަލުން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ސިއްހަތަށް އިސްކަންދިނުމަކީ ރައްޔިތުންގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށާއި އަދި މި ޕްރޮމޯޝަނަކީ ތިޔަބޭފުޅުންގެ ސިއްހީ ހާލަތު ޗެކް ކުރުމަށާއި ބެލެހެއްޓުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގާ ވެލްނަސް ޕްކޭޖްތައް:
- ވެލް ފީމެއިލް ޕެކޭޖް: އަންހެނުންގެ ހާއްސަ ސިއްހީ ބޭނުންތަކަށް
- ވެލް މެލް ޕެކޭޖް: ފިރިހެނުންގެ އާންމުކޮށް ހުންނަ ސިއްހީ މައްސަލަތަކަށް
- ވެލް ޗައިލްޑް ޕެކޭޖް: ކުޑަކުދިންނަށް ހާއްސަ މެޑިކަލް ޗެކްއަޕް
- ހެލްތް ލިވިން ޕެކޭޖް: ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބަލިތަކުން ރައްކާތެރިވުމަށް
- ހެލްތީ ހާޓް އެންޑް ސްޓްރޯންގް ހާޓް ޕެކޭޖް: ހިތުގެބަލިތަށް ދެނެގަތުމާއި މޮނިޓާކުރުމަށް
- ހެލްތީ ލަންގް ޕެކޭޖް: ފުއްޕާމޭގެ ސިއްހަތު ކުރިއެރުވުމާއި މައްސަލަތައް އަވަހަށް ދެނެގަތުމަށް
- ސާވިކަލް ކެންސޭ ސްކްރީނިން ޕެކޭޖް: ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުން
- ޑައެބެޓިކްސް ސްކްރީނިންގް ޕެކޭޖް: ހަކުރުބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް
- ތެލެސީމިޔާ ޗެކަޕްސް އެންޑް ސްކްރީނިން ޕެކޭޖް: ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކުން ހަދާ ޗެކަޕް
ޓްރީޓޮޕް ހޮސްޕިޓަލަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

