ވިހަ މުތް – 1 ވަނަ ބައި
ރޭގަނޑު ގަޑިން އެގާރަ ޖެހީއެވެ. ރަފާން އިނީ އެކުވެރިންނާ އެކީ ކޮފީއެއްގައި ބޮޑުވާހަކައިގައިއެވެ. ސްކޫލު ދައުރުނިމި އަލަށް ވަޒީފާއަށް ވައިން އޭނާއަކީ ކުރާ ކޮންމެ މަސައްކަތެއް މުރާލިކަމާ ހީވާގިކޮށް ވަގުތައް އަދާކުރާ ޒުވާނެކެވެ. ވަޒީފާ އަދާކުރަން ފެށީއްސުރެ ކޮންމެ ދުވަހަކީ ވަރަށް ބިޒީ ދުވަހެކެވެ. އެހެނަސް މިރޭ މި ކޮފީއަށް އެމީހުން އައިސް ތިބީ ކޮންމެވެސް ކަންތައް ގަނޑެއްގައި މަޖާނަން އުޅެފައި އެ ޕްލޭން ކުރިގޮތާއި އެހެންމީހުންނަށް މިރޭ ޑީޖޭގައި ކަންތައްވީގޮތް ސިއްރުކުރާށެވެ.
މި ޒަމާނުގައި އަދުގެ ޒުވާނުން މިހެން މަޖާނެގުމާއި ވަގަށް ކުރާ ސިއްރުތަކުގައި ގްރޫޕުތައް ޝާމިލުވުމަކީ އައުކަމެއް ނޫނެވެ. އެންމެން ބޮޑު ވާހަކައި ތިބީ ހަމައިގައި ނޫނަސް ވެފައި ތިބި ނައިސްކަމުގައެވެ. އެ ޑިސްކޯ ޑީޖޭގައި ކަންތައްވީގޮތް ރަފާނަށް ވާނުވާ ރަނގަޅަށް ހަނދާނުގައި ހަރުލާފައި ހުއްޓެވެ. އޭނާ ސިނގެރޭޓެއް ބޯން އިންއިރު ކޮންމެވެސް އެއްޗެއް ނުހުއްޓި އަރުތައެއްހެން ކިޔައެވެ. ފަހަރުގައި އޭނާއަށް ކުރެވުނު ކަމެއްގެ ހަނދާނުގައި ކިޔުނު އެއްޗެއް އަދިވެސް އެ ލަފްޒެއް ފަހަތުން އިނގެރޭސިލަވައެއްގެ ކަޑި ކިޔާލައި ތުންތަޅުވާލައި އިންނަނީ ތޯޗެއްކެ، އޭނާއަށް މި ކިޔެނީ” ޕްރިޓީލިޓިލް ބޭބީ އަމް ސޯއިން ލަވްވިތްޔޫ” މިހެނެވެ.
މިއީ ބޭރު ލަވަކިޔުންތެރިޔާ ކޯނީ ފްރާންސިސްގެ ޕްރިޓީލިޓިލް ބޭބީ” ޓިކްޓޮކޮގައި މަޝްހޫރުކަން ލިބިފައިވާ ގިނަބަޔަކު ދަންނަ ވީޑިއޯކޮށް އުޅޭ ލަވައެކެވެ. މިލަވައިގެ ކަޑިކިޔެނީ އޭނާ ގަޔާވާ އަޑުއަހާ ލަވައެއްގެ ތަންކޮޅަކަށް ވީމައެވެ.
ދެން އޭނާއަށް އަމިއްލަ ނަފްސަށް ވާހަކަ ދައްކައި ބުނެލީ” އައިލަވް ޔޫ މައި ބޭބީ ޑޯލް މިހެނެވެ. އޭނާއަށް މިހެން ތަކުރާރުކޮށް ކިޔެނީ މިއީ އޭނާ ހިތުގައި ފޮރުވައިގެން އިން ހާއްސަޖާގައެއް ލިބިފައި އިން އަންހެން ކުއްޖަކަށް ކިޔާ ލަވައެއް ނޫންކަމެއްވެސް ނޭނގެތާއެވެ.
އަދު ކުރެވުނު ކަންތަކާ މަޖާވެފައި ސަޅިކަންތައް ކުރެވޭނީ ވަގަށްކަމަށް ބުނެ އަޑުގަދަކޮށް އޭނާގެ ޒުވާން މިތުރުން ދިމާކޮށްލައި މަޖާނެގިއެވެ. އަދުގެ ޒުވާނުންގެ ހާލަކީމިއީއެވެ. ހުސްވަގުތުތައް ހޭދަވާނީ ރައްޓެހިންނާއެކު ކޮފީއަށް އަރައި ކޮންމެވެސް ކުރެވުނު މަޖާވާހަކައެއް ދައްކައި އެކަކަށް ވުރެ އަނެކާއަށް ކުރެވުނު ކަންތައް މޮޅުކޮށްފައެވެ.
ފަނޑުއަލީގައި އޭނާ އިން އައުޓްޑޯރ ކެފޭއިން ދުރަށް ފެންނަނީ ކަނޑުގައި ކުދި ކުލަބޮކިތަކެއްހެން ބޯޓު އުނޅަދުފަހަރު ދަތުރުފަތުރު ކުރާތަނެވެ. ކަނޑުމަގުން ނިވިދިއްލެމުން ދުވާ އަލިގުޅަތަކެއް ފަދަ ބާރުދުވެލީގައި ދަތުރުކުރާ ސްޕީޑް ލޯންޗުތައް ބަލައިލަން ވަރަށް ނަލައެވެ. އަޑުގަދަވެފައި ތޮށްޖެހިފައިވާ އެމީހުން ތިބި ކެފޭގައި ދަންވީހެން މީހުންގަނޑު މަދުވާން ފެށިއެވެ. ބޮޑުވާހަކައި ތިއްބައި ގަޑިން ދަންވަރު އެކެއްޖެހީއެވެ.
ޖެހިގެން ހުރި މިފަދަ ކާބޯތަންތަން ބަންދުކޮށްފައި އެއްވެފައި ތިބި ބައިގަނޑު އެ ހިނގައިގަތީ އެބައެއް ދާން ބޭނުންވާ ދިމާތަކަށެވެ. އޭނާއާއި އެކުގައި ތިބި ފަސްރައްޓެހިން ވެސް އޮލަވާހަކައިގައި ތިބެފައި ފަހަރަކު މީހަކު ތެދުވެގެން ދާން ދިޔައެވެ. އޭނާ ފޯނަށް ބަލާލިއެވެ. ވައިބަރ ގްރޫޕަށް އައު މެސެޖެއް ނެތެވެ. އެހެންވީމައި ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ރަނގަޅަށެވެ. މައްސަލައެއް ނެތެވެ. ކޮންމެ ދުވަހަކީ އޮފީހުގައި ބިޒީދުވަހަކަށް ވީމައި އެންމެންވެސް އުޅޭނީ އެކިކަންކަމާއިގެން ހަލަބޮލިވެގެނެވެ. މިއަދުވާ ކަމެއް މިއީ މާދަމާގެ މާޒީއާ އެކުވެގެން އެއީ ހަނދާނުން ކެހިގެންދާ އެއްޗެކެވެ.
އޭނާ މިހެން އިނދެފައި މޯޅިއަކަށް ދެމިލައި އާފުރެލިވަގުތު ދުރުން ލޮލުގައި އަޅައިގެން އެއްޗެއް އޮޔާ ދާތަން ފެނުނެވެ. ކުއްލި ސިހުމާއެކީ ތެޅިގެން ލޯ އުނގުޅާލެވުނެވެ. މިއީ އޭނާއަށް ހީވިގޮތެއް ނޫނެވެ. އެ މޫދުގައި އޮޔާ ހަރަކާތް ކެނޑިފައި އޮތީ ރަތްކުލައިގެ ފޮތިގަނޑެއް ނޫނީ އެއީ ކޮންއެއްޗެއްބާ ، އެފެންނަނީ މާވަހަރެއް ނޫންކަން ޔަޤީނެވެ.
ރަސްފަންނާ އެދިމާގައި ދިއްލާފައި ހުރި ބޮކީގެ އަލިފަނޑުވެފައި ހުރިނަމަ އޭނާއަށް މި އެއްޗެއް ލޮލަށް އަޅައިނުގަތީހެވެ. އެފެންނަނީ … އިންތަނުން ތެދުވެ ބެލްކަނީ ދޮށަށް ޖެހިލައި ދުރަށް ފުންނަޒަރެއް ހިންގާލިއެވެ.
އަސްތާ، އެއީ މޫދުގައި އޮޔާދަމައި އޮތް ބޮއެއް ނޫނީ ކުނިބުނި ގާބެޖް ކޮތަޅެއް ނޫނެވެ. އޭނާއަށް އެ ފެންނަނީ އިންސާނެއްކަން ޔަޤީނެވެ.
ބިރުގެންފައި އޭނާ މި ކޭފޭ ބަންދުކުރަން ތިބި ބޮންދުންނަށް ގޮވައި އޭނާ އަވަހަށް 911ކޯލު ކޮށްލިއެވެ. ދެފަޔަށް ބާރުލާފައި ހަޅޭއްލަވައި ދުވެފައި އޭނާ ރަސްފަންނު މޫދު ސަރަހައްދަށް ދިޔައެވެ. ދާދި ދެންމެ އޮއިވަރާއެކު ރާޅުޖަހާ ދިމާއަށް ކަނޑުން ވައިން މީހެއްގެ ހަށިގަނޑު ނުވަތަ ގޮތްނޭނގޭ ޒާތުއެއްޗެއް ކޮންއެއްޗެއްކަމެއް ސާފެއްނުވިއެވެ. ފެންނަފެނުމަށް އިންސާނެއް ހަށިގަނޑުސިފަވާ އެއްޗެއް ދުށް އޭނާ ދެފަޔަށް ބާރުލާފައި އެދިޔަގޮތައް އެދިމާ މޫދަށް ފުންމާލައި ފަތައިގެންފިއެވެ.
އެވަގުތު އެބްބިޔުލޭންސްގެ އަޑާއި އެކު ސިފައިން އެދިމާއަށް މިސްރާބުޖެހިއެވެ. މަގުމަތީގައި އުޅުނު ބައެއްމީހުން ވާނުވާ އޮޅުންފިލުވަން އެދިމާއަށް ޖަމާވާން ފަށައި މީހުންގެ ފޯނުތައް އަމާޒުވެ އަޑުގަދަވާންފެށިއެވެ. މޫދުގައި އޮޔާއި ވަޔާއި އެދަނީ މިދަންވަގުތު އެ ފެނުނު އެއްޗަކީ ކުޑަ ދިހަ އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑެވެ. ހެޔަށް ގޮތްވެފައި މޫނުގައި ޒަޚަމްތަކާއި އެކު އޮތް ކުޑަ އަންހެން ކުއްޖާ ރަފާން ނަގައިގެން އެއްގަމަށް އެރިއެވެ. ވަރަށް ބޮޑަށް ލޮނުބޮވިފައި އޮތް މި އަންހެންކުއްޖާ ހަށިގަނޑުގައި ހޫނުކަން ހުރުމުން އަދި އޭނާ ހަށީގައި ވިންދު ޖަހައި ފުރާނަ ހުރިކަން އެނގުނެވެ.
އިވިގެން ދިޔަ ކުއްލި އަޑާގެން ވައިރޯޅިއެއް އައިހެން ދުވެލިބާރުގައި ބޮޑު އެމްބިޔުލޭންސް ބަރުގޮނު ގުގުމައި އައިސް ހުއްޓިއްޖެއެވެ. ރަފާން އަތްދަނޑިމަތީގައި އޮތް އެއަންހެން ކުއްޖާއެކު އެކީ އަވަހަށް އެއަށް އެރިއެވެ. އެމްބިޔުލޭންސް އެ ދުވެލި ބާރުވީ އައިޖީއެމްއެޗް ހަސްފަތާލަށެވެ. ނަސީބަކުން ހޮސްޕިޓަލާ ދުރުނޫން ދިމާއެއް ވީމައި ފަސްމިނެޓް ތެރޭ އެކުއްޖާ ހޮސްޕިޓަލަށް ގެންދެވި އައިސީޔޫގައި އަވަސް ފަރުވާދޭން ފެށިއެވެ. އެއީ ކޮން އަންހެންކުއްޖެއްކަން ނޭނގުނަސް މޫނު ނޫފައިގެން ލޮލަށް ލޭއަރައި ދަނބުކުލަވެފައެވެ.
ހަށިގަނޑުގައި އަނިޔާވެރި ޒަޚަމްތަކެއް ލިބިފައި އޮތުމުން މިއީ ކިހިނެއްވީ ކަމެއްކަން އޮޅުން ފިލާގޮތްނުވެގެން އުޅުނެވެ. ޤަބޫލުކުރަން ދަތިމެ އެހެނަސް އެއަންހެން ކުއްޖާ ލޭޓެސްޓު ކުރުމުން މަސްތުވާތަކެތީގެ އަސަރުފެނިފައިވޭއެވެ. ޖެހިގެން އައިދުވަހުގެ އިރުއެރުމުގެ ކުރީން މީޑިއާގައި މި ޚަބަރެއް ބިޔަރާޅެއް ޖެހިފަދައިން ފެތުރެންފެށިއެވެ. އައު ދުވަހަކަށް މީހުން އޮފީސްތަކާއި ވިޔަފާރިތަކާއި ހުރިހާ މަސައްކަތާއިގެން ނިކުންގަޑިއާ މި ފެތުރިގެން އުޅޭ ބިރުވެރި ވާހަކައަކުން މީސްތަކުން ފިށްކަނޑައިގެން ދާވަރުވިއެވެ. އެންމެން އެއްއަޑަކަށް އެވާހަކައަކުން ނުހުއްޓި ގުގުމައިގެންފިއެވެ.
ބެލިބެލުމުން އެނގުނީ އެއީ ދެމަފިރިއެއްގެ ހަމައެކަނި ހުރި ދިހައަހަރުގެ އަންހެންކުއްޖެއްކަމެވެ. ބުނެވޭގޮތުގައި އެކުއްޖާ މައިންބަފައިން ވަކިވެގެން ގިނަފަހަރު އަޅާނުލެވި ހުރި ކުއްޖެކޭ ކިޔަތެ. ބައްޕަވީ ޖަލުގައި އަދި މަންމަ އަދާ ހަމަވީތަނެއް ނޭނގިގެއްލިފައެވެ. ބައްޕަ ފަރާތު ތިމާގެ މީހެއްގެ ބެލުމުދަށުގައި ހުއްޓަސް އޭނާއަށް އެހައި އަޅާނުލައެވެ. އޭނާ ގެއްލުނީ ހަވީރުވަގުތެއްގައި ވިއަސް އޭނާގެ ހަށިގަނޑު މޫދުން ފެނުނު އިރު ބައިވަރު ޒަޚަމްތަކެއް ހުރުމުން އޭނާއަށް އެފަދަ އަނިޔާއެއް ކުރިމީހަކު އޮޅުން ނުފިލައިގެން ވާހަކަތައް ފެތުރުނެވެ.
އޭނާއާ ހަވާލުވެގެން ހުރި ރަފީޤާގެ ފަރުވާކުޑަކަމާއި އިތުރުން އޭނާ ދިރިއުޅޭތަން ފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވާ ކަންފަޅާއެރިއެވެ. މި ހާދިސާއެއް ހިނގިރެއަކު ރަފީޤާ އޭނާގެ ރައްޓެހިންތަކާ އެކު ގޭގައި މަޖާނަގައި އުޅުނެވެ. ނޫސްތަކުން މިހާދިސާގައި އެކުއްޖާގެ ވަނަވަރު ހާމަނުރީ މި ހާދިސާހިނގަން މެދުވެރި ސަބަބު ސާފުނުވެގެނެވެ. މި ވާހަކައެއް ހަފްތާއެއް ވަންދެން ވައިގާހިފާފައި އޮތެވެ. ޖެހިގެން އައިދުވަހު ރަފާނަށް ނިދިން ހޭލެވުނީ ވަރަށް ލަސްވީފަހުންނެވެ. ރޭގައި އެދިމާވި ހާދިސާގައި އެކުއްޖާ ހޮސްޕިޓަލުގައި އެނދުމަތިކުރުމަށް ފަހު އޭނާއަށް ފެނުނު ކަންތައް ބަޔާން ނަގާފައި ގެއަށް އާދެވުނީ ފަތިސްވީފަހުންނެވެ. އެނދު މަގަތުގައި ހުރި ގޮނޑީގައި އޭނާ ލައިގެން ހުރި ފަޓްލޫނު ޖީބުން ފޯނު ރިންގުވާއަޑަށް ނިދިބުރާންތިވެފައި އޮވެ ފޫހިގޮތަކަށް ލޯހުޅުވާލައި ފޯނުނެގިއެވެ.
މުޅި މީޑީއާގައި އެވާހަކައެއް އޮލަވެ އޮޑީގައެވެ. އޭނާ ބަޔާން ދިން ވާހަކަ ހުރިހާ ނިޔުސްތަކެއްގައެވެ. ވަރަށް ކަންބޮޑުވިއެވެ. އެހެނަސް އެ ހާސްކަން މައިތިރިކުރަން އޭނާ ފުންނޭވާއެއްލިއެވެ. މެންދުރުފަހު ގަޑިއެއްގައި އޭނާ އޮފީހަށް ހާޒިރުވާން ޖެހޭނެކަމުގެ މެސެޖުފޯނަށް ލިބުނެވެ. އޭނާ ތެދުވެ ފެންވަރައި ތައްޔާރުވެގެން ޔުނީފޯމުގައި ހާޒިރުވިއެވެ.
ސިފައިންގެ އޭނާ ޓީމުގެ ބަލަހައްޓަން ހުރި ބޮޑު މީހާ ދާޢޫދު ރޭގައި ރަފާންގެ ކުޅަދާނަކަމާއި އެއަންހެން ކުއްޖާ ފުރާނަ ސަލާމަތް ކޮށްދިން ކަމަށްޓައި ވީ ޤުރުބާނީއަށް ޓަކައި ވަރަށް ޝުކުރުއަދާކޮށް އޭނާއަށް ތަޢުރީފުކުރިއެވެ. އެއްވެ ތިބި އެންމެން އަތްތިލަބަޑިން އެތަން ގުގުމައި އޭނާއާއި ސާލާމްކޮށް މަރުޙަބާ ކިޔަމުން ދިޔައެވެ. ޤައުމަށް ބޭނުންވަނީ އޭނާފަދަ ޖެހިލުންކުޑަ ކެރޭ ހިތްވަރުގަދަ ޒުވާނުންނެވެ. އޭނާއަކީ ކަމަށް ކަމޭހިތައި މަސައްކަތްތައް ހަލުވިކަމާއި ވަަރަށް ފަރުވާތެރިކަމާއި އެކު ނިންމާލާ އެހެންމީހުނާ އަޅާބަލާއިރު ހުރިހާކަމަކަށް ފާހަގަކޮށްލެވޭ ޒުވާނެވެ.
މި ވަޒީފާއަށް އޭނާ ވައިން ފަހުން އަދި އެހާގިނަ ދުވަސްނުވިއަސް އޭނާއަކީ ކެރޭ ހީވާގި ޒުވާނެއްކަން އެކަން އެންމެން ދަނެއެވެ. ރަފާނަށް ހަވާލުކުރެވިފައިވާ ސެކްޝަނަށް ވަދެފައި ކޮފީއެއް ތައްޔާރުކޮށްލައިގެން އޭނާއަށް ޚާއްސަމޭޒުދޮށުގައި އިށީނެވެ. ކޮންޕިޔުޓަރ ފައިލްތައް ޗެއްކޮށްލިއެވެ.
އޭނާއަކީ ވެސް ރޭގައި ހިނގާފަދަ ބޮޑެތި ޖަރިމާތައް ހޯދައިބަލަން އެކަމުގެ މާހިރެއް ކަމުން ބޮނޑިކުރެވިފައިވާ ފައިލަތައް ޗެއްކޮށްލިއެވެ. އެކި އަހަރުތަކުގައި ހިނގާފައިވާ މިކަހަލަ ޖަރިމާތައް އަދާހަމައަސް ހަޤީޤަތް ވާނުވާނޭނގޭ އޮޅުނުފިލާ ނޮހޯދިފައިވާ އެތައް ހަޤީޤީ ހާދިސާއެކެވެ. ކުރިމަތީ ހުރި ބޮޑު ފޮތްހަރުފަތާ ޖެހިގެން ބަހައްޓާފައިހުރި ވައިޓްބޯރޑުގައި ރޭގައި ނަގާފައި ހުރި ފޮޓޯތައް ހަރުކޮށްފައެވެ. އެދިމާއަށް ނަޒަރުހިންގާލައި ދެމިޔައިން ހިނިތުންވެ ދެފަރާތަށް ބޯއަނބުރާލީ ކަންތައް ވާގޮތް ޤަބޫލުކުރަން ދަތިވެފައެވެ. މޭޒުދޮށުގައި އިނދެ އޭނާގެ މަސައްކަތާގެން ނުހުއްޓިކުރިއަށް ދިޔައެވެ. ބައެއްފަހަރު މިހެން އިންނައިރު އޭނާއަށް ތުންތަޅުވާލައި މިކިޔެނީ އޭނާއަބަދު އެކިޔާ ލަވައިގެ ކަޑިއެވެ.
އެސްފިޔަޖަހާ ހައިއަވަހަށް އަހަރުތައް ފާއިތުވާން ފެށިއެވެ. ބައެއް ޤާނޫނާ ޤަވާއިދަށް ގިނަކަންތަކަށް ބަދަލުތައް އައެވެ. ދެޖިންސުގެ އައުޒުވާނުން ވަޒީފާތަކަށް އިތުރުވެ ޒިންމާތައް ގިނަވާންފެށިއެވެ. ހަމައެފަދައިން އެކިކަންތަކުގައި ކުށްވެރިވާ މީހުން ހައްޔަރުކުރުމާއި އަދަބުދިނުމާ ، އަދުގެ ޒުވާނުން ތެރޭގައި މަސްތުވާތަކެތީގެ މައްސަލަބޮޑުވާން ފެށުނެވެ. މިފަދަ ނޭދެވޭ ކަންތަކަށް ހައްލެއް ނުލިބި މުޖުތަމައަށް ނޭދެވޭ އަސަރުތައް ކުރަމުން އައެވެ.
އޭނާއަކީ އަންހެން ކުދިންގެ ހިތްތައް ކާމިޔާބު ކުރާ ޒުވާނެއްމެ އެހެނަސް އަދި ހަޔާތައް ފަށާފައިނުވާ މީހެކެވެ. ދުވަހަކީ ބުރަދުވަހެކެވެ. އޭނާ މަސައްކަތުގައި އިންދައި އެތަނަށް އޭނާގެ މިތުރަކު ކޮފީ ކަޕެއް ހިފައިގެން އަތުވެއްޖެއެވެ.
ހުސެން:” ރަފާން، އަނ އެ ދިއްކޮށްލީ ދުވަހުގެ ވަރުބަލިކަމާ ކަންނެތްކަން ފިލުވާލާ އެއްކަލަ ބުއިމެވެ. ރަފާން:” ތޭންކްސް މޭން. އޭނާ ކޮފީފޮދެއް ބޯލިއެވެ.
ހުސެން:” ތިހާ ބިޒީކޮށްލާގެން ނޫޅެ ނިކަން ހިނގާބަލަ މަޖާ ދަތުރެއް ޖައްސާލަން.
ރަފާން:” އަހަރެންނަށް މަސައްކަތް ފަސްކޮށްފަ އެހެންކަމެއް ކުރިއަކަށް ނުދާނެ.
ހުސެން:” އަހަރެންވެސް މީ އަންބަކާ ދަރިއެއްގެ ޒިންމާ ބޮލަށް ލާގެން އުޅޭމީހެއް އެކަމަކު ސިއްރުކޮޓަރި ތަކުން މަޖާކޮށްލަން ނުދަމެކޭ ނުބުނެވޭނެ، ވަގުތު އެއީ ހޯދީމަ ލިބޭ އެއްޗެކޭ. އޭނާ ސަމާސާކޮށްލިއެވެ. ރަ
ރަފާން:” އާނ. ތިހެން އުޅެމުންވެސް ތި ޒިންމާ ރަނގަޅަށް ކުރިއަށް ގެންދޭ . އޭނާ ހިނިތުންވިއެވެ.
ހުސެން:” ތިއެއް ނޫނޭ، ރަފާން ކޮން އިރަކުންތަ މީހަކާ އިންނަން އުޅޭނީ؟ ތިހެން އަބަދު މަސައްކަތުގަ އުޅުނަސް ކަމަކުނުދާނެ. ނިކަން މިތަނުން ވިއަސް ބިޓެއް ސެޓްކުރަން އުޅެބަލަ. ރަފާން:” އާނ. ތިކަންވެސް ކުރަން މާ ލަސްވެސް ވެއްޖެ، އެހާ ކަމުދާ ބިޓުން ނޫޅެޔޭ. ހައްތަހާވެސް ޑީޖޭ ކުރަން މޮޅުން ބިޓުންނޭ ގިނައީ. ދެމިތުރުން ހޭންފެށިއެވެ.
ހުސެން:” ނޫނޭ. މި އަހަރު އަލަށް ނިޔު ބެޗެއް ޖޮއިންކޮށްފި. ހުވާ ފިސާރި ސަޅިބިޓުން އެބަތިބި. އަހަރެން ހިތަށް އަރާ ދެވަނަ ކައިވެންޏެއް ކުރަންވީއޭ، ކޮންޕިޔުޓަރ ދޮށުގައި އިނދެފައި އޭނާ އިން ގޮނޑިއަނބުރާލައި” ތި ހަވާލުވި ޒިންމާ ހަރުދަނާކުރެވޭތޯ ބަލާބަލަ.
ހުސެން:” އާނ. ތީވެސް ދޮގެއްނޫން. ކުއްލިއަކަށް ހުސެން ފޯނުރިންގުވާން ފެށިއެވެ. ހުސެން :” އޭނ، ފަހުން ކޮފީއަކަށް އަރާ ޗެޓް ކުރިއަށް ގެންދާނީ. މިހާރު ބިޒީވެއްޖެ. އޭނާ ދާންހިނގައިގަތެވެ.
ރަފާން ތެދުވެގެން މޯޅިއަކަށް ދެމިލައި ނިކުތީ ސެކްޝަނުން ބޭރަށެވެ. އޮފީހުގައި ހަލަބޮލިކަން ކުރިއަށްވުރެ ދެގުނަ އިތުރުވެފައެވެ. އައު ޒުވާނުން ވަޒީފާގައި ތޮށްޖެހިފައެވެ. ދުރަށް ފެންނަން ހުރި މޭޒެއްގައި ބޯއަޅައިގެން ނިދާފައި އެއޮތީ ކާކު؟ އަވަހަށް އޭނާ އެދިމާއަށް މިސްރާބު ޖަހާލިއެވެ.
ރަފާން؛” ހަލޯ. އޭން ކޮންކުއްޖެއް؟ އޭނާއަށް ތެޅިގެން ކުއްލިއަކަށް ނިދިން ހޭލެވިގެން އިސްއުފުލާލިއެވެ. ސޮރީ ސާރ، ނިދުނީ. އަވަހަށް އޭނާ ކުރަން ފަށާފައިހުރި މަސައްކަތާއިގެން އަތްމަތި ހަލުވިކޮށްލިއެވެ. މިތަނަށް އަލަށް ޖޮއިންކުރި ކުދިންތެެރެއިން މި ޒުވާން އަންހެންކުއްޖާ ދިމާއަށް އޭނާއަށް ގޮތަކަށް ނަޒަރުހިންގާލެވުނެވެ. އެއަންހެނަކަށް ކަޅިޖަހައިނުލައި ހުރެ ހިތާހިތުން އޭނާ ބޮލުތޭގައި އެނބުރޭ އެއްކަލަ އެވަލައިގެ ކަޑި އިވެންފެށިފަދައެވެ. ހޫމް. ސަޅި ބިޓެއް” މިއީ އަނެއްކާ ކޮން މަންޖެއެއްބާ؟
ރަފާން:” ޑިޔުޓީ ގަޑި ފަހުން ބްރޭކެއް ނަގާލާ. މާ ބުރަދުވަހެއް ދޯ؟ އޭނާ މަޑުމައިތިރިކަމާ އެކީ ވާހާކަ ދެއްކިއެވެ.
ރަފާން:” ކޮންނަމެއް ކިޔަނީ؟
އަންހެން ކުއްޖާ:” ޖިދޫ އިޒް މައި ނިކް ނޭމް. އޭނާ ހެވިފައި އަންހެން ކުއްޖާއާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ.
ޖިދޫ ގޮތަކަށް ބަލާލައި ” އައްސަލާމް އަލައިކުމް” ހިނިތުންވިއެވެ. ޖެހިލުންކުޑަ ކުއްޖެއްކަން ހާމަވިއެވެ. ހެވިފައި ހުރި ރަފާނަށް ޖިދޫ ކޮންޕިޔުޓަރުން ކުރާ މަސައްކަތައް ނަޒަރުހިންގާލިއެވެ. އެއީ އޭނާވެސް އެންމެ ގަޔާވާ ކަމެވެ.
ރަފާން:” އެހެންވީމަ ހޯމަސައިޑް ޑިޑެކްޓިވް ޖިދޫ” ހޫމް. ޔުއަރ އިންޓަރ ރެސްޓިންގް ޔަންގް ވުމަން. ޖި
ދޫ:” ޔެސް ސަރ. އަ ލައިކް ވަޓް އައިޑޫ. ހިނިތުންވިއެވެ.
އޭނާއަށް ކޮންމެވެސް ގޮތްތަކެއް ވާންފެށިއެވެ. ޒަމާންތަކަށް ފަހުގައި ސީރިއަސް ޚިލާލެއް ސިކުނޑިއަށް ވެރިވިއެވެ. މި އަލަށް ދިމާވި ބިޓު ސެޓް ކޮށްލަން ބޭނުންވިއެވެ. ހިނިތުންވުމާ އެކީ ދިޔައެވެ. އެދުވަހުން ފެށިގެން ރަފާން ނޫންކަމަށް ހަދައި ޖިދޫ މަސައްކަތުގައި ބުރަކޮށްލައިގެން އުޅޭ އިރު ވަގު ކަޅިން ނަޒަރު ހިންގާލާ ދުވަހެއް މަދެވެ.
=ނުނިމޭ=
