ޝިރާއަށް ނޭނގި އޮތް ބޮޑު ސިއްރަކީ، އޭނާގެ ފިރިމީހާގެ ފޯނުން މިވަގުތު އެ ގުޅަނީ ވިޝްވާން ނޫން ކަމެވެ. އަދި އެ ގެއަށް ވަދެގެން އެއުޅެނީ ކޮންމެވެސް ގޭންގަކަށް ނިސްބަތްވާ ނުރައްކާތެރި މީހެކެވެ. މީގެ ކުރިންވެސް ހިނގާ ފަދަ މާރާމާރީއެއްގެ ތެރެއިން މިފަހަރު ކަންތައްތައް ދިމާވީ ވިޝްވާން އުންމީދުކުރި ގޮތަކަށް ނޫނެވެ. ފައިސާގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި ކުރިމަތިލުމުގައި އޭނާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ރޭގެ މެންދަމުގެ ވަގުތެއްގައި ބަޔަކު މީހުން ވިޝްވާން ވަގަށް ނަގައި، އޭނާ ވަނީ ރަހީނުކޮށްފައެވެ. އޭނާއަށް ތަކުރާރުކޮށް ބިރުދައްކައި އިންޒާރު ދިނުމަށްފަހު، ގޭންގްގެ މީހަކު އެހުރީ ވިޝްވާންގެ ފޯނު ބޭނުންކޮށްގެން އޮޅުވާލުމެއްގެ ތެރެއިން ޖާސޫސްކުރަން އައިހެވެ.
ބޭނުމަކީ ވިޝްވާނާ ގުޅުންހުރި ބަޔަކު ނޫނީ ޢާއިލާގެ ބަޔަކަށް ހަމަލާދީ އެމީހުންނަށް ބިރުދައްކައިގެން ފޭރިގަތުމެވެ. ނޫނީ މަރާ ހަނގުރާމަ ކުރާފަދަ ބިރުވެރި ކަމަކާއި ކުރިމަތިލާށެވެ.
ހެދިފައި އޮތް ފެހި ވިނަގަނޑުން ވަގު ހިޔަޅެއް ފިޔަވަޅު އަޅާހެން އެމީހާ ސިއްރުން އައިސް ބަދިގެ ފަހަތުން ވަދެވެން ހުރި ދޮރުތަޅުގައި އަތްޖައްސާލުމުން ތަޅުނުލައި ހުރީމައި އެ ހުޅުވުނީ ދޮރެވެ. އެތެރެއިން އިވެނީ ޓީވީއިން ގޭމްކުޅޭ އަޑާއި ލަވަޖަހާފައި ހުރި އަޑެވެ. ފެންނަން ހުރި އުނދުން މަތީގައި ބޮޑު ތެއްޔެއް އުދާފައި ހުއްޓެވެ.
ޝިރާ ލައިގެން ހުރި ހެދުން ބަދަލުކޮށްލައި އެޕްރޮން އަޅައި އެއައިގޮތައް ބޮޑު ވަޅިއެއް ނަގައި ތަރުކާރީ ކޮށަން ހުއްޓެވެ. ފަހަތުން ފެންނަން ހުރި ނަލަ ހަށިގަނޑުވެރި އަންހެނާ ފަރާތުން ގަދަކަމުން އުފާތައް ފޭރިގަތުމަށް އޭނާއަށް ކަޅިއެއްލައިގެން ޝަހުވާނީކަން ވެރިވެފައިވާ މީހާ ބޭނުންވިއެވެ.
ފަހަތުން އިސްތަށިގަނޑު އައްސާފައި ދޮން ކަނދުރާ ފެންނަން ހުރި ޝިރާނީ ފަހަތުން އައިސް އެމީހާ ހުއްޓުމުން އޭނާއަށް ފަހަތުން ހޫނުނޭވާ އިހްސާސްވުމުން ކުއްލިސިހުމާއި އެއްކޮށް ފަހަތައް އެނބުރުމުގެ ކުރީން އެމީހާ އޭނާ އަނގަމަތީ އަތްއަޅައި ނޭވާ ހާސްކޮށްލައި ބޮލުގައި ބާރަށް އެތިފަހަރެއް ޖަހައިދފިއެވެ. އެއާއެކު އޭނާގެ ބޮލަށް އެނބުރުން އެރިއެވެ.
ސަލާމަތްވާން ޝިރާ ތެ ތެޅިގެންގަތީންނު މޭޒުމަތީގައި ހުރި އެއްޗެއް ބަންޑުންވުމާއެކީ އެމީހާ އޭނާ މޫނުގައި އެޖަހާލި ވަރުގަދަ ބާރު ހޫނު އެތިފަހަރުން ޝިރާނީ ހެޔަށް ގޮތްވިއެވެ. ބޮލަށް އެނބުރުން އަރައި ލޯމެރިފައި އޮތްވައި އޭނާ ލައިގެން ހުރި ހެދުން ވީދާލައި އެމީހާ ގަދަކަމުން ޝިރާނީގެ އިއްފަތްތެރިކަމަށް އަރައިގަނެ ރޭޕްގެ ޝިކާރައަކަށް ވިއެވެ. ބަންޑުންވެފައި ހުރި ސަލަޑަށް ކޮށާފައި ހުރި ތަރުކާރިތަކާއި އޮތް ބޮޑު ތޫނު ހަތިޔާރު މޮށްގަޑުގައި ވޭނުގައި އޮވެފައި އޭނާގެ އިނގިލިތައް ޖައްސާލެވުނީ ކިރިއާއެވެ. އެ އަނިޔާވެރި ހަމަލާގައި ރޭޕްގެ ބިރުވެރިކަމުން ސަލާމަތްވާން އެއިން އެމީހާގެ މޫނަށާއި ވައިނޮޅިއަށް އެދިން ހަމަލާއި ލޭގެ ކޯރެއް އޮހޮރިގެން ރަތްކުލައިން އެތަން ތަޤައްޔަރުވިއެވެ. އޭނާ އެކަން ކުރީ އަމިއްލަ ސަލާމަތަށާއި ދިފާއުކުރުމަށެވެ.
ހަޅޭކެއް އަޑާއެކު އޭނާ ތެޅިގެން ތެދުވެ ވާނުވާގައި ނޭނގިހުރެ އުނދުނުގައި ޖެހިގަތެވެ. އެއާއެކު އުނދުން މަތީ ކެކިކެކި ހުރި ސުރުވާތެލި އަރިއަޅާލައި އެ ބަންޑުންވީ ވެއްޓިފައި އޮތްމީހާގެ މޫނަށެވެ. ހޫނުކަމުގައި ބިންމަތި ތަޤައްޔަރުވެ އެމީހާ ފަހުނޭވާއަށް ތެޅިތެޅިފައި މޫނުގެ ހަންގަނޑު ފިހި ނޮޅިގެން އޮވެ މަރުވެ ހަށިގަނޑު ފިނިވަމުން ގޮސް ހަރު ވެއްޖެއެވެ.
ލެއާ ތަތްތެޅިފައި ދެއަތް ތުރުތުރު އަޅާހާލު ޝިރާ ފޯނުނަގައި 911ގުޅަން ޑައިލްކޮށްލާފައި އެކޮޅުން “ހަލޯ ހަލޯ 911″ ބުނިއަޑަށް ފޯނުކަނޑާލެވުނީ މަރުވެފައި އޮތްމީހާ ޖެހިގެން އެއްފަރާތުގައި އޭނާ ފިރިމީހާގެ ފޯނުވެއްޓިފައި އޮތްތަން ފެނިފައެވެ. އުޑުފައިން އެއް އަތުން ތޫނު ހަތިޔާރު ހިފައިގެން ލެއާއެކު، އޭނާ ހައިރާންވެފައި ފޯނުނަގަން އަތްދިއްކޮށްލުނު ވަގުތާ ފަހަތުން ބާރަށް ހަޅޭކޭއްގެ އަޑާއިއެކުވެގެން ޝިރާނީއަށް ވެސް ބާރަށް ހަޅޭލަވައިގަނެވުނެވެ.
އޭނާގެ މަންމަ އިން ހާލަތާއި މަރާލާފައި ލެއާއި ތަތްތެޅިފައި އޮތް ފިރިހެނެއްގެ ހަށިގަނޑު، އެ ބިރުވެރި މަންޒަރު ފެނިފައި ހައިރާންވެ ލޯފެންކަޅިވެފައި ހުރި ކެތްލީނާ އަނގައި އަތްއަޅައި ބިރުން ހޭނެތިގެން ވެއްޓިއްޖެއެވެ. އަޑުން އަޑުނަގައި ރޮމުން ތުރުތުރު އަޅާހާލު ޝިރާ ދަރިފުޅު ނަގައި އުނގުގައި ބާއްވައި ތަޅުވައި ހޭއަރައިތޯ ބެއްޔެވެ.
ސިޓިންގް ރޫމް ސޯފާގައި ދެފައި ވަށްކޮށްގެން އިން އެސޮރަށް ކަމެއް ވީހެން ހީނުވެއެވެ. ކަންފަތުގައި ހެޑްފޯނު އަޅައި ޓީވީ ގޭމް ކުޅެން އިން އެޑަމް ފޫހިކަމާއި އެކީ ޗޮކެއްކަނޑާލީ އޭނާ ކުޅެން ފަށާފައި އިން ގޭމުން ބަލިވީމައެވެ. ހެޑްފޯނު ނެގުމާއި ކަންފަތަށް އިވުނީ މަންމަގެ ރުއިމުގެ އަޑެވެ. ފުންމައިގެން ތެދުވެ ތެޅިގެން ބަދިގެއާ ދިމާއަށް ދިޔައެވެ.
އެޑަމް:” އޯމައި ގުޑް ނަސް މާމް، ވަޓް ހެޕަންޑް؟ އިޒް ޝީ ޑެޑް؟ އޭނާ އުޑުފައިން އިށީނުމުން ހޭނެތިފައި އޮތް ކެތްލީނާއަށް ވުރެ ބޮޑަށް ބިރުން ހަޅޭއް ލެވުނީ މޭޒު އެއްފަރާތުގައި މަރާލާފައި ފިހިފައި އެއީ ކާކުކަން ނެނގޭ ފިރިހެނެއްގެ ހަށިގަނޑުފެނިފައެވެ. އެޑަމް:” މާމް. ކިހިނެއްވީ؟ ކިހިނެއް ހަދަންވީ؟ ބިރުން އޭނާއަށް ކަންކުރާނެ ގޮތެއް ނޭނގުނެވެ.
ޝިރާނީ:” ދަރުފުޅާ، އަޑުގަދަ ނުުކުރޭ. މަންމަ ބުނާ ގޮތައް ކަންތައް ކުރޭ. ދައްތަ ނަގާގެން ގެންގޮސް އެނދުގަ ބާއްވާ. ބޮޑުކަންތައް ގަނޑެއްވެއްޖެ؟
އެޑަމް:” ދެން 911 ގުޅަން ހިނގާ ،ސިފާން ގެެނެސްގެން .. އޭނާ ބުނަން އުޅުނު އެއްޗެއް ހުއްޓުވާލީ ޝިރާނީ އިނގިލި އޭނާ ތުންފަތުގައި ޖައްސައި ޝޫހް” އިޝާރާތްކޮށްލައެވެ. ޝިރާނީ:” ނޫން. މިކަން ހިނގި ހާދިސާ އެއްވެސް މީހަކަށް އެނގިގެން ނުވާނެ. ދަރިފުޅާ. މަންމައަށް ހީވަނީ ބަޔަކުމީހުން ބައްޕަ ހައްޔަރުކޮށްފިހެން. އޭނާ ދެއަަތް ބޮލުގައި އަޅައި ކަންބޮޑުވުމުގައި ހަދާނެ ގޮތްހުސްވެ ދެފަރާތައް ފިޔަވަޅު އަޅައި އެނބުރިލިއެވެ.
ޝިރާނީ:” ދަރިފުޅާ. އަވަހަށް ދައްތަ ގެންގޮސް ބާއްވާ. މަންމަ ނިންމާލަން ޖެހޭކަމެއް އެބައޮތް.
އޭނާ ފިރިމީހާގެ ފޯނުނަގައި އުނގުޅިފައި ހުރި ލޭތައް އޭނާ ލައިގެން ހުރި ހެދުމުން ސާފުކޮށްލިއެވެ. އެޑަމް އަތްދަނޑިމަތީ ހޭނެތިފައި އޮތް ކެތްލީނާ ގެންގޮސް ކޮޓަރި އެނދުގައި ބާއްވާފައި އޭނާ އެނބުރި މަންމަގާތައް އައެވެ.
ޝިރާނީ ބުނިގޮތައް އެގޭގައި ހުންނަ ބޭސްމަންޓަށް މަރުވެފައި އޮތް ގޮތްނޭނގޭ މީހާ ހަށިގަނޑު ވައްދައި އޭނާ ކުރަން އެ އުޅެނީ ކޮންކަމެއް ހެއްޔެވެ.
ގެރިމަސް ކަނޑަން ބޭނުން ކުރާ ތޫނު ހަތިޔާރު ނަގައި އެ މަރުވެފައި އިތް އިންސާނާގެ ހަތަރެސްފަޔާއި އެކު ބުރިކޮށް ކަޅު ކޮތަޅުތަކަށް އަޅައި މި މަސައްކަތްކޮށް ނިންމާލެވުނީ އިރުއޮށްސި އަނދިރިވި ފަހުންނެވެ. ދަލާއި ތަތްތެޅި ހަތަރެސްފައި ވަރުބަލިވެގެން ވާގިނެތޭވަރުވެފައި ހުރި އޭނާ ބޭސްމަންޓުން ނިކުމެ ފާޚާނާއަށް ލޭ ފިޔަވަޅުތަކާއި އެކުވަނެވެ.
ފެން ޝަވަރު ބޮލަށް އޮށްސާލައި ހަށިގަނޑުގައި ތަތްވެ ހިކިފައި ހުރި ލޭތައް ފެނާއި އެކުވެގެން އޮހޮރިގެން ފޭބިއެވެ. ސާބޯނިފުޅި ހުސްވަންދެން ގަޔަށް ބަންޑުންކޮށްލައި ރަނގަޅަށް ދޮވެސާފުވެ ފެންވަރައިގެން ނިކުމެ ތެތްވެފައިވާ އިސްތަށިގަނޑުގައި ތުވާލިގަނޑު އޮޅައި ނިކުން ގަޑިއާ އެޑަމް އައިސް މަންމަ ކުރިމައްޗަށް ހުއްޓުނެވެ.
ޝިރާނީ:”ދަރިފުޅާ. އޭނާއަށް ރޮވޭގޮތްވިއެވެ. އެޑަމް:” މާމް. ވެގެން އުޅޭގޮތެއް އެނގިއްޖެތަ؟ ބައްޕަ ފޯނު އެބައޮތް.
ވެއާރސް ހީ؟ ވަޓް ހެޕަންޑް ޓުހިމް؟ އޭނާ މަންމަ ގޮވައިގެން ސިޓިންގް ރޫމަށް އައެވެ. އަދު ހިނގާދިޔަ ނުރައްކާތެރި ހަމަލާގެ ހާދިސާއޭނާ އަނގައޮޅި ކޮށިއަރަމުން ކިޔާދިނެވެ. ނިދިން ހޭވެރިކަންވެގެން ކެތްލީނާ ހޭލައި މަންމަގާތައް އައެވެ. ދެކުދިންނަށް ކަންތައްވީގޮތް ތަފްސީލުކޮށް ކިޔާދިނެވެ. ކަންބޮޑުވުމާ ހާސްކަމުގައި އޭނާގެ އެ ވާހަކަ މެދުކެނޑުނީ ފިރިމީހާގެ ފޯނަށް އައި މެސެޖް ރިންގްޓޯން އަޑުއިވި ތިންމީހުންނަށް ވެސް ސިހުންވެގެނެވެ. ކެތްލީނާ ފޯނުނަގައި ރަނގަޅަށް ބަލާލައި ލޯބޮޑުވިއެވެ.
ލޯފެންކަޅިވެފައި މަންމައަތައް ފޯނުދިނެވެ. އޭނާ ލޮލަށް މި ފެންނަނީ AI ވީޑިއޯއެއް ނޫނެވެ. ފެންނަން ހުރީ އޭނާ އަލަތުފިރިމީހާ ދެދަރިންގެ ބައްޕަ ރަހީނުކޮށް އެ ހައްޔަރުގައި ހަށިގަނޑުގައި އެތައް ޒަޚަމްތަކާ އެކީގައެވެ. ވިޝްވާން ބޮލުގައި ބައު ގޯނިގަނޑެއް އަޅައި ނިވާކޮށްފައެވެ. އެހުރިހާ ކަމަކަށްވުރެ ކެތްތެރިކަން ކޮޅުންލާގެން ދާވަރުވީ އޭނާ ދެފައި ބިމުގައި ނުޖެހި އެލިފައި ހުރެ ދެފަރާތައް ތެޅިލާ ހޫރިލައި އެހުރީ ވިޝްވާންގެ ފުރާނެ ނެތް މަސްގަނޑެވެ.
ކެސީނޯގައި ބަޔަކާއި އަރާރުންވެ ހިނގި މާރާމާރީގައި އޭނާއަށް ގޭންގް ބަޔަކު ދިން އެހަމަލާގައި އޭނާ ދައްކަން ޖެހޭ މިލިއަން ފެހިނޫޓުތައް ދަރަނިބޮޑުވެގެން ނުދެއްކި ސަބަބައް އޭގެ ބަދަލުގައި ސިއްކަ ޖަހާލީ އޭނާގެ ފުރާނަ އަބަދަށް މިދުނިޔެއާ ވަކިކޮށްލައިގެނެވެ. އަދު ދޫހެލޭ އެތައް ބައެއްގެ ކަންތައް ތަކުގައި ވަކީލު ޝިރާނީއަށް ދޫބަންދުވި ކަހަލައެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު ވިޝްވާނަށް މިފަދަ ކަންތައް ތަކުގައި ބޭއިންސާފު މައްސަލަތަކުގައި ކެނޑިނޭޅި ވަކާލާތުކޮށް އެހެން މީހުންގެ ނުރުހުމާއި ރުޅިވެރިކަން ޝިރާއަށް އަމާޒުވެފައި ހުރީ މަދެއް ކޮށެއްނޫނެވެ. އަދު އޭނާ އަތުން އިންސާނަކު ޤަތުލުކޮށް އެވަނީ އެމީހެއްގެ މަސްތައް ކޮތަޅުތަކުގައި ތާޒާ ލެއާ އެކީ ބަންދުކޮށްފައެވެ.
ކުރި ކުށަށް ބޮޑު އަދަބަކާއެކީ ޝިރާނީއަށް ޖަލު ޚުކުމް އަންނާނެކަމާމެދު ޝައްކެތް ނެތެވެ. ލޯބިވާ ދެދަރިންގެ މުސްތަޤްބަލު ބަނަވެ ވިއްސިވިހާލެވި މަގުމައްޗަށް ގިނަވެ އޭނާ ބާކީ އޮތް އުމުރުގައި ޖަލުތޭރީގައި ހޭދަކުރަން ޖެހިދާނެކަމުގެ ބިރަށް ކަންބޮޑުވެގެން ބޮޑު ނިންމުމެއް ނިންމިއެވެ. ރޭގަނޑު އުޑުގައި ތަރިތައް ފިޔަޖަހާ ވިދައި ދުނިޔެތެރެ އަނދިރިވި ހިނދު އޭނާއާ އެކީ ދެދަރިންވެގެން ވާހަކަތަކެއް ދެއްކިއެވެ. މަންމަ ކޮށްފައިވާ ޖަރީމާގެ ހެކިތައް ނައްތާލަން އެއްބަސްވިއެވެ. ބޭސްމަންޓް ތެރޭގައި ގުޅައަށް ބޮނޑިވެފައި ހުރި މިނިމަސް ކަޅުކޮތަޅުތައް ދަމާއި ކޫއްތައި ވަށައިގެން ތިބި އަވަށްޓެރިންނަށް ވެސް އެނގުން ނުވާނެފަދައިން ފަހަރަކު ކޮތަޅެއް ގެނެސް ބަދިގެ ބިށްދޮށުގައިވާ ބަގީޗާގައި ހުރި ބިޔަގަހެއް ބުޑަށް ޖަމާކުރަމުން ގެންދިޔައެވެ.
ތިންމީހުންވެސް ތިބީ ވަރަށް ވަރުބަލި ގޮހޮރޮ ހައިބޮޑުވެފައި، އެހެނަސް މި ސިއްރު އަބަދަށް ވަޅުލާފައި ނޫނީ ފަހަރަކު ޖައްސާނުލެވޭނެއެވެ. ޕެކްކޮށްފައި ހުރި ކަޅު ކޮތަޅުތައް ގެނެސް ގޯތީގައި ފަނަރަ ފޫޓަށް ފުންވަޅުގަނޑުކޮނެފައި ވަޅުލީ އޭނާ ފިރިމީހާ ގެންގުޅުނު ފޯނާއެކީގައެވެ.
އެބިރުވެރިކަން އަބަދަށް ދުނިޔެއަށް ސިއްރުކުރާށެވެ. އޭނާއާ ވިޝްވާނާ ފުރަތަމަ ބައްދަލުވުމުން ފެށިގެން މިއަދާހަމައަށް ނުހުއްޓި ފެށުނު މިފަދަ ހަމަ ނުޖެހޭ ހައިޖާނުތައް ނިމުން އައީ ހީނުކުރާފަދަ އަނިޔާވެރި ވޭންދެނެވިގޮތަށެވެ.
އަނެއް ކަންބޮޑުވުމަކީ އެ ނުރައްކާތެރި ގޭންގް ހަމަލާ އަތުވެދާނެ ބިރުބޮޑެވެ. ޝިރާ ހާސްވަނީއެވެ. ވަގުތު ބޭކާރުނުކޮށް އަތުޖެހުނު ގޮތަކަށް ސާމާނުތައް ފޮށިތަކަށް އަޅައި ހޭބޯނާރައި ތިންމީހުންވެސް މާދާމާ އަރައިގެން އަންނައިރާ އެކީ ދެންކަންތައް ވާނެގޮތެއް ނޭނގޭތީ އޭނާ ދެދަރިން ގޮވައިގެން އިންޑިއާއަށް ފުރަން ތައްޔާރުވިއެވެ.
ރޭގަނޑު ގަޑިން ދިހައެއް ޖެހީއެވެ. ކުޑަ ވަގުތުކޮޅަކަށް ސިޓިންގް ރޫމްގައި ތިންމައިން ވާހަކަ ދައްކާލަން ތިއްބެވެ. މިތަނުގައި އެމީހުންނަށް ސަލާމަތުން ތިބެވޭނެ އެއްވެސް އުއްމީދެއްނެތެވެ.
ވިޝްވާނު މަރާލި އެ ނުރައްކާތެރި ގޭންގް މީހުން ވަޒަންތައް ފުރިބަރާވެފައިވާ ރައިފަލް ހަމަލާތައް އަންނާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އެބައިމީހުންނާ އެފަދަ ކަންކަމުގައި އަރާރުންވެ މައްސަލަޖެހޭ ބައެއްގެ ވަސްވެސް ނެތިފަނާކޮށްލާކަށް ފަޅިސިކުންތުވެސް ނުވާނެއެވެ. އެންމެ ބުއްދިވެރި ގޮތަކީ މިތަނުން އަބަދަށް ގެއްލި ފިލައިގެން ދިޔުމެވެ. ވިސްނާ ފިކުރުކޮށް ދެން ހަދާނެ ގޮތްހުސްވެ ހަމައެކަނި އޮތްގޮތ، “މަންމަ އާއި ބައްޕަ”އެވެ. އެހެން އިތުރު ގޮތެއްނެތުމުން ހާސްކަމާއއެކީ އޭނާ ދެދަރިން ގޮވައިގެން އެއާރޕޯޓަށް ދިޔައީ ސިކުނޑި ޤަރާރުވެ އަލުން ބަލުން އޭނާ މޫނުއަނބުރާލައި ކޮޅުފައިން ޖެހި މައިންބަފައިން ފައިބުޑަށް ވެއްޓި އާދޭސްކުރަން އެދެމައިން ގާތައް ދިޔުމަށެވެ.
ބިރުވެރި ރެއަކަށް ފަހު ނޭނގިތިއްބައި ވަގުތު އަރައިގެން ދިޔައެވެ. ފަތިހު ގަޑިން ފަހެއްޖެހީއެވެ. ކޮންމެވެސް ވަރަކަށް ތުނިކޮށް ވާރޭ ވެހިލާ ވައިގަދައެވެ. އެހެން ބަޔަކަށް ހިލަމައެއް ނޫވާނެހެން އެމީހުން ސިއްރުން ބޭރުމަގަށް ނިކުމެވޭ ހަނިގޯޅިން ނިކުމެ ފޮށިތައް ހިފައިގެން ހިނގައިގަތެވެ. ކޮންމެ ދުވަހެއްގައި ފަތިހަށް އަންނަ ބަސް ސްޓޭޝަނާ އަރާހަމަވި ވަގުތު ވާރޭ ވެހޭތީވެ ދެތިން މީހަކު ފިޔަވައި އިތުރު ބަޔަކު ނެތެވެ. ގިނައިރެއްނުވެ ބަސް ހުއްޓުމުން އަވަހަށް ސާމާނާއި އެކު އަރައި ހަމަޖެހުނެވެ.
ދުވަހުގެ އިރު އެރީ އެމީހުން ދަތުރު ފެށިތާ ކުޑަވަގުތުކޮޅަކަށް ފަހުގައެވެ. މީގެ އެތައް އަހަރުތަކެއް ކުރީން އޭނާ ހަޔާތް ފެށީ ވަރަށް ވެސް ލޯބިން އެހާމެ ފޮނި އުއްމީދުތަކާއި އެކުގައެވެ. ރަނގަޅެވެ. އެ ދިރިއުޅުމަށް ހަޔާތައް އުފާވެރިކަން ގެނުވި ފޮނިކަމުގެ ދެ މޭވާ އިތުރުވިއެވެ. އެހެނަސް މާގިނަ ދުވަހަކު އެ ބަހާރު މޫސުމެއް ވެރިވެފައި ނެތެވެ.
އޭނާގެ މައިންބަފައިންގެ ހާލަކީ ކޮބާހެއްޔެވެ؟ އެމީހުން ހިތްހަލާކުކޮށްފައި ދިޔަ އޭނާ އަދު އެނބުރި އެދަނީ އެމީހުންގެ ފައިބުޑަށް ސަލާމް ޖަހާހާލު ނިކަމެތިކަމާއި އެކު ބޯލަނބައި ތިރިވާށެވެ. މަންމައާ ބައްޕަ އޭނާއަށް މާފުކޮށް ކުރިން އޮތް ތަނަވަސް ދިރިއުޅުން އޭނާއަށް ލިބޭނެ އުއްމީދުކުރިއެވެ.
( ޝިރާނީއާ އޭނާގެ ދެދަރިންނާ އެކުގައި މައިންބަފައިންގެ ކުރިމައްޗަށް ދިޔައީ ލަދުވެތި ނިކަމެތި މޫނަކާއިގެނެވެ. އޭނާ ބޭނުންވި ގޮތަށް ކަން މެދުވެރިވީބާ؟)
ދަތުރަކަށް ފަހު ހުއްޓުމެއްނެތި ދަތުރެއް ކޮށް މަޑުޖައްސައިލީ އިންޑިއާގައި އޭނާ ކުޑަ އިރުގައި ދިރިއުޅުނު ބޮޑު ގަނޑުވަރެއް ފަދަ އެ ހިޔާވަހިކަމަށެވެ. ގެއަށް އާދެވުނީ ދަންވަގުތެއްގައެވެ. ލަދުވެތިކަމާއި މާޔޫސްވެރި މޫނަކާއިގެން ދެދަރިން ގޮވައިގެން އޭނާ ގެއަށް ވަދެ ސަލާމްދިނެވެ. ގޭގައި މަސައްކަތު ނޯކިރީއަށް މިއީ ކޮންބައެއްކަން ނޭނގުމުން ގެއަށް ނުވަދެ މަޑުކުރުމަށް ބުނެފައި ގެދޮރުގެ ވެރިމީހާއަށް ޚަބަރުދޭން ދިޔައެވެ. ގަދަ ނިދީގައި ތިބި ދެމަފިރިން ތެދުވެ ގައިގާ ފޮތިގަނޑު އޮޅައި ނިކުތެވެ. ފެންނަނީ ބީރައްޓެހި ބައެކެވެ.
ޖަމީލާ:” ކޮން ކުދިންނެއް؟ އޭނާ އިސްދަށަށް ޖަހައިގެން ހުރެފައި އިސްއުފުލާލިއެވެ.
ހަނީފު: ޝިރާނީތަ؟ ބައްޕަ އަޑުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.
ޖަމީލާ:” މިއީ ކޮން ކުދިބައެއް؟ ހިނިތުންވުމެއް ނެތެވެ. އޭނާ ހީކުރިގޮތެއް ނުވިއެވެ.
ޝިރާނީ:” މަންމާ، ބައްޕާ. ލަދުވެތިވިއެވެ. އޭނާގެ ހިތި މާޒީގައި ކަންހިނގާ ދިޔަ ގޮތުގެ ހަޤީޤަތް ނޭނގި ތިބި އެއްވެސް ކުށެއް ނެތް ދެދަރިން އިސްދަށަށް ޖަހައިގެން ތިބީ އަނގައިން ބޭރު ކުރާނެ ބަހެއް ނޭނގިފައެވެ. ޝިރާނީ:” މީ. މިއީ އަހަރެންގެ ދެދަރިން.
ޖަމީލާ:” ހޫމް. އޭނާ މޫނުން ނުތަނަވަސްކަން ފިޔަވައި އެއްޗެއް ހާމަނުއެވެ. ހަނީފު:” ފިރިމީހާ ކޮބާ؟ މި އަޑުއިވިފައި ދޭނެ ޖަވާބެއް ނޭނގުމުން އޭނާ ގިސްލާފައި ރޯންފެށިއެވެ. ޖަމީލާ ލޮލުން އެންމެ ކަރުނަތިއްކެއްގެ ކަންފުޅެއްވެސް ނެތެވެ.
އެހެނަސް އޭނާ މޭދަށުގައި އޮތް ހިތް ތެޅިފޮޅި ރޮއެހިތާމަކުރަނީއެވެ. މި ގަޑީގައި ކެތްތެރިވާން ނިންމީ އޭނާގެ އަންހެންދަރިފުޅަށް މައެއްގެ ހިތަށް ކުރާނެ އަސަރު ބުނެދޭނެ ގޮތެއް ނޭނގިގެނެވެ. ފިރިމީހާ އޭނާ ވަރި ކުރީކަމެއް ނޫނީ އެހެން ދިރިއުޅުމަކާއިގެން އޭނާއާއި ދެދަރިން ދޫކޮށްފައި ދިޔައީ ކަމެއް ނޭނގެއެވެ. އޭނާ ލޮލުން ކަރުނަ އޮހޮރޭތަން ފެނުމުން ދިރިއުޅުމުގައި އަޑިގަނޑުން އަރައިނުގަނެވިގެން އެމީހުނާއި ހަމައަށް ވާސިލުވީކަން ހަނީފުގެ ދެމައިން ދެނެގެންފިއެވެ. އޭނާ ފިރިމީހާއަށް ވީ ކީއްތޯވެސް އަހާލަން އެކަމެއް އޮޅުން ފިލުވާކަށް ބޭނުމެއްވެސް ނެތެވެ.
މިއީ އެމީހުން ދުނިޔޭގައި ތިއްބައި ދެކެން ޖެހިދާނެ ދުވަހެއްކަން އެނގޭތީވެ މި އިމްތިހާނަށް އެދުވަހުން ފެށިގެން ހަނީފުގެ ދެމައިން ތައްޔާރުވިއެވެ.
ހަނީފު:” ޝިރާނީ ތިބީ މި ދެކުދިން އެކަނިތަ؟ ޝިރާނީ:” ލައްބަ. ގޭގެ ގެންގުޅޭ ނޯކިރީއާ ދިމާއަށް ޖަމީލާ އެނބުރިލާފައި ގޭގައި ހުރި ގެސްޓުން ތިބޭ ކޮޓަރިތަކަށް އީޝާރާތްކޮށްފައި މީހުނާ އެކީ ގެނައި މުދާތަށް ގެންދަން އަމުރުދިނެވެ.
ހަނީފު:” ދެން ދޭ ނިދަން. މާދަމާ ވާހަކަ ދައްކާނީ. އޭނާ ލޮލަށް ގުޅަވެފައި ހުރި ކަރުނަތައް ހިފަހައްޓާލައި ހިތްވަރުގަދަ ކުރިއެވެ. ލަދުވެތިކަމާއި އެކީ އޭނާ ކުދިންގޮވައިގެން އެތެރެއަށް ދިޔައެވެ. މުސްކުޅިވެފައި ތިބި ދެމައިން ކޮޓަރިއަށް ވަދެފައި ހަމަހިމޭން ކަމުގައި އެނދުގައި އޮށޯތެވެ. ނޭފަތް ދަމާފައި އެ ގިސްލެވެނީ މައެއްގެ ހިތުގައި ޖެހުނުލެއް ބޮޑުވެގެނެވެ. ލޮލަށް ޖަމާވެފައިވާ ކަރުތައް ހަނީފަށް ހިފަހައްޓައެއް ނުލެވުނެވެ. =4 ހަނީފު:” ޖަމީލާ، ނުރޮއެ. ކިތައްމެ ވަރަކަށް ތި ކަރުނަތަ އޮހޮރުވިއަސް ވެފަ އޮތް ކަމެއް ބަދަލެއް ނުވާނެ. ނޭފަތް ދަމަމުން އޭނާ ފިރިމީހާއަށް އެނބުރިލިއެވެ.
ޖަމީލާ:” އަހަރެން ހަނީފު ބުނިގޮތައް ކަންތައް މިކުރީ. ދުނިޔޭގައި އަހަރެންގެ ހުރި ހަމަ އެކަނި ދިރިހުރި ދަރިފުޅު އެތައް އަހަރުތަކެއް ނުފެނިފަ ފެނުނީމަ ވެސް ސަލާމްވެސް ނުކޮށްލެވުނު. އޭނާ ރުއިމުގެ އަޑު އަހަން ހަނީފަށް ފަސޭހައެއް ނުވިއެވެ.
ހަނީފު:” އެނގޭ. އެހެންވިއަސް މާދަމާގެ އަރާ އިރާއެއްކޮށް އަހަރެން ވަކީލުން ގެންނާނަން . ކަންރާވާފަ އޮތްގޮތައް މެނުވީ އެއްވެސް ކަމެއް ނުނިންމާނަން. ދެން އޮތް ދުނިޔޭގަ ވެސް ދަރިން މައިންބަފައިންގެ ފާބުޑަށް ދާން ޖެހޭއިރު މިދުނިޔޭގަ އެމީހުންނަށް އެކަން ކުރަން އުޒުރުވެރި ވެގެން ނުވާނެ.
ޖަމީލާ:” ހާދަ ރީތި ލޯބި ކުދިންކޮޅެކޭ. އެ ފިނިކަން ހިތަށް ލިބިއްޖެ. އޭނާގެ މާމަ ދަރިންފެނިފައި ވީއުފަލުގެ ވާހަކަ ބުނެލީ އެއީ އޭނާއަށް ލިބުނު ކުޑަހަމަޖެހުމަކަށް ވީމައެވެ. ހަނީފު:” އާނ. އަންހެންކުއްޖާ ހީވަނީ ހަމަ އަހަރެންގެ ވަރުޝާ ފެންނަހެން . ވަރަށް ވައްތަރު ދޯ.
ޖަމީލާ:” އަހަރެން މޭގަނޑު ބޭރުވިހެން ހީވި، ވަރުޝާއާ ތަފާތެއްވެސް ނެތް އެ އަންހެންކުއްޖާ.
ހަނީފު:” ފިރިހެން ސޮރު ވައްތަރީ ޝިރާނީއާ. ޖަމީލާ ހިނިތުންވެލިއެވެ.
=ނުނިމޭ=
