މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ ކެލައާ ބެހޭގޮތުންނެވެ. ހއ ކެލާ ނޫން އިނގޭތޯ!
ސަންޑަލްވުޑް، އާދެ، ކެލައަކީ، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހަމުގެ ފަރުވާއަކަށް، ހާއްސަކޮށް މޫނުގެ ހަންގަނޑު ރީތިކޮށް، ސާފުކޮށް، ތާޒާކަންމަތީ އަލިކޮށް ބޭނުންކުރަމުން އަންނަ ޤުދުރަތީ މާއްދާއެކެވެ. ކެލާފުށުން ދުވާ މީރުވަހަކީ ވެސް ގައިގެ ހަންގަނޑާއި މޫނުގެ ރީތިކަމަށް ބޭނުންކުރެވޭ، (ކެލާގެ ފަރުވާއަށްފަހު،) ނަފުސަށް ޔަގީންކަމާއި އިތުބާރު އަދި ހިތްހަމަޖެހުން ގެނެސްދޭ ވަހެކެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް މިއީ ވަރަށް މަޤްބޫލު ބާވަތެކެވެ.

މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ./ ފޮޓޯ: ފްލިކަރ
ކެލާގައި އެކުލެވޭ ޤުދުރަތީ މާއްދާތަކުގެ ސަބަބުން ހަމުގެ ސިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ޚާއްޞަކޮށް މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ.

މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ./ ފޮޓޯ: ފްލިކަރ
ކެލާގައި އެކުލެވޭ މުހިންމު މާއްދާތައް
ކެލާގައި އެކުލެވޭ އެންޓި-އޮކްސިޑަންޓްތަކާއި އިންފްލަމޭޝަން މަދުކުރާ މާއްދާތަކުގެ ސަބަބުން، މޫނުގެ ހަމުގައި މަރުވެފައި ހުންނަ ސެލްތައް ސާފުކޮށްލަދެއެވެ. އަދި، ހަމުގެ ސެލްތަކަށް ކާނާ ފޯރުކޮށްދީ، އައު ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ. މިކަމުގެ ސަބަބުން ވަގުތުގެ ކުރިން ހަންގަނޑު ދޫވެ މޫނުމަތީގައި ކުދިރޫ ގިނަވުން ފަދަ ކަންކަމުން ރައްކާތެރި ކޮށްދެއެވެ.

މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ./ ފޮޓޯ: ފްލިކަރ
މޫނުގައި ބިހި ނެގުމަކީ ގިނަ ބަޔަކު ކުރިމަތިލާންޖެހޭ މައްސަލައެކެވެ. ކެލާގައި އެކުލެވޭ އެންޓި-ބެކްޓީރިއަލް އަދި އެންޓި-އިންފްލަމެޓަރީ ޚާއްޞިއްޔަތުތަކުގެ ސަބަބުން، ބިހި އުފެދުމަށް މެދުވެރިވާ ބެކްޓީރިއާ މަދުކޮށް، ބިހި ނެގުމުން ދުރުކޮށް މޫނުގެ ހަންގަނޑު، ރީތިކޮށް އޮމާންކޮށް ހުރުމަށް އެހީތެރިވެދެއެވެ.

މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ./ ފޮޓޯ: ފްލިކަރ
ކެލާ މާސްކް ތައްޔާރުކުރާނެ ގޮތްތައް
ކެލާ ބޭނުންކޮށްގެން ގޭގައި ތައްޔާރުކުރެވޭ ދެ ބާވަތެއްގެ މާސްކް ތިރީގައި މިވަނީއެވެ:
ކެލައާއި ރޯސްވޯޓަރ ޕޭސްޓް
- ދެ ސަމުސާ ކެލާ، އަދި އެއް ސަމުސާ ރޯސްވޯޓަރ ، އެއްކޮށް ޕޭސްޓް ބަލާލާށެވެ.
- މޫނުގައި އުނގުޅާށެވެ. ހިކުނީމައި ފިނިފެނުން ދޮވެލާށެވެ.

މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ./ ފޮޓޯ: ފްލިކަރ
ކެލައާއި މާމުއި މާސްކް:
- 1 މޭޒުމަތި ސަމުސާ ކެލާފުށް
- 2 މޭޒުމަތި ސަމުސާ މާމުއި
މި ދެ ބާވަތް ރަނގަޅަށް އެއްކޮށް، މޫނުގައި ހާކައި ސްކްރަބް ކުރުމަށްފަހު 10-15 މިނެޓު ބެހެއްޓުމަށްފަހު ދޮވެލާށެވެ.
ކެލައާއި ރީނދޫއާއި ލުނބޯ މާސްކް:
- 1 މޭޒުމަތި ސަމުސާ ކެލާފުށް
- 1 މޭޒުމަތި ސަމުސާ ރީނދޫ
- ލުނބޯ ހުތްފޮދެއް
މި ތަކެތި ރަނގަޅަށް އެއްކޮށް، މޫނުގައި އުނގުޅުމަށްފަހު 10-15 މިނެޓު ބަހައްޓައި، ސާފު ފެނުން ދޮވެލާށެވެ.

މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ./ ފޮޓޯ: ފްލިކަރ
ސަމާލުވާންވީ ކަންތައްތައް
ކެލައަކީ އާންމު ގޮތެއްގައި ވެސް ފިނިކަމެއް ހުންނަ ގިނަ ހަމާ ގުޅޭ ބާވަތެއްކަމަށް ދިރާސާތަކުން ދައްކާފައިވާ މޫނުގެ ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް ޒަމާނުއްސުރެން ބޭނުން ކުރެވެމުން އަންނަ، ބިއުޓީޝަނުންގެ ޔަގީންކަމާއި އިތުބާރު ލިބިފައިވާ ބާވަތެކެވެ. އެހެންނަމަވެސް ކެލާ ކަމުގައޖވިޔަސް އަދި އެހެން ބާވަތެއް ކަމަށްވިޔަސް މޫނުގައި ހޭކުމުގެ ކުރިން އަންނަނިވި ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ.

މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ގެނެސްދިނުމުގައި ކެލާގެ ދައުރު ވަރަށް ބޮޑެވެ./ ފޮޓޯ: ފްލިކަރ
- އާ ސްކިން ކެއަރ އުފެއްދުމެއް ބޭނުންކުރަން ފެށުމުގެ ކުރިން ޑަރމެޓޮލޮޖިސްޓަކާ މަޝްވަރާކުރުން
- ހަމުގެ އެލަރޖީއެއް ހުރިނަމަ، ފުރަތަމަ އަތުގެ ކުޑަތަންކޮޅެއްގައި ހާކައި ޓެސްޓްކުރުން
- މާސްކް ބޭނުންކުރާއިރު ގިނަވަގުތު ނުބެހެއްޓުން
ކެލާއަކީ މޫނުގެ ހަމުގެ ސިއްޙަތަށް ވަރަށް ފައިދާހުރި ޤުދުރަތީ ބާވަތެކެވެ. ގަވާއިދުން އަދި ރަނގަޅު ގޮތުގައި ބޭނުންކުރުމުން، މޫނުގެ ހަންގަނޑަށް ތާޒާކަމާއި އަލިކަން ލިބި، ބިހި ނެގުމުން ދުރުކޮށް މޫނުގެ އޮމާންކަމާއި ރީތިކޮށް ޅަޒުވާންކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.

