ހެނދުނުގެ ކަސްރަތަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ކުރެއެވެ. ދުވަހުގެ ހަރަކާތްތައް އެއްވަރެއްގައި ހިފަހައްޓަން އުނދަގޫވާނަމަ ކަސްރަތު ފުރަތަމަ ބައި ބަޔަށް ބަހާލައިގެން ކުރުން ވަރަށް މުހިންމެވެ.
.1ހެނދުނުގެ ކަސްރަތު ކުރުމަކީ ހިތްހަމަނުތަނަވަސް ކަމުން ދުރުކޮށްދޭ ކަމެކެވެ
2- ކަސްރަތުން ނަފްސާނީ ފައިދާ މުޅި ދުވަހު ލިބޭނެ އެވެ.
ކަސްރަތުން ނަފްސާނީ ދުޅަހެޔޮކަމަށް ގިނަ ފައިދާތަކެއް ލިބޭ އިރު، ފުރަތަމަ ކަމަކަށް ކަސްރަތު ކުރުމުން އެ ފައިދާތައް ވަގުތުން ތަޖުރިބާ ކޮށްލެވޭނެ އެވެ. ދުވަހުގެ ކާމިޔާބީގެ އިހުސާސް ކުރެވޭނެ އެވެ.
3- ހެނދުނުގެ ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއް އިޚްތިޔާރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ފަތިހުގެ ކާމިޔާބީގެ އެ އިހުސާސްތަކުގެ ސަބަބުން ވެސް ދުޅަހެޔޮ ދުވަހެއް ލިބުމަށް މަގުފަހިވެގެންދެއެވެ. ތެދުވެ ކަސްރަތު ކުރާއިރު ދުޅަހެޔޮ ވިސްނުމެއް ގާއިމުވެ، ދުވާލުގެ ވަގުތުތަކުގައި ހިތްހަމަޖެހުން ގެނުވައެވެ.
4- ހެނދުނުގެ ކަސްރަތާއެކު މެޓަބޮލިޒަމް ވަރުގަދަވާނެއެވެ.
ކަސްރަތަކީ މެޓަބޮލިޒަމް އިތުރުކޮށްދޭ އެއްޗެކެވެ. ހެނދުނު ކަސްރަތު ކުރުމުން ދުވާލުގެ އެހެން ވަގުތުތަކަށްވުރެ މެޓަބޮލިޒަމް އިތުރުވާކަން އެއްވެސް ދިރާސާއަކުން ޔަގީންކޮށް ސާބިތުކޮށްދީފައި ނުވި ނަމަވެސް، އޭގެ ސަބަބުން އެ މެޓަބޮލިޒަމް ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
5- ފަތިހު ކަސްރަތު ކޮށްފިނަމަ ރަނގަޅަށް ނިދި ލިބޭނެ އެވެ.
އާންމުގޮތެއްގައި ކަސްރަތު ކުރުމުން ހޯމޯނަލް ބެލެންސެއް އުފައްދައެވެ. އޭގެ ސަބަބުން ނިދި ރަނގަޅުކޮށްދެއެވެ. ކަސްރަތާއި ނިދުމަކީ ވެސް ބަރުދަން ލުއިކުރުމާ ގުޅިފައިވާ ކަމެއް ކަމުން ކަސްރަތާއި ނިދުމަކީ އެކުގައި ހިނގާ ކަމެކެވެ.

