އަކަންތޯސިސް ނިގްރިކަންސްއަކީ ހަންގަނޑަށް ކުރިމަތިވާ ސީރިއަސް މައްސަލައެކެވެ. މި ބައްޔަކީ ހަންގަނޑު ބޯވެ، ކުރަކިވެ، ކަޅުވެގެންދާ ބައްޔެކެވެ. މި ބަލީގައި ހަންގަނޑުގައި ކަޅުކުލައިގެ ނިޝާންތަކެއް ފާހަގަކުރެވެއެވެ. މި ނިޝާންތަކަކީ ފެންނަ ފެނުމަށް ތެތްކަމެއް ހުންނަ، ރާޅުތަކެއް ފަދައިން ހަންގަނޑު ބޯވެފައި ހުންނަ ނިޝާންތަކެކެވެ.
އެކަންތޮސިސް ނިގްރިކަންސްއަކީ ހަށިގަނޑުގެ ހަމުގައި ކަޅު، ވެލްވެޓީ ފަށަލަތަކެއް އުފެދޭ ސީރިއަސް ސިއްޙީ ހާލަތެކެވެ. މިއީ ގިނަފަހަރަށް އެހެން ބައްޔެއްގެ ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ. ޚާއްޞަކޮށް އިންސިއުލިން ރެސިސްޓެންސްއާ ގުޅުން ހުންނަ ބައްޔެކެވެ. މި ބަލީގެ މައިގަނޑު ނިޝާންތަކުގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ވަކި ސަރަޙައްދުތަކެއްގައި ހަން ކަޅުވެ، ކުރަކިވުމެވެ.
މި ހާލަތް އާންމުކޮށް ފެންނަނީ ކަރާއި، ކަކުލާއި، އުނަގަނޑާއި އަދި އަތުގެ އުޅަބޮށްޓާއި ކިހިފަތްދޮށުންނާއި ގައިގެ އެހެންވެސް ބައެއް ނާޒުކު ސަރަހައްދުތަކުން، (އުކުޅުވަޅާއި ޖިންސީގުނަވަންތަކާ ކައިރިން) މި ހާލަތު ފެނިދާނެއެވެ.

އެކަންތޮސިސް ނިގްރިކަންސް އަލާމާތްތަކާއި ހާލަތު ފެންނަ ގުނަވަންތައް / ފޮޓޯ:ސައިންސްޑިރެކްޓް
ބަލި ދެނެގަތުމާއި ފަރުވާ
އެކަންތޮސިސް ނިގްރިކަންސް ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންސިއުލިން ރެސިސްޓެންސްއާއި، ޓައިޕް 2 ޑައިބެޓީސްއާއި، ފަލަވުމާއި، ހޯމޯން މައްސަލަތަކާއި އަދި ބައެއް ބާވަތުގެ ބޭސްތައް ހިމެނެއެވެ. މި ބަލި ދެނެގަތުމަށްޓަކައި ޑޮކްޓަރުން އެކި ބާވަތުގެ ޓެސްޓުތައް ހަދައެވެ. މީގެ ތެރޭގައި ލޭގެ ޓެސްޓުތަކާއި، ހަކުރު ބަލި ހުރިތޯ ބެލުމާއި، އަދި އެހެނިހެން ގުޅުންހުރި ސިއްޙީ މައްސަލަތައް ހުރިތޯ ބެލުން ހިމެނެއެވެ.
މި ބައްޔަށް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމެވެ. މީގެ ތެރޭގައި ރަނގަޅު ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އަދި ބަރުދަން ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ޑޮކްޓަރުގެ ލަފާގެ މަތިން ލޯޝަން ނުވަތަ ކްރީމް ބޭނުންކުރުމާއި، އަސްލު ސަބަބަށް ފަރުވާ ދިނުން މުހިންމެވެ.
ގޭގައި ދެވިދާނެ ފަރުވާތައް
ޔޯގަޓް އަދި ރީނދޫ ބޭނުންކޮށްގެން ދެވިދާނެ ފަރުވާ: ޔޯގަޓަކީ ހަންގަނޑު ސާފުކުރުމަށް ރަނގަޅު ބާވަތެކެވެ. އޭގައި އެކުލެވޭ އެސިޑްގެ ސަބަބުން ހަންގަނޑު އަލިކޮށްދިނުމަށް އެހީވެދެއެވެ.
- ޔޯގަޓް ތައްޓަކާއި، މޭޒުމަތީ ސަމުސާ ރީނދޫ ރަނގަޅަށް އެއްކޮށްލައި، ޕޭސްޓެއް ތައްޔާރުކޮށްލާށެވެ.
- ފަނަރަވަރަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު، އާދައިގެ ފެނުން ދޮވެލާށެވެ. ހަފުތާއަކު ދެފަހަރު މިގޮތަށް ތަކުރާރު ކޮށްލާށެވެ.

ޔޯގަޓަކީ ހަންގަނޑު ސާފުކުރުމަށް ރަނގަޅު ބާވަތެކެވެ./ފޮޓޯ:އެޑޯބްސްޓޮކް
ބޭކިންގ ސޮޑާ ބޭނުންކޮށްގެން ދެވިދާނެ ފަރުވާ: ބޭކިންގ ސޮޑާ އަކީ ވެސް ހަންގަނޑުގެ މަރުވެފައިވާ ސެލްތައް ސާފުކޮށްދީ، ކަޅުވެފައި ހުންނަ ހިސާބުތައް އަލިކުރުމަށް އެހީވެދޭ ބާވަތެކެވެ.
- ސައިބޯ ޖޯޑެއްގެ ދެބައިކުޅަ އެއްބަޔަށް ވާވަރުގެ ބޭކިންގ ސޮޑާގެ ތެރެއަށް މަޑުމަޑުން ފެން އަޅައި، ޕޭސްޓެއް ތައްޔާރުކޮށްލާށެވެ.
- އެއަށްފަހު، ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި ރަނގަޅަށް އުނގުޅާލާށެވެ.
- ޕޭސްޓް އެއްކޮށް ހިކުމުން، ރަނގަޅަށް ދޮވެލާށެވެ. ހަފުތާއަކު ދެފަހަރު މިގޮތަށް ތަކުރާރު ކޮށްލާށެވެ.

ކިއުކަންބާ އަކީ ހަށިގަނޑުގައި ހުންނަ މަރުވެފައިވާ ހަންތައް ސާފުކޮށްދީ، ހަންގަނޑު އޮމާންކޮށްދިނުމަށް އެހީވެދޭ/ ފޮޓޯ:އެޑޯބްސްޓޮކް
ކިއުކަންބާ ބޭނުންކޮށްގެން ދެވިދާނެ ފަރުވާ: ކިއުކަންބާ އަކީ ހަށިގަނޑުގައި ހުންނަ މަރުވެފައިވާ ހަންތައް ސާފުކޮށްދީ، ހަންގަނޑު އޮމާންކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ.
- ކިއުކަންބާ އަދި ލުނބޯހުތް އެއްވަރަކަށް ބޭނުން ކޮށްގެން ޕޭސްޓެއް ތައްޔާރު ކޮށްލާށެވެ.
- އެއަށްފަހު، ކަފަކޮޅެއް ބޭނުންކޮށްގެން ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި ރަނގަޅަށް އުނގުޅާލާށެވެ.
- ދިހަވަރަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު، އައިސް ފެނުން ދޮވެލާށެވެ. ހިތްހަމަޖެހޭ ވަރަށް ނަތީޖާ ފެންނަން ދެން ކޮންމެ ދުވަހަކު ވެސް މިގޮތަށް ތަކުރާރު ކޮށްލާށެވެ.
- ގައިގެ ހަންގަނޑަށް ފިނިކަން ގެނެސްދޭ، މަރުވެފައި ހުންނަ ސެލްތައް ސާފުކޮށްދޭ

ގައިގެ ހަންގަނޑަށް ފިނިކަން ގެނެސްދޭ، މަރުވެފައި ހުންނަ ސެލްތައް ސާފުކޮށްދޭ ގުދުރަތީ މާއްދާއެކެވެ./ ފޮޓޯ:އެޑޯބްސްޓޮކް
އެލޯ ވެރާގެ ފަރުވާ: ގައިގެ ހަންގަނޑަށް ފިނިކަން ގެނެސްދޭ، މަރުވެފައި ހުންނަ ސެލްތައް ސާފުކޮށްދޭ ގުދުރަތީ މާއްދާއެކެވެ.
- އެލޯވެރާ ގަހުގެ ފަތުގެ އެތެރޭގައި ހުންނަ އެލޯ ވެރާ ޖެލް ނަގާށެވެ.
- އެއަށްފަހު، ހަންގަނޑު ކަޅުވެފައި ހުރި ކަރުގެ އެކި ހިސާބުތަކުގައި އެ ޖެލް ރަނގަޅަށް އުނގުޅާ މަސާޖު ކޮށްލާށެވެ.
- ވިއްސަކަށް މިނެޓް ވަންދެން ބެހެއްޓުމަށްފަހު، ރަނގަޅަށް ދޮވެލާށެވެ. ކޮންމެ ދުވަހަކު ވެސް މިގޮތަށް ތަކުރާރު ކޮށްލާށެވެ.

އެކަންތޮސިސް ނިގްރިކަންސް ޖެހިފައިވާ ތަންތަން ހުންނާނެގޮތް / ފޮޓޯ:ސައިންސްޑިރެކްޓް
ސަމާލުވާންވީ ކަންތައްތައް
އެކަންތޮސިސް ނިގްރިކަންސްއަކީ ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ނަމަވެސް، ގޭގައި ތިބެގެން ދެވިދާނެ ފަރުވާތަކުގެ އެހީގައި މި މައްސަލައަށް ޙައްލު ހޯދުމަކީ ފަސޭހަ ކަމެކެވެ. މި ފަރުވާތައް ދިނުމުގައި އެންމެ މުހިންމު ކަމަކީ ކެތްތެރިކަމާއެކު ދިގު މުއްދަތަކަށް ފަރުވާ ދިނުމެވެ. މި ބައްޔަށް ފަރުވާ ހޯދާއިރު ހަންގަނޑު ކެހުމާއި ބްލީޗްކުރުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެއެވެ. އަދި ފަރުވާ ހުއްޓާލުމުން އަލުން މައްސަލަ ޖެހުމުގެ ފުރުސަތު އޮތްކަން ދެނެގަންނަން ޖެހެއެވެ. އެހެންކަމުން ޑޮކްޓަރުގެ ލަފާ ހޯދުމާއި ގަވާއިދުން ޗެކަޕްތަކަށް ދިއުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، މި ފަރުވާތައް ދިނުމުގައި އެއްވެސް ކަހަލަ އެލަރޖީއެއް ނުވަތަ ނޭދެވޭ އަސަރެއް ކުރާނަމަ، ވަގުތުން ހުއްޓާލައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. މި ފަރުވާތަކުގެ އިތުރުން، ރަނގަޅު ކާނާ ކެއުމާއި، ގަވާއިދުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ ވެސް ހަންގަނޑު ދުޅަހެޔޮކަމާއެކު ބެހެއްޓުމަށް މުހިންމު ކަންކަމެވެ.
އެކަންތޮސިސް ނިގްރިކަންސްއަކީ ބޮޑުވަރުނުވަނީސް ގޭގައި ފަރުވާދިންނަމަވެސް މިޒަމާނުގައި ހާއްސަ ޑޮކްޓަރީ ފަރުވާ ލިބޭ ބައްޔެކެވެ. އެހެންނަމަވެސް ގޭގައި ފަރުވާދިނުމުގެ އިތުރުންވެސް މިއީ އެހެން ސީރިއަސް ބައްޔެއްގެ ނިޝާނަކަށް ވެދާނެތީ، ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ބަދަލުތައް ގެނައުމަކީވެސް މުހިންމު ކަމެކެވެ. މި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

