ކިލަނބު ހިތް – 1 ފުރަަތަމަަ ބައި
ހަމަ ހިމޭން ރޭގަނޑުގެ ވަގުތެކެވެ. ޖެހޭ ރޯޅިތަކާއެކު ގަސްތައް ހެލިލާ ގޮތުން ހީވަނީ ނަލަ ރާގަކަށް ނަށަމުންދާ ހެންނެވެ. ގޭގެ ވަށައިގެން ޖަހާފައިވާ ފެންސުތަކުގެ ސަބަބުން ގޯތިތެރެއާއި ގޭތެރެ އޮންނަނީ ބޭރަށް ނުފެންނާނެހެން ނިވާވެފައެވެ. ގޭގެ އެތެރެއިން ގޮސް ވަދެވުނު ނިދާ ކޮޓަރި އެވެ. ކޮޓަރީގެ ކުޑަދޮރު ހުރީ ހުޅުވާފައެވެ. މަގުމަތިން މީހަކު ނުވަތަ ދުއްވާ އެއްޗެއް ކީއްކުރަން ބުޅަލެއް ހުރަސް ކުރިޔައަސް އެތަނުގައި ހުންނަ މީހާއަށް އެމަންޒަރު ސާފުކޮށް ފެންނާނެއެވެ. އެކަމަކު މިރޭ ކުޑަދޮރު ފޮތިގަނޑުން ބައެއް ބިއްލޫރިގަނޑުގެ އެއްފަރާތަށް ހުރުމުން ބޭރު ފެންނަނީ ދަތިގޮތަކަށެވެ. ހޭވިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅައި ބޯރީތިކޮށްލަމުން ސަރީނާ އޭނާގެ ހަށިގަނޑު އުޅާހަކަށް ދަމާލިއެވެ. އެވަގުތު ބޭރުން އިވުނު އަޑުފަށްގަނޑަށް އޭނާގެ ކަންފަތް އެދިމާއަށް ސަމާލުވިއެވެ.
އެއީ އޭނާގެ ފިރިމީހާ ކާއިލްގެ ކާރު ގަރާޖުގައި ޕާރކު ކުރި އަޑެވެ. ކާރުގެ އަޑު ކެނޑުމާއެކު އެއަޑުގެ ފަހަތުގައި ވަޅުޖެހިފައި ހުރި އަޑު ޕަކަޕަކަލާފައި އިވިއްޖެއެވެ. އެއްފުރައިގެ ފިރިހެނުންތަކެއް ބާރުބާރަށް ހޭނއަޑެވެ. އަނެއްކާ މިރޭވެސް ކަންތަކާ ލައިގަތީއެވެ. ކާއިލް އެ އައީ އެގްރޫޕު ގޮވައިގެންނެވެ. އެމީހުންގެ ހުނުމާއި މަޖަލުގެ އަޑު، ނެށުމާއި ނާޗަރަންގީގެ އަޑު މިރޭވެސް ފަތިސްވަންދެން އިވޭނެއެެވެ..
ކުޑަދޮރާވީ ފަޅިއަށް ސަރީނާ މޫނު އަނބުރާލިއެވެ. ވިސްނެނީއެވެ. އެ ހަނދާންތައް ވާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. ފިރިމީހާ އައިސް ކޮޓަރި ދޮރުހުޅުވާލުމުން ސަރީނާ ލޯ މަރައި ތަގުޅިކޮށްލަމުން ނިދާކަމަށް އެކްޓުކޮށްލިއެވެ.
ކާއިލް: ބޭބީ؟ އަރ ޔޫ އަވޭކް؟
އޭނާ އަނގައިން ނުބުނެ އޮތީ މިރޭވެސް މި ޖަރީމާގެ ޝިކާރައަށް އޭނާ ވާނެކަން އެނގޭތީ އެކަމުގައި ނަފްސަށް ދުއްތުރާވެފައެވެ.
ކާއިލް: ބޭބީ. ސަރީ؟ ކާއިލް އުކުނޑި ކޮށްޓަނީއެވެ. ވާހަކަ ދެއްކެނީ އެހާ އުނދަގޫ ގޮތަކަށެވެ.
ލޯމަރައިގެން އޮތް ސަރީނާގެ ލޮލުން ކަރުނަ ފޫދިގެން އެސްފިޔަތައް ފަހަނައަޅައި ދިއުމުން، އެކަރުނަވީ މޫނު ދައްކަން ބޭނުން ނުވާތީ، އަތުގެ ނުފުށުން ލޮލާއި މޫނު ފޮހެލާފައި އަނެއް ފަރާތަށް ކަޅި ނންގާލިއެވެ.
ސަރީނާ:” ކީކޭ ކާއިލް؟ ލޯބިވާ ފިރިމީހާއަށް ބަލާލެވުނީ ނުތަނަވަސް ކަމެއްގައެވެ.
މިރޭވެސް އެހުރީ ވާނުވާގައި ލޯމެރިފައެވެ. އޮފީސް ނިންމާފައި ކާއިލްގެ ރައްޓެހިން ގޮވައިގެން މިރޭވެސް އެއައީ ބާރ ތަކުގައި ޖަހާނެހާ ސަކަރާތެއް ޖަހައި އެވަރުން ނުވެގެން އޭނާ އެ ދަލުގައި ޖައްސައި ގަންބާލާށެވެ.
ޔޫކޭގައި ބައެއް މީހުންގެ ދިރިއުޅުމަކީ ރޭގަނޑާއި ދުވާލުވެސް މަޖާ ނެގުމެވެ. ސަރީނާ އިނީ ގަބުކައިފަ ކަމެއް ބަސް ހުއްޓިފައިކަމެއް ނުވަތަ ދެން ލައިގަންނަން އުޅޭ ތޫގާފުގެ ކުރީގެ ހިމޭންކަން ކަމަށްވެސް ވެދާނެއެވެ. ކާއިލްގެ ހަރަކާތްތަކަށް ބަލާނެ ހިތްވަރެއް ނެތިީކަމެއް ނުވަތަ ބޭނުން ނުވެގެން ކަމެއް ނޭނގެއެވެ. ސަރީނާ އިނީ އަނެއްފަރާތަށް ކަނދުރާ އަނބުރާލައިގެންނެވެ.
ކާއިލް އޭނާގެ ގަމީހުގެ ކަރުގޮށް ނައްޓާލިއެވެ. ރަސްމީވާން އަޅާފައި ހުރި ޓައި ދަމައި އަތަށް އޮޅާލިއެވެ. ޖެހިގަތް ކަހަލަ ގޮތަކަށް ކާއިލް އައިސް ސަރީނާގެ ކަރުގައި އޮޅާލީ އޭނާގެ އަތަށް ެޔޮވަރި ކޮށްފައި އޮތް ޓައީއެވެ. ޓައީގެ ގޮށ ބާރުވާން ފެށުމުން ސަރީނާގެ ނޭވާ ހާސްވެ ދެލޯ ބޮޑުވާ ގޮތްވިއެވެ.
ސަރީނާ: ކާއިލް ޕްލީސް. މިރޭވެސް ތި އުޅެނީ އެއްކަލަހެން؟ ތިހެން ނަހަދާ. ހެޔޮނުވާނެ. އޭނާއަށް ގިސްލެވި ރޮވެން ފެށިއެވެ.
ކާއިލް: ޝޫހް . މާބާރަށް ވާހަކަ ނުދައްކާ؟ އޭރުން އެމީހުން ކީކޭ ހިތަށް އަރާނީ؟ އޭނާ އަނބިމީހާގެ ތުންފަތުގައި އިނގިލި ޖައްސާލިއެެވެ.
ސަރީނާ: ނޫން. މަށަކަށް ތިކަމެއް ނުވާނެ. އަބަދު މިހެން އުޅޭނީ ކިހިނެއްތަ؟
މި އަޑުއިވުމުން މިވަގުތު ހަމައިން ނެއްޓިފައި ހުރި ކާއިލް ކުއްލިއަކަށް އެއްކަލަ ގޮތަށް ރުންކުރުވެފައި ބާރު އެތިފަހަރެއް އޭނާ މޫނުމަތީގައި ޖެހިއެވެ. ބޭއިޚްތިޔާރުގައި ސަރީނާއަށް ހަޅޭއްލެވުނެވެ.
ސަރީނާ: ނޫން. ހެޔޮނުވާނެ .ޕްލީސް އާދޭސް ކޮށްފަމިބުނީ ތިހެން ނަހަދާ. އޭނާގެ ރުއިމުގެ އަޑެއް ނާހައި ކާއިލް އޭނާ ގެނައި ޓައިން ސަރީނާގެ ދެއަތް އައްސާލިއެވެ.
ކާއިލް:” ސަރީ. ޕްލީސް މިރޭ ވަރަށް މުހިންމޭ. އަހަރެންނަށް މިކަން ކޮށްދީ؟ އެކައުންޓަށް ޖަމާވީމަ ބެބީއަށް ބުނި އެއްޗެއް ހޯދާދެވިދާނޭ.
އަހަރެން ދެރަގޮތެއް ނަހަދާނެއްނު. ކޮށިއަރައިގެން އޭނާ ކެއްސާލިއެވެ. ކާއިލް:” ޕްލީސް އިނގޭ؟ ކާއިލް ސަރީނާ ކަންފަތްދޮށުގައި ސިއްރުވާހަކައެއް ބުނެލާފައި ފިޔަވަޅުތައް އަޅަމުން ގޮސް ކޮޓަރިން ނިކުމެއްޖެއެވެ.
އެނދުމަތީގައި ކަކުލުގައި ބޯއަޅައިގެން ސަރީނާ އިނީ ގޮތް ހުސްވެފައެވެ. ރުއިން ނޫނީ ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
ކާއިލް ހެމުން ސިޓިންގް ރޫމަށް ދިޔައީ ފުރިޖުން ފިނިކުރި އެކި ކަހަލަ ދަޅުތައް ހިފައިގެނެވެ.
ކާއިލް: އޮކޭ. ޗިއާރސް. އެއް އަޑަކަށް އަޑުގަދަވިއެވެ. ގެނައި ދަޅުތަކުން ތިންދަޅު ހުސްކޮށްލައި ޖޮނީ ތެދުވެގެން ދިޔައީ ސަރީނާ އޮތް ކޮޓަރިއާއި ދިމާއަށެވެ. މިރޭ އެލިބުނު ހަދިޔާގެ އެތިފަހަރުން ކޯތާފަތް މަތި ރަތްވެފައި އޮތް ސަރީނާއަށް ކުރެވެނެ އެއްވެސް ކަމެއް ނެތެވެ. ބިރުގެންފައި އޮތް ސަރީނާގެ ހިތް ޝަކުވާއާއި ސުވާލުތަކުން ފުރެމުންދަނީއެވެ.
ހަމަ ލޯބިވާތީއެވެ. ވަރަށް ބޮޑަށް ލޯބިވާތީއެވެ. ހަމަ މިގޮތައް ނިޝްރާވެސް، މިހެން ހިތަށް އަރާފައި ސަރީނާ އިތުރަށް މާބޮޑަށް ދެރަވިއެވެ. އަދު މިހުރެވުނީ މާދުރުގައެވެ. އެ ގާތްކަމާއި ރައްޓެހިކަން ނިމެންމެދުވެރީ އަހަރެންނާ ހެދިއެވެ. އޭނާގެ ހިތަށް މިހެން އެރީ ލިބޭ އަނިޔާތަކަށް ކެތްކުރަން އުނދަގުވީމައެވެ. ޖޮނީ އައިސް އޭނާ ގައިގާ އަޅާފައި އޮތް ރަޖާގަނޑު ނަގައި ހޫރާލިއެވެ. ބޭއިޚްތިޔާރުގައި ސަރީނާއަށް ހަޅޭއްލަވައި ގަދަހެދުނެވެ. އެހެނަސް ވަރުގަދަ ބިޔަ ފިރިހެނެއްގެ އަތްދަށުވެ ޝިކާރައަށް ވުމުން އޭނާ ކަހަލަ ބަލިކަށި އަންހެނަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިއީ އޭނާ ކާއިލަށް ޓަކައިވީ ޤުރުބާނީގެ ބަދަލުގައި ލިބެންޖެހޭ ހަދިޔާހެއްޔެވެ؟ ބައެއް ފިރިހެނުންނަކީ ހަރުކަށިބައެކެވެ. އެއްވެސް ރަހުމެއް ކުލުނެތް ހަމްދަރުދީއެއް ނެތެވެ. ނިކަމެތި ކަންމަތީ މިރޭ ވެސް އޮންނަން ޖެހުނީ ވަގުތީ ޝިކާރައަކަށް ވެގެނެވެ. ސިޓިންގް ރޫމުގައި ތިބި ބަޔަކު ބާރަށް ލަވަޖަހައި އަޑުގަދަކޮށް މަޖާ ނަގަނީއެވެ.
ޖެހިގެން އައިދުވަހު ހެނދުނު އޭނާއަށް ލޯ ހުޅުވާލެވުނީ ކުޑަދޮރުން އިރުގެ އަވި ދ ހޫނުކަމުންނެވެ. ހޭވިފައި ހުރި އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލިއެވެ. ބިންމަތީގައި އޭނާ އޮތީ ވަރަށް ވޭނުގައެވެ. ހަށިގަނޑަށް ވޭން ބޮޑުވަނީއެވެ. ލޭފައިބާ ނިކަމެތިހާލުގައި ދެފައި މައްޗަށް ކޮޅަށް ތެދުވުނީ ތުރުތުރު އަޅަމުންނެވެ. ޑްރެސިންގް ޓޭބަލުގައި ހުރި މޫނު ބަލާ ލޯގަނޑަށް ބަލާލެވުމުން ސިހުންވިއެވެ. އޭނާ ކަނާއަތު ލޯމަތީގައި ޖަހާފައި ހުރުމުން ދަނބުކުލަ އަރައި ދުޅަވެ ފުފިފައެވެ.
މަޑުފިޔަވަޅުން ހިނގަމުން ކޮޓަރިން ނިކުމެ ސިޓިންގް ރޫމަށް ނިކުމުވުން ބޯހަލާކުވާ ވަރުވިއެވެ. އެތަންމިތަނަށް އެއްޗެހި އުކާހަަދައި ހޮޑުން ތަޤައްޔަރުވެފައެވެ. ސޯފާގައި ބަންޑުން ބޯއަރިއަކަށް ކާއިލް ގުގުރި ދަމަން އޮތީ ރޭގައި ހިތްފުރޭވަރަށް މަޖާ ނެގުމުގައި އަވަދިނެތި އުޅެފައެވެ.
އެދުވަހު ކާއިލަށް ހޭވެރިކަން ވެގެން ލޯހުޅުވާލެވުނީ ހަވީރުއެވެ. ދެފަރާތައް ބަލާލެވުނެވެ. ކަމެއް ވެފައި ހުރިހެނެއް ހިޔެއްނުއެވެ. ވާނީވެސް އެހެންތާއެވެ. އަނބިމީހާ ހުންނާނީ އޭނާ ޖަހައިހާ ސަކަރާތެއް ޖަހައި ނިމުމުން ހުރިހާކަމެއް އަލުން ބަލުން ތަރުތީބުކޮށްފައެވެ. ތެދުވެގެން މޯޅިއަކަށް ދެމިލާފައި ނިކުތީ ބޭރަށެވެ. ބަގީޗާ ހައްދާފައި ހުރި ކާނޭޝަން މާގަސްތަކުތެރޭގައި ކުޑަ ކުރައިން ގަސްބުޑަށް ފެންއަޅަން އޭނާ އިނީ ބޮލުގައި ބޮޑު ވިޔެފައި ހުރި ތޮތްޕެއް އަޅައިގެނެވެ.
ކާއިލް: ބޭބީ. ދެއަތް ޖީބަށް ޖަހައި ހުރި ކާއިލް މަޑުން ވާހަކަ ދެއްކީ އޭނާއަށް ވެސް ރޭގައި ކަންތައް ކުރެވުނީ ރަނގަޅުކޮށް ނޫންވީމައެވެ. ފިރިމީހާއާއި ދިމާއަށް އެއްވެސް ބެލުމެއްނެތި ސަރީނާ ކުރަމުން އައި ކަމެއް ކޮށްނިމާލައި ތެދުވެގެން ގޮސް އެތެރެއަށް ވަނެވެ. ފާޑަކަށް ލަދުހީވެފައި ހުރި ކާއިލް ބުމަތަޅުވާލައި އެތެރެއަށް ވަނެވެ.
ދުވަހުގެ އިރުއޮށްސި އަނދިރިވެއްޖެއެވެ. މިރޭ ކާއިލް އިނީ ވަރަށް ހަމަހިމޭން ވެފައެވެ. ކާމޭޒުދޮށުގައި ހިތާމަވެރި މޫނެއް ދައްކައިގެން އިނަސް އެއީ އޭނާގެ އާދައެވެ. ސަރީނާދެކެ އިންތިހާއަށް ލޯބިވާ ކަމަށް ބުނެ މާޒީ އެފުށުން މިފުށަށް ޖަހައި އޭނާގެ މައިންބަފައިންނާއި ހެޔޮ އެދުނު ރައްޓެހިންނާއި ވަކިވެގެން އަދު މިހާ ދުރަށް ދިރިއުޅުން ބަދަލު ކުރީ ކާއިލަށްޓަކައި އެވެ.
މިއީ އޭނާވީ ޤުރުބާނީގެ އަގުހެއްޔެވެ؟ މިކަމަކާއި ހެދި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއި އަބަދަށް ވަކިވާން ޖެހުނީ ޖެހުނު ބޮޑު މައްސަލައެއްގައެވެ. އޭނާ ކާން އިނދެފައި އަނގައިން ބަހެއް ނުބުނީ ބުނެވޭ އެއްޗަކުން ކާމޭޒުގައި އަތުރާފައި ހުރި ކާއެއްޗެހި އެއްކަލަ ރޭ ހެން ގަޔަށް ބޮލަށް ބަންޑުން ކޮށްފާނެތީއެވެ. ރުންކުރު ރުޅިމިއީ ކާއިލަށް މައިތިރިކުރެވޭ އެއްޗެއްނޫނެވެ. މި އަނިޔާއެއް އޭނާ ހޯދީވެސް އަމިއްލައަށެވެ. ނިޝްރާގެ ހަނދާވާން ކޮންމެ ފަހަރަކު ސަރީނާގެ ހިތަށް ބުނެދޭން ނޭނގޭ ތަދެއް އިޙްސާސްވެއެވެ. އޭނާއާއި ހަަމައަށް ދެވޭނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ ކާން ތައްޔާރުކޮށްފައި ހުރި ބަތްތަށި ހާވަން އިނދެފައި އޭނާ އިސްދަށަށް ޖަހައިގެން ނިކުތީ ބޭރަށެވެ. ސަރީނާ:” ކާއިލް. ނުކާ ކޮންތާކަށް މިގަޑީގަ؟ ލޯމަތިދުޅަވެފައި ހުރުމުން އޭނާ އިނީ އިސްދަށަށް ޖަހައިގެނެވެ. ސަރީނާގެ ހިތަށް އެރިއެވެ.
ކާއިލް މަސައްކަތް ކުރާ އޮފީހަށް ގޮސް އޭނާގެ ވެރިޔާ އާ ވާހަކަ ދައްކާނެ ގޮތެއް. ހޯދާނީ ކިހިނެއްބާވައެވެ. ކިހިނެއްބާ ހަދާނީ.؟ ކާއިލްގެ ރައްޓެހި ބައިގަނޑަށް އަހަރެންމީ ކާކުކަން ނޭނގޭނެ ހެން ދިޔުން ބޭނުމީ،”
ސަރީނާގެ ހިތަށް އެކިކަހަލަ ހިޔާލުތައް އަރާ ފައިބަނީއެބެ. ކާއިލް ބޭނުންވާ މަޤާމަށް ފުރުސަތު ހޯދާނޭ ގޮތަކާމެދު ވިސްނެނީއެވެ. އެހެންނޫނީ އޭނާ ބޭނުންވާ ކަންތައް ނުކުރެވިގެން ބޯގޮވައިގެން ހިތްހަމަ ޖައްސަން މިހެން އަބަދު ރައްޓެހިން ގޮވައިގެން އައިސް އަހަރެންނާ ދިމާކޮށްލާނެއެވެ. އަބަދު އެ ނުލަފާ މީހުންގެ އަތްދަށުވެފައިވާ ޝިކާރައަކަށް ވާކަށް އަހަރެން ބޭނުން ނުވެއެވެ.
=ނުނިމޭ=
