ފަތިހ ހޭނުލެވޭ މީހުން ވަރަށް ގިނައެވެ. ފަތިހާއި ޙާއްސަކޮށް ހެނދުނު ހޭނުލާ ގިނަވަގުތު ނިދާ ނަމަ އެއީ ވަރަށް ގޯސް އާދައެވެ. މިއާދަ މިގޮތަށް ހަރުލެއްވިފައިވާނަމަ ރަނގަޅު ގޮތަކީ އެއްކޮށް މިކަން ހުއްޓާލާ އާދަ ބަދަލުކޮށްލުމެވެ. އެގޮތުން ތިމާ ދުވާލު އުޅޭ އުޅުމާއި ވަގުތައް ވަރަށް ބޮޑަށް ބަދަލުތަކެއް ގެންނަންޖެހެއެވެ. ނަމަވެސް ގިނަވަފަހަރަށް ހެނދުނު ހޭނުލެވެނީ ސަބަބުތަކެއް ހުރީމައެވެ. ސިއްހީ ގޮތުން މީހާއަށް އަންނަ ބަދަލުތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
ސްލީޕް ޑިސްއޯޑާސް: ސްލީޕް އެޕްނިއާ އަކީ ދުވާލު ނިދި އައުމަށް މަގުފަހިކޮށްދޭ އާންމު ކޮށް ދެނެގަނެވިފައި ނުވާ ބައްޔެކެވެ. ނިދުމުގެ އެހެން މައްސަލަތަކުގެ ތެރޭގައި ސާކެޑިއަން ރިދަމް ސްލީޕް ޑިސްއޯޑާސް އާއި ރެސްޓްލެސް ލެގްސް ސިންޑްރޯމް ހިމެނެ އެވެ.
ނަފްސާނީ ދުޅަހެޔޮކަން: ޑިޕްރެޝަންގެ ސަބަބުން ފަތިހު ހޭލަން އުނދަގޫވެއެވެ. ހޭނުލެވުމަކީ ޑިޕްރެޝަނާ ގުޅުން ހުރި ކަމެއް ކަމަށް ހީވާނަމަ ޕްރޮފެޝަނަލަކާ ހަމައަށް ދާންވާނެ އެވެ.
ދިރިއުޅުމުގެ ވައްޓަފާޅި: އެކަށީގެންވާ ވަރަށް ނިދި ނުލިބުމާއި ސްޓްރެސް އާއި އެންޒައިޓީ އަދި އަލްކޮހޯލް ފަދަ ކަންކަމުގެ ސަބަބުން ފަތިހު ހޭލަން އުނދަގޫވެއެވެ.
ބޭސް: ބައެއް ބޭސްތަކުގެ ސަބަބުން ފަތިހު ހޭލަން އުނދަގޫވެއެވެ.
ޕެރަސޮމްނިއާސް: ޕެރަސޮމްނިއާ، ސްލީޕްވޯކިން، ސްލީޕް ޓޯކިން އަދި ނައިޓް ޓެރަރިޒަމް ފަދަ ބަލިތަކުގެ ސަބަބުން ހެނދުނު ހޭލަން އުނދަގޫވެއެވެ.
ދާއިމީ ވޭން: ދާއިމީ ވޭންތަކުގެ ސަބަބުން ފަތިހު ހޭލަން އުނދަގޫވެއެވެ.
އިތުރަށް ފަސޭހައިން ހޭލުމަށް ކުރެވިދާނެ މަސައްކަތުގެ ތެރޭގައި، އާދައިގެ ނިދުމުގެ ޝެޑިއުލެއް ގާއިމުކުރުނެވެ. ނިދުމުގެ ވައްޓަފާޅިތައްް ރަނގަޅު ބަދަލިތަކެއް ގެނެސް ރަނގަޅު އެލާމެއް ކޮންމެ ދުވަހަކުވެސް ބޭނުންކުރެވިދާނެއެވެ.
ފަތިހު ގަޑިއަށް ހޭލަން އަމިއްލަ ނަފްސު ތަމްރީނު ކުރާނެ ގޮތް:
ފަތިހު ވަގުތުން ހޭލުމަށް އަމިއްލަ ނަފްސު ތަމްރީނު ކުރެވިދާނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބައެއް ބަދަލުތަކުގެ ސަބަބުން ހެނދުނުގެ ވަރުބަލިކަން ފިލުވައިދެއެވެ ތެދުވެ، އުޖާލާވެ، އަވަހަށް އުޅެވޭނެއެވެ.
ހެނދުނު ވަރުބަލިވުމަށް މަގުފަހިވާ ސްލީޕް ޑިސްއޯޑާއެއް ނުވަތަ އެނޫންވެސް ސިއްހީ ހާލަތެއް މެދުވެރިވެއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާށެވެ.

