ޗިއާރސީޑް އަކީ ހަށިގަނޑުގެ އެކިބަލިތަކަށާއި ދުޅަހެޔޮ ސިއްހަތަކަށް ވަރަށް ބޭނުންތެރި އެއެޗެކެވެ. ޗިއާރސީޑް ބޭނުންކުރާނެ ގޮތަކީ އެކެއް ނުވަތަ ދެ ސަމްސާ ފެނަށް އަޅައިގެން ކުޑަވަގުތު ކޮޅެއްގެ ފަހުން ބޯލުމެވެ. އަދި ބައެއްފަހަރު ޗިއާރސިޑް ފެނަށް އެޅުމަށްފަހު އޭގެ ތެރެއަށް މާމުއި ކޮޅެއްއަޅާވެސް ބޭނުންކުރެވިދާނެއެވެ. ޗިއާސީޑުން ލިބޭ ފައިދާތައް ނުހަނު ގިނައެވެ. އެކިބަލިތަކަށް ފަރުވާދޭ މި ބުއިމުގެ ސަބަބުން ހިތުގެ މައްސަލަތަކުން ދުރުކޮށްދެއެވެ.
އަދި ހިތުގެ ދުޅަހެޔޮކަމަށް ޗިއާސިޑް ބޭނުންކުރުމަކީ ކޮންމެހެން ބޭނުން އެއްޗަކަށްވާއިރު، މީގައި އޮމެގާ-3 ފެޓީ އެސިޑް އެކުލެވިގެންވެއެވެ. މިއީ ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށް، ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްދޭ އެއްޗެކެވެ.

ޗިއާރ ސީޑްސް
އަދި ބަނޑު ހަރުވުމާއި ހަޖަމުކުރުން ރަނގަޅުކޮށްދެއެވެ. ޗިއާ ސީޑްގައި ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެންވެސް ވެއެވެ.
އަދި ފަލަބަލިން މީހާ ސަލާމްތަކޮށް ރީތި ހަށިގަނޑަކަށް މިއީ ކޮންމެހެން ބޭނުން އެއްވެކެވެ. ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވާ މި ބުއިމުން ނޭގި ހުއްޓާ މަޑުމަޑުން ހަމުގެ ކުލައަލިވެ ޒުވާންކަމާއި ރީތިކަން ގެނެސްދެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށް އެއްވަރަކަށް ހިފެހެއްޓުމަށް އެހީތެރިވެދޭއެވެ.
މީގެ އިތުރުން ކަށީގަނޑު ވަރުގަދަވެ ދުޅަހެޔޮކަން އިތުރުވެއެވެ.
ހަންގަނޑު ރީތިކޮށް ޑީޓޮކްސިފައިކޮށް، ހަމުގެ ފަށަލަ ވަރުދަދަވެއެވެ. ވަކިން ޙާއްސަކޮށް ހަކަތަ އިތުވެ މެޓަބޮލިޒަމަށް ބާރުދެއެވެ. މީގެ ސަބަބުން ހަކަތަ އާއި މެޓަބޮލިޒަމް އިތުރުކޮށްދޭ މި ބުއިމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ދުވާލަކު 1-2 މޭޒުމަތީ ސަމުސާ (15-30 ގްރާމް) ބޭނުން ކުރުން އެންމެ ރަނގަޅުވާނެ ކަމަށް ސިއްޙީ މާހިރުން ބުނެއެވެ.
އޭގެ ސަބަބުން ފާހަގަކުރެވުނު ބަލީގެ އިތުރުންވެސް ސިއްހީ ގިނަކަންތައްތަކަށް ޗިއާރސީޑް ވަރެއް ހަމަނެތެވެ.

