ކަޅުދުންގަނޑެއް ވެރިވިއެވެ. އެހިނދު އޭނާއަށް ވީކިހިނެއްކަމެއް ނުއެނގުނެވެ.
ސަހަރާގައި ހުރި ގަސްތައް ވަޔާވިހުރެމުން ހެލޭއަޑުއިވިއިވި ހުއްޓެވެ. ވަގުތު ފާއިތުވަމުން ދަންވަރު މުނާޖާ ގޮވިއަޑަށް އޭނާއަށް ލޯހުޅުވާލެވުނު އިރުގައި އޮތީ ފެންނަން ހުރި މަހާނަމަތީ އުއްޑުނެވެ. ވެރިވިފިނި ކަމާއިގެން ހީކަރުވައިގެން ސިހިގެން ގައިގާ އަތްކާއްތާލެވުނެވެ . އެއްވެސް ނިވާކަމެއް ނެތް ހަށިގަނޑުގައި ނޫފައިގެންފައި ހުރި ނިޝާންތައް ފެނަންހުރީ ކުދި ޒަޚަމްތަކާއި އެކުގައެވެ. އޭނާ ހަށިގަނޑުގައި ކޮންމެވެސް ތޫނުވަކިތަކެއް ނޫނީ އެހެންގޮތަކުން އަނިޔާތަކެއް ލިބިފައިހުއްޓެވެ.
ގަޑިންވީއިރެއް ނުއެނގި ވިނަގަނޑުގައި ފޮރުވިފައި އޮތް ހެދުންނަގައި ލައިގެން އެހެން މީހެއްގެ ލޮލުގައި އޭނާ އަޅަނުގަންނަނީސް ސަހަރާއިން ބޭރަށް ނިކުމެވުނީ ކިރިޔާއެވެ. ބާރު ފިޔަވަޅުތަކެއްގައި އޭނާ ދުވެފައި ދިޔަ މަންޒަރު ބަލަން މީހަކު ދުރުން ހުއްޓެވެ. އެކަން އައިންތު ނުދެނަހުއްޓެވެ. ދުރުން އޭނާއަށް ކަޅިއެއްލައިގެން ހުރި މީހާ ހިތަށް އެރިއެވެ. ފުރަތަމަ ރޭ ކާމިޔާބު ކުރެވުނީއެވެ. ބާކީ އޮތް ދެރޭ ހަމަމިހެން އެއްވެސް ހުރަހަކާނުލައި ކަންވާން ޖެހޭނެމެ، އޭރުން އޭނާކުރަން ބޭނުންވި ކަންތައް ހާސިލުކުރަން ގިނަ މުއްދަތެއް ނުވާނެއެވެ.
ފިޔަވަޅުތައް ބާރަށް ދިޔަ އައިންތު ހާސްކަމުގައި ގެއަށް ވަދެވުނު ވަގުތު ނަސީބުން އެކަކުވެސް ހޭލާނޫޅެއެވެ. މޭގަނޑު ގުޑައި ވަރަށް ހިތްބިރުގަތެވެ. އެވީ ކިހިނެއްބާ؟ އޭނާއާއި އެކުގައި ވަގުތު ހޭދަކުރި ހައިތަމްކޮބައިބާ؟ އެފަދަ ދަންވަގުތެއްގައި އޭނާ ޤަބުރުސްތާނަށް އެކަނިކޮށްލާފައި ދާނީ ހާދަ ފިނޑި މީހަކަށް ވީމައެވެ. އޭނާ ހަށިގަނޑަށް ވޭންއަޅަން ފެށުމުން ގިފިއްޔަވަނެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭގައި ދާނިނަގައި ވަޅަށް ގަންބާލައި ނެގި ފެންދާނި ބޮލަށް އޮށްސާލިވަގުތު އޭނާ ހަށިގަނޑަށް ވެރިވި ފިނިން ހަނދާންވީ އެ މަހާނަމަތީގައި ކުރެވުނު ނުބައި އަމަލެވެ. އޭނާ ހަށިގަނޑުން ލޭފައިބާން ފަށައި ބޮލުގައި ރިއްސަން ފެށުމުން އަވަހަށް ފެންވަރައި ނިންމިއެވެ. ފަތިސްނަމާދު ގަޑިޖެހުމުން ކުޑަލުޔެއް ލިބުނުހެން ހީވިއެވެ.
އެހެނަސް އޭނާ ބޮލުގައި ރިއްސަނީ ތިޔަހެނެއް ނޫނެވެ. ޖެހިގެން އައިދުވަހު މޫޑު ޚަރާބުވެފައި އައިންތު އިނީ ފިކުރެއްގައެވެ. އުނގުމަތީގައި ހުރި ދޮލަނގުން ހަނޑޫނަގައި ދުރަށް އުކައެވެ. ގަސްތަކާއި ނުލައި ކުރެވޭކަމެކެވެ.
ޚިޔާލު މި ކުރެވޭ މީހާ ހައިތަމް އެއީ ކާކުބާ؟ ނޭނގި އިނދެވުނީ އަމިއްލަ ނަފްސަށް ތުރާވެފައެވެ. އެ ހަނދާންވީ އެއްކަލަ ކަޅު ރުމާ ނަގައިގެން އުޅުނު ރެއެވެ. އޭނާ އަވަސް ފިޔަވަޅުތަކުން ކޮޓަރިއަށް ވަދެފައި ތަޅުލިއެވެ. ފޮތިއަލަމާރި ތެރޭގައި އޮތް ކަޅު ރުމާނަގައި އެއިން ވަސްބަލާލެވުނެވެ. ދުވީ ދުންބޯފަތް ވަހެވެ. އޭނާއަށް އެވަސްދުވީ ހައިތަމާ އެކުގައި ވަގުތުހޭދަކުރެވުނު އިރު އެކަޅު އަނދިރިރޭގައެވެ. އެހެނަސް ދެން ކޮންތާކުން؟
ދެޚިޔާލަކަށް ބުރަވިމެ ދެން ހަނދާންވީ ހަރީމްބެއްޔާ ފިހާރައަށް ވަނީމައި އެމީހާ ވަށައިގެން ވެސް ދުވީ ހަމަ އެވަހެވެ. ކީއްވެ ކަމެއް ނޭނގުނެވެ. މީހަކު ސަލާމްގޮވާލި އަޑަށް ސިހިގެން އޭނާ ބޭރަށް ނިކުތެވެ.
ހަރީމްބެއްޔާ: މަންޖޭ؟ ހާލު ކިހިނެއް؟ އޭނާ ގޮތަކަށް ބަލާލިއެވެ. މާ ހެނދުނަކާ އެމީހާ މިއައީ ކީއްކުރަންބާ؟ އައިންތުއަށް ނުތަނަވަސްވެރިވިއެވެ.
އައިންތު ރަނގަޅު. ހަރީމްބެ ކޮންކަމަކު؟ ފޫހިގޮތަކަށް ބުނެލިއެވެ.
ހަރީމްބެއްޔާ: މިހެން ދަމުން ވަދެލީ. މަންޖެ މީހަކާ އިންނާކަށް ނުވޭތަ؟
އެ ކުރި ސުވާލުން އޭނާއަށް ތެޅިގަނެވުނެވެ.
އައިންތު: އޭނ. މީހަކާ އިންނާށޭ؟ އަހަރެން އަދި ކިޔަވާވެސް ނުނިމޭ. މީހަކާ އިންނަ ޚިޔާލެއް ނެތް.
އައިންތު ފޫހިވިއެވެ. އެމީހާއަށް ކީއްހެއްޔެވެ. ހަރީމްބެއްޔާ އޭނާއަށް ނަޒަރުހިންގާލީ ނުބައި ނިޔަތެއްގައިކަން ގައިމެވެ.
އައިންތު ފަސްއެނބުރި ނުބަލައި ދާން ހިނގައިގަތެވެ. ހިނިގަނޑެއް ޖަހާލައި އެ ބެއްޔާ ނިކުމެގެން ހިގައްޖެއެވެ.
ދުވަސް ފާއިތުވީ އޭނާއަށް ކަންކަމުގައި ހަނދާން ނެތޭގޮތް ވަމުންނެވެ. ދުވަހުގެ އިރުއޮއްސުނީ ފަތިހު އިރުއެރިތާ ގަޑިއިރެއް ފަހުން ފަދައެވެ. ދަންވަރުވަގުތެކެވެ. އައިންތު ދެފަރާތައް އެނދުގައި އޮވެ ފޮރޮޅެނީއެވެ. އޭނާއަށް ނިދޭގޮތްނުވިއެވެ. ގައިހިރުވުމާއި ވާތުރާލުން މުޅި ހަށިގަނޑަށް އުނދަގުވަނީއެވެ.
އައިންތު ސިކުނޑީގައިވާ އެ ހަނދާންތަކާ ދުރަށް ދާން ބޭނުންވިއަސް އަދިވެސް އެފިރިހެނާއަށް ބޭނުންވަނީއެވެ. ތެޅިތެޅި އެހެން އޮވެފައި ލޯމެރުނެވެ. ފެންނަނީ ހުވަފެނެއްކަމެއް ނޭނގުނެވެ. ކަޅުހިޔަންޏެއް ފަދައިން ކުރިން ފެނުނު ގޮތަށް ހައިތަމް އޭނާގާތުގައި އަންނާށޭ ބުނާ އަޑު އިވުނެވެ. ލޯހުޅުވުނީ ނިދިގަބުވާ ގޮތަކަށް އެކަމަކު ނިދިން ނުހޭލެވެއެވެ.
މި ދަންވަރު ވަގުތު ނިދީގައިހުރެ އޭނާ ތެދުވެގެން މިސްރާބު ޖަހާލީ ސަހަރާއަށެވެ. ކަޅުފޮއި އަނދިރިގަނޑުން އޭނާ ހުސްފަޔާ އެދިޔަ ގޮތައް ޤަބުރުސްތާނަށް ވަނެވެ. ބިރެއްގެ ކަންފުޅެއްނެތް އޭނާގެ ފިޔަވަޅުތައް ގޮސް ހުއްޓުނީ ކުރީ ރޭގައި ހުއްޓިހުރި މަހާނަދޮށަށެވެ. މަހާނަ ފަހަތުގައި އެއްކަލަ ކަޅުހިޔަންޏެއްފަދަ ފިރިހެނާ އަނގައަށް އެއްޗެއްލައިގެން ހުއްޓެވެ.
އައިންތުއަށް ފެންނަނީ ކަޅު ދިގު ކޯޓެއް ލައިގެން ބޮލުގައި ތޮއްޕެއް އަޅައި ސިނގިރޭޓެއް އަނގައަށް ލައިގެން ހުރި ހައިތަމެވެ. އެހެނަސް މިރޭ އެތާނގައި ހުރީ ކަޅުކުލައިގެ ކަފުނަކުން ކަފުންކޮށްފައި ހުރި ޤަބުރެއް އޭނާގެ އިންތިޒާރުގައިއެވެ. ވެފައި ހުރިގޮތުން އޭނާ ހައިތަމްގައިގާ ބައްދާލައި އޭނާ މޭގައި މޫނުފޮރުވާލިއެވެ. ދުވީ ދުންވަހެކެވެ. ހައިތަމްގެ މޫނު ރަނގަޅަށް އޭނާއަކަށް ނުފެނެއެވެ. ކަނުއަނދިރިން އިވެނީ ފިރިހެނަކު ވާހަކަ ދައްކާ ބަރު އަޑެވެ.
އޭނާ ބައިވަރު ވާހަކަ ދައްކަނީއެވެ. އައިންތު އޮޅުންފިލުވި ކަމުން އެނގުނީ ހައިތަމަކީ ބޯޓު ދަތުރުފަތުރުކޮށް ވިޔަފާރިކުރާ މީހެކެވެ. އެހެނަސް އެކަނިވެރި އެކެވެ. ހައިތަމްގެ ފަރާތުން އައިންތުއަށް އިވުނު ކޮންމެ އަޑެއްް އަދި ވާހަތައް އެއީ ހަޤީޤަތެއްކަމަށް އޭނާ ޤަބޫލުކުރިއެވެ. އޮލަ ވާހަކައި ތިބެ އެވީ ގައިގޯޅިން ކުރީ ރެއެކޭ އެއްގޮތައް ދެފަރާތުގެ ހިތްހަމަޖައްސަން ބޭނުންވިއެވެ.
އޭނާމިރޭވެސް އެމަހާނަ މަތީގައި އެއުފާތަކާއި ހިތްހަމަޖެހުން ފަޅުފިލުވާލައި އޭނާއަށް ހޭވެރިކަންވީ މުނާޖާ ގޮވާއަޑަށެވެ. ހިތުގައި ބިރެއްގެ ކަންފުޅެއް ނެތް އައިންތު މިހާރު އެހުރީ އެމީހެއްގެ އަވާގައި ޖެހި ނުވަތަ ކޮންމެވެސް ގޮތްނޭނގޭ އެއްޗެއް އަވަލާފައެވެ. ޖެހިގެން އައިދުވަހު ފަރިރާގެއް ގައި އެއްޗެހިތަކެއް ކިޔަމުން ހަރީމްބެ އިނީ ފިހާރާގައި ބިޑި އަނބުރާށެވެ. ޝާހިދު އައިސް ވަދެފައި ފެންނަން ހުރި ބިޑިތަކުން ބިޑިއެއް ނަގައި ތުނބުގައިޖަހައި ރޯކޮށްލިއެވެ. ދުންގަނޑު ނޭފަތުން ބުރުވާލިއެވެ.
ޝާހިދު: އެހެންވީމަ ކުރަންބޭނުން ކަންތައް ކުރިއަށް ދޭތަ؟
ހަރީމްބެއްޔާ: ކީއްވެ ނުވާންވީ؟ އަދި ސާޅީސްރޭ ހަމަވާން ވާއިރަށް އެކަން ނިންމާލާނަން.
ޝާހިދު: މި ފިހާރައިގެ ހިއްސާ ލިބޭގޮތަށް ރަޖިސްޓްރީގަ ސޮއި ކުރާނީ ތިކަމެއް ނިމުނީމަ.
ހަރީމްބެއްޔާ: ކަންބޮޑުނުވޭ. އަހަރެން އެކަން ހަމައަކަށް އަޅުވާފަ ނޫނީ ހަމަ ނޭވާއެއް މި ނޭވާހޮޅިން ދޫނުކޮށްލާނަން.
ޝާހިދު: އެންމެ ރަނގަޅު. އެގޮތަށް އެކަން ވެއްޖެއްޔާ އަހަރެމެން ދެމީހުންގެ ރޭވުންވެސް ކާމިޔާބުވެފަ ކުރަން ބޭނުންވި ކަންތައް ކުރެވުނީތާ. ތިކަން ފުރިހަމަ ނުވެއްޖެއްޔާ ތެޔޮނާށި ކާޅު ޖަހާގެންނާކަށް މާގިނަ ވަގުތެއް ނުވާނެ.
ހަރީމްބެއްޔާ: ހަމަ އަސްލުގާ ވެސްތަ؟
ޝާހިދު: އާނ. އެ މަންޖެ މައިފުށު ޒުވާނަކު ކައިވެންޏަށް ބޭނުންވެގެން އުޅޭ އަޑު އެހިން. އެހެންވީމަ ކަލޭ ވަގުތު ފާއިތުވުމުގެ ކުރީން ތިކަމެއް ހާސިލުކޮށް ނިންމާލަން ޖެހޭ. މިރޭ އޭނާ އައީ މި އިންޒާރު ހަރީމްބެއްޔާއަށް އަޑު އިއްވާލާށެވެ. އަދި އިތުރަށް ބުންޏެވެ.
"ކަލެއަށް އެކަން މި ކޮށްދެނީވެސް ހަމަ އަހަރެންނަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް ހޯދަން. ހަރީމްބެއްޔާ ދެމިޔައިން ހިނިގަނޑެއް ޖަހާލައި ބިޑިއެއް ރޯކޮށްލިއެވެ. ކަޅިއަޅައިގެން ހުރި އޭނާ ހަރީމްބެއްޔާއަށް ނަޒަރުހިންގާލީ ކަންބޮޑުވު މެއްގައެވެ.
ޝާހިދު" އަނެއްކާ އެމަންޖެއަށް އެއްވެސް ކަމެއް އެނގުންވާނެތަ؟
ހަރީމްބެއްޔާ: ނޫނޭ. ތީދެން ކުރާކަހަލަ ސުވާލުތަ؟
އެމަންޖެއަށް މިއީ ރޭގަނޑެއް ދުވާލެއްކަންވެސް އެނގުންނުވާނެ ޔަޤީން. ބޮޑު ވާހަކައިގައި ހުރެފައި ޝާހިދު ފިހާރައިން ނިކުމެގެން ގޮސް ގެއަށް ވައިން އިރުގައި އައިންތު އޮތީ ޖޯލީގައި އެއްއަތުން މޫނު ނިވާކޮށްގެން ނިދިފައެވެ.
==ނުނިމޭ==
(އަންނަ ހަފުތާގެ އަންގާރަ ދުވަހު، ވާހަކައިގެ ފަހު އެޕިސޯޑު، ވާހަކަ ނިމޭބައި ގެނެސްދޭނެއެވެ! އިންތިޒާރު ކޮށްލައްވާ!)

