އެދުވަހުން ފެށިގެން ރަފާން ނޫންކަމަށް ހަދައި ޖިދޫ މަސައްކަތުގައި ބުރަކޮށްލައިގެން އުޅޭ އިރު ވަގު ކަޅިން ނަޒަރުހިންގާލާ ދުވަހެއްމަދެވެ. ރޭގަނޑި ނިދަން އޮތަސް އޭނާއަށް ޚިޔާލުކުރެވުނެނީ ސިފައިންގެ ޔުނީފޯރމުގައި ޖިދޫ އެއްކަމެއްކޮށް އަނެއްކަމާގެން މުރާލިކަމުގައި އޭނާ ކުރަން ޖެހޭ ހުރިހާ ކަމެއްގައި ޝާމިލުވެ އުޅޭތަނެވެ. އެހެންނޫނީ އޭނާއަށް ނުވާފަދަ ގޮތަކަށް މަޑުމައިތިރި ގޮތަކަށް އޭނާ އުޅެން ފެށުމުން އޭނާގެ މިތުރުންނަށް އެކަން ފާހަގަވިއެވެ.
ހުރިހާ މިތުރުން ބައިގަނޑު ހަދާފައި ކޮފީއަކަށް އެރިވަގުތެކެވެ. އަދާހަމައަށް އޭނާގެ ހުރިހާ ކަމެއްގައި ޝާމިލުކޮށްގެން އުޅޭ 6 ރައްޓެހިން މެދުގައި ބައިވަރު ސިއްރުވެރި ވާހަކަތައް ޖަމާކުރެވިފައި ވެއެވެ. އާދިލް، ވަލީދު، ނައުފަލް، ހުސެން، ސުނީލް އަދި ހުމައިދަކީ ރަފާން ޒަމާންވީ ވަރަށް އެކުގައި ސްކޫލު ދުވަސްވަރުން ފެށިގެން އުޅުނު މިތުރުންތަކެވެ.
ހުސެން:” ރަފާން ބަލީތަ؟ މިހާރަކަށް އައިސް ހާދަ ގޮތަކަށް ތި ހުންނަނީ؟ ރަފާނަށް ބަލަމުން ފްރައިޑް ރައިސްކޮޅެއް ކާލިއެވެ.
ރަފާން:” އާނ. މި އުޅެނީ ދިލަ ހޫނެއް ވެގެން. އޭނާ އޮރެންޖު ޖޫސް ފޮދެއް ބޮމުން ހިނިތުންވިއެވެ.
ވަލީދު:” ހޫމް. އަނެއްކާ ހިތަށް ދިލަ ހޫނުކަމެއް ހުރި މަންޖެއަކު އަވާގަ ޖެހުނީބާ؟ އެންމެން ހޭންފެށިއެވެ.
ރަފާން:” އާނ. ތިޔަހެން ވެއްޖެތޯއްޗެއް. ހުރިހާ މިތުރުން ކާންތިބެފައި ހޭންފެށިއެވެ.
ހުސެން:” އޭނ، ހިނގާބަލަ އެއްކަލަ ކަހަލަ ޑީޖޭއެއް ބާއްވަން. މަޖާގަނޑެއް ނުނަގާތާ ޒަމާންގަނޑެއް ވެއްޖޭ.
އާދިލް:” އާނ. ތީ ރަނގަޅު ޚިޔާލެއް. އެކަމު ބުނަން. މިފަހަރު ކުރީގަ ޖެހިކަހަލަ ސަކަރާތެއް ޖަހައިގެން ނުވާނެ އިނގޭ. ހުމައިދު:” އެއީ ތެދެއް. ތަންކޮޅެއް ވިސްނައިގެން އުޅެންވާނީ.
ނައުފަލް:” އަހަރެން ސެޓްކޮށްލާނަން ނައިސްވާ އެތިކޮޅެއް އޯކޭ. ސުނީލް:” އަހަރެން ޑީޖޭ ބާއްވަން ރަނގަޅުތަނެއް ހަމަޖައްސާލާނަން އޯކޭ. އެކަމާ ހާސްކަނޑާލާތި، ހުރިހާ ކަމެއްވެސް ބަރާބަރަށް ސެޓްކޮށްލާނަން.
ވަލީދު:” ބިޓުންކޮޅެއްގެ ނަން ލިސްޓް ސެޓްކޮށްލާނަން އިނގޭ.
ހުމައިދު:” ދިސްޓައިމް ވީ އޯލް މަަސްޓްބީ ވެރީ ކެއަރފުލް އޯކޭ ގާއިސް؟
އޭނާ ހުރިހާ އެންމެނަށް ނަޒަރުހިންގާލީ އިންޒާރެއް ދޭފަދައިންނެވެ. އެއީ ކީއްވެބާ؟ މި ފިރިހެންވެރިން މެދުގައި ކޮންމެވެސް ގޮތްނޭނގޭ ސިއްރުތަކެއް ފޮރުވާކަން ގައިމެވެ.
ކޮފީގައި ބޮޑުވާހަކައިގައި ތިބެފައި އެމީހުން ރޭވީ މަޖާކޮށްލަން ޑީޖޭއެއް ބާއްވައި އަންހެން ކުދިންކޮޅެއް ޕާޓީއަށް ގެނައުމަށެވެ. އެބުނާ ރެއަކަށް އެމީހުން ތައްޔާރީތައްވެ ޑީޖޭ ބާއްވަން ތަނެއް ހަމަޖައްސައި ކުއްޔަށް ނެގިއެވެ. އެތަނެއް ނަލަކޮށް ލައިޓުތައް ހަރުކޮށް ހުރިހާ ކަމެއް ކޮށްނިންމިއެވެ. ރެއަކީ ހަނދުވަރު ދޭ ރެއެކެވެ. ފަނޑުރަތް ބޮކިތައް ދިއްލައި ލަވައިގެ އަޑު ގުގުމައިލިއެވެ. މިތަނެއްގައި ސައުންޑްޕްރޫފް ކުރެވިފައި ހުރުމުން މިތަނުގައި އަޑުގަދަވިއަސް ބޭރަށް އަޑުއިވުން މައިތިރިއެވެ. ކުއްޔަށް ނެގި މިތަނެއްގައި އެޓޭޗްބާތްރޫމާ އެކީ ހަތަރު ކޮޓަރި ވެސް ހުއްޓެވެ. ޑީޖޭގައި ދުންއަރުވާލައި ހުރީމައި ކުލަބޮކި ނިވިދިއްލުން ފެންނަހިނދު ވިލާގަނޑެއް ތެރެއިން ފެންނަކަހަލައެެވ. ރަނގަޅެވެ. ސްމޯކިންގް މެޝިން ބޭނުން ކުރީވެސް އެތާނގައި ތިބިބައެއްގެ މޫނުތައް އެނގުންނުވާށެވެ.
މި6 މިތުރުން ވެގެން ޑީޖޭގައި މަޖާކުރުމުގައި އަވަދިނެތި އުޅުނެވެ. ޒުވާން އަންހެން ކުދިންތަކެއްވެސް ނަށައި ސިއްރުން އެކަހެރިގޮތް ތަކަށް އެމީހުނާ އެކީ ގުޅަވެ މަސްހުނިވެގެން އުޅުނެވެ. މަތީގައި އެލުވާފައި ހުރި ޑިސްކޯބޯޅައިން ފެތުރިފައިހުރި އަލިތައް އެނބުރެމުން ނިވިދިއްލެމުން ދިޔަގަޑީގައި އެ އަންހެން ކުދިން ތެރެއިން ކުއްޖަކު ދުންގަނޑުތެރެއިން ނަށަމުން އައިސް ވަލީދުގާތަށް ޖެހިލިއެވެ.
އެ އަންހެން ކުއްޖާ ލައިގެން ހުރީކަޅު ލެދަރުގޮތަށް ގަޔަށް ބާރު ހެދުމެކެވެ. އޭނާ އަތަށް ހުރީ އެނގުންނުވާކަހަލަ ތުނި ރަބަރު ހަމުގެ ކުލައާ އެއްގޮތްވާ އަންގިލައްވާފައެވެ. ބާރަށް ލަވަޖައި ޑީޖޭގައި ދުންއަރުވާފައި ހުރީމައި ކޮންމެ މީހެއްގެ ސިއްރުން އެކުރާ ގައިގޯޅުވުންތައް ފާހަގަ ކުރަން ފަސޭހަނުވާތާއެވެ.
މި އަންހެން ކުއްޖާ އޭނާ ކަންފަތް ދޮށުގައި ސިއްރުން ވާހަކައެއް ބުނެލާފައި މިވަގުތު ނައިސްވެލާފައި އިން ވަލީދު ގޮވައިގެން އެތަނުން ކޮޓަރިއަކަށް ވަނެވެ. ނަށަން ހުރި އަންހެން ކުދިންތެރެއިން ކުއްޖަކު ވަލީދާއެކީ ދުންގަނޑުތެރެއިން ދިޔަތަން ފެނުނީ އަންހެން ކުއްޖެއްގެ އުނގުގައިބޯއަޅައިގެން އޮތް ނައިސްވެފައިވާ އާދިލަށެވެ. ވަލީދުވެސް އެންމެން ފަހުން އެ އަތުއޮޅާލީ ސަޅިބިޓެކެވެ. އޭނާ ތެދުވެ ފިނިދަޅެއް ކަނޑާބޯލައި ނެށުމާގެން އުޅުނެވެ. އެންމެންގެ ތެރޭގައި ހުރި ރަފާނަށް ވެސް ދެތިން ޝޮޓްނަގާލުމުން ބޮލަށް އެނބުރުން އަރައި އިނީ ދެއަންހެން ކުއްޖެއް ދެމެދުގައި ޝީޝާބޯށެވެ. ވަށައިގެން ދުންބުރުވުމާއި ތާސްކުޅުމުގައި އަވަދިނެތިއެވެ.
އަނެއްބަޔަކު ނަށައި މަޖާނެގުމުގައެވެ. ވަރަށް ހިތްއުފާވެފައި ހުރި އޭނާ ފާޚާނާއަށް ވަނެވެ. ކުރިމަތީގައި ލޯގަނޑުހުރި އިރު އޭނާ އަމިއްލަ ސޫރަ ފެންނަނީ ފުސްކަމުގައެވެ. ފަހަތުން އެވައިން އަންހެން ކުއްޖާ އޭނާ ފަހަތުން ބައްދާލިއެވެ. އަދި އޭނާ ކަންފަތްދޮށުގައި ސިއްރުން ވާހަކައެއްބުނެލުމުން މި ވަގުތު ހަމައިން ނެތި ބޮލަށް އެނބުރުން އަރާފައި ހުރި ވަލީދަށް ކުއްލިސިހުމެއް ލިބުނެވެ. އޭނާއަށް ކޮންމެވެސް ގޯހެއް ވެއްޖެކަން އިޙްސާސްވިއެވެ. ތެޅިގެން ފަހަތައް އޭނާ އެނބުރުނު ވަގުތާއި ހީވީ ލޮލަށް ގަދަރަތް ކުލައިގެ އައްޔެއް އެޅުނުހެނެވެ. އޭނާ ކޮށިއަރައި ތެޅެމުން ކަރުގައި އަތްއަޅުވާލައި ލޯގަނޑާދިމާއަށް އެނބުރުނު ވަގުތާއި އޭނާއަށް ފެންނަން ގޮތް ނުސާފުވެގެން ދެން އެވީގޮތެއް ނުއެނގުނެވެ. ހެވިފައި ހުރި އޭނާ ލައިގެން ހުރި ކަޅުލެދަރު ހެދުން ޖީބުން ލިޕްސްޓިކެއް ނަގައި ލޯގަނޑުގައި ހިތެއް ކުރަހާލިއެވެ.
“ޕޮއިސަން ޕާރލް” ލިޔެފައި ޓިޝޫއަކުން އެ ފޮހެލިއެވެ. އެއަންހެންމީހާ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެ އެ ލިޕްސްޓިކުން ތުންފަތުގައި ގަދަ ދަނބުކުލަ ޖައްސާލިއެވެ. އިނގިލިތަކުގައި ނިޔަފަތީގައި ދަނބުކުލަ ހުރިއިރު ލޮލަށް ލައްވާފައި ހުރީވެސް ދަނބުކުލައިގެ ކޮންޓެކްޓް ލެންސެވެ. މިރޭ ޑީޖޭގައި ތިބިބަޔަކު މަޖާނަގަމުން ނުހުއްޓި ކުރިއަށް ގެންދިޔައެވެ. ދަންވަރު ގަޑިން ދޭއްޖަހަނީއެވެ.
ލޯމެރިފައި ހުރި އަންހެން ކުއްޖަކު ވާނުވާގައި ހިނގަމުން އެ ކޮޓަރީގެ ތެރެއަށް ވަނުމުން އޭނާ ފަހަތުން ސުނީލާ ނައުފަލް ފަސްފަހަތުން ދިޔައެވެ. މިރޭ ގްރޫޕަށް އިތުރު މީހަކު އައުމުގެ ކުރީން އެކުރަން އުޅޭ ކަމެއް ނިންމައިލަން އެދެ ފިރިހެނުން އެއްބަސްވިއެވެ. އެ އަންހެންކުއްޖާ މަޖާވެފައި އެނދަށް ވެއްޓިފޮރޮޅިގަތެވެ. ދެ ފިރިހެނުން ހެމުން އެނދާގާތް ވުމުން އެއަންހެން ކުއްޖާ ހިނިތުންވުމާ އެކީ “ވަން މޯމަންޓް” ހިނިތުންވުމާ ތުންފަތުގައި އިނގިލިޖައްސާލައި އެދިޔައީ ފާޚާނާއަށެވެ. އިވުނީ އޭނާ ބާރަށް ހަޅޭއްކޭއްގެ އަޑެވެ. އެވީގޮތެއް އޮޅުން ފިލުވަން ސުނީލް ގޮސްވަދެފައި ލޯބޮޑުކޮށްލައި ބިރުން ފިށްކަނޑައިގެން ދިޔައެވެ.
ޤަބޫލުކުރަން ދަތި އެހެނަސް ވަލީދުގެ ފުރާނެ ނެތް މަސްގަނޑު ލެއާ ތަތްތެޅިފައި ފާޚާނާ ތެރެއަށް ބޮޑު ޒަޚަމާއެކީ އެއޮތީ ވެއްޓިފައެވެ. ކަންތައް ގޯހުންދިޔައީއެވެ. މިރޭ ޑީޖޭގައި ވަކި މިންގަނޑަކަށް މެނުވީ ނައިސް ނުވާން އެއްބަސްވެފައި ވެސް މި އޮތީ ބުނިގޮތާ ޚިލާފުވެގެން ގޯހެއް ވެފައެވެ. ހަނދާނެ ގޮތްހުސްވިއެވެ. ހަޅޭއްލަވައި އެއަންހެން ކުއްޖާ ފޯނުނަގައި ގުޅާލީ 911އަށެވެ.
އޭނާއަށް ނުނިދިފައި އޮށްވައި ފޯނު ރިންގުވާން ފެށިއެވެ. މިހާ ދަންގަޑިއެއްގައި އެ ގުޅަނީ ކާކުބާ؟
އޭނާ ތެދުވެ މޭޒުގައި ހުރި ބެޑްލޭންޕް ދިއްލާލިއެވެ. މެސެޖުތައް ފުލުފުލުން އައެހެވެ. ސިހިގެން އެ ތެޅިގެން ގޮތަށް ޔުނީފޯރމް ލައި ވެވުނު އަވަސްކޮށްލައި ސައިކަލަށް އަރައި ނައްޓާލިއެވެ. އެބުނާ ޑީޖޭއެއް ބޭއްވިތަނަކާއި އަރާހަމަވި ވަގުތު މަގުތައް ބަންދުކޮށްފައި މީހުން ތޮއްޖެހިފައި އެމްބިޔުލޭންސްއާ ސިފައިން އައިހެވެ. އޭނާ ސައިކުން ފައިބާ ޕާރކްކޮށްލިއެވެ. ކަރުގައި އަޅުވާފައި އޮތް ޓެގް ދައްކާލިއެވެ.
“ހޯމިސައިޑް ޑިޑެކްޓިވް ޖިދޫ، އަތުން ހަނައަޅައި ހަރަކާތް ކުރަމުން ގޮސްވަނެވެ. އޭރު ސިފައިން ފުރާނެ ނެތް ޒަޚަމްތަކާ އެކު އޮތް ފިރިހެނެއްގެ ހަށިގަނޑު ކަޅުއުރައެއްގައި ބަންދުކޮށް ނިވާކޮށްގެން ނެރެނީއެވެ. އޭނާ އެތަން ބަލާ ފާސްކުރިއެވެ.
=ނުނިމޭ=
