(ސަރީނާއާއި ނިޝްރާ،)
އެދުވަސްރުގައި ސްކޫލަށް ދާން ލާންޖެހޭ ޔުނިފޯރމުތަކުގެ ތިރިއަށް ހުންނަނީ ރޫތަކެއް ނަގާފައެވެ. އެހެންކަމުން ޔުނިފޯމު އިސްތިރި ކުރުމަކީ މާ ފަސޭހަކަމެކޭ ނުބުނެވޭނެއެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިން ސްކޫލަށް ދާ ގަޑިޖެހެން ދިހަ މިނެޓަށް ވާއިރު ސަރީނާގެ އެންމެ ގާތް މިތުރު، އޭނާގެ ބެސްޓީ ނިޝްރާ އައިސް ހުރެ އެވެ. ސަރީނާ އަވަސް އަރުވާލައިގެން ތައްޔާރުވާއިރު، މެދުގޭތެރޭގެ ދޮރު މަތީ ހުއްޓިގެން އިންތިޒާރު ކުރެއެވެ،
ނިޝްރާ: ކަމަނާ މިއަދުވެސް ތައްޔާރުވެ ނުނިމޭދޯ؟
ސަރީނާ:(ހިނިތުންވެލާފައި) އާނ. މިއީ އަހަރެންނަށް ވާވަރު ވިއްޔާ. ހާސްނުވޭ ގަޑިޖެހުމުގެ ކުރީން ގެއިން ނިކުންނާނަން.
\ޔުނިފޯރމް ލައި ފޮތްދަބަސް ކޮނޑުގައި އަޅުވާލުމާއެކު ސަރީނާ ދާން ފިޔަވަޅު ނެގިއެވެ.
ނިޝްރާ: ޕިސްޕިސް. މީނައަށް ހެޔޮވާނެ ކޮންމެ ގޮތަކަށް ޔުނިފޯމު ލެވުނަސް. ތިހުރީ ބަންދުވެސް ނާޅައެއްނު،
ސަރީނާ: ހޫމް ދޮގެއްނޫން. އެހެންނުވަނީ. އަހަރެން އަމިއްލަ ތަތްކަމުން ވާގޮތޭ.
ދެއަންހެން ކުދިންނަށް ހީނގަނެވވުނީ އެއްފަހަރާއެވެ.
ނިޝްރާ: އޭނ. ހިނގާބަލަ ދެން އޮތް ހުކުރުވިލޭރޭ ފިލްމަކަށް ދާން. އެބައޮތީ ވަރަށް ރީތި ދިވެހި ފިލްމެއް އަޅުވާފަ.
ސަރީނާ: ހޫމް އޯކޭ. އަހަރެމެން ދެމީހުން އެކަނިތަ ދަނީ؟
ނިޝްރާ: ނޫނޭޭ. މަގޭ ވާން އުޅޭ ފިރިސޮރުވެސް ދާނެ. އޭނައޭ އަހަރެމެންނަށް ޓިކެޓްނަގާދެނީ.
ސަރީނާ:\ އެހެންތަ؟ ކިޔަވާ ނުނިމެނީސް ތި ދެމީޖ މިހާރު އިންނަ ހިސާބައް ދިޔައީ ދޯ؟ އޭނާ ހިނިގަނޑެއް ޖަހާލިއެވެ.
ނިޝްރާ:” އާނ. މިއަހަރު ނިމުނީމަ އަހަރެން ގަސްތުކުރަނީ މެރީ ކުރަން. އަހަރެން ރަށަށް ދާކަށް ބޭނުން ނުވޭ.
ސަރީނާ:” އެއީ ކީއްވެ؟
ނިޝްރާ:” އަހަރެން ބޭނުން ވަނީ މާލޭގަ ވަޒީފާ އަދާކޮށްގެން މިތަނުގަ ދިރިއުޅުން ބިނާކުރަން . އަސްލު އެންމެ ބޮޑު އެއްސަބަބަކީ އަހަރެންގެ ތި ބެސްޓީ ދޫކޮށްލާފަ ރަށަށް ދާން ބޭނުން ނުވާތީ.
ސަރީނާ:” އޯހް . އަހަރެން ހީކުރީ ތީނަގެ ބީއެފް ގެއްލިދާނެތީކަމަށް.
ނިޝްރާ:” ނޫން. ލައިފްގަ ކިތައްމެ ހަނދެއް އަރާ އޮއްސޭނެ ދޯ. އެކަމަކު ތެދުވެރި ރަޙްމަތްތެރިއަކު ލިބޭނީ ހަމަ އެއްފަހަރުއޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހެންވެ އަހަރެންގެ ތިޔަ މިތުރު ގެއްލޭކަށް ބޭނުންނުވޭ. އޭނާ ހިނިތުންވިއެވެ.
ނިޝްރާ: އަދާ ހަމައަށް އަހަރެންގެ ފަޤީރުކަމާ ނިކަމެތި ހަޔާތައް ސަރީ ނޫން އެހެން މީހަކު އެހީތެރިކަމެއް ނުވޭ. އަހަރެން ދުވަހަކުވެސް އެކަމެއް ހަނދާނެއް ނުނެތޭނެއޭ.
ސަރީނާގެ މޫނުމަތިން ފެނުނީ މަޑުމޮޅި ހިނިތުންވުމެކެވެ.
އެކަކުއަނެކަކާ ވާހަކަދައްކަމުން، މަޑުމަޑުން ހިނގާފައި ދިޔަ ދެމިިތުރުންމަށ މިއަދު އަމީނިއްޔާ ސްކޫލު ގޭޓު ބަންދުކުރުމުގެ ކުރީން ވަދެވުނީ ހަމަ ކިރިއާއެވެ.
ނިޝްރާއަކީ ވަރަށް ވެސް އާދަައިގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ އަންހެންކުއްޖކެވެ. ދުނިޔޭގެ ދިރިއުޅުމާއި އާއިލީ ހަސަބާއި ނަސަުން މޮޅު މުއްސަނދިކަމެއް ނެތަސް ނިޝްރާއަށް ކަލާނގެ ދެއްވާފައިވާ ބަނިޔާދަން ރީތިކަމާއި ފުރިހަމަކަމުގެ ތައުރީފު ލިޔެ އިބާރާތް ހުސްވާއިރުވެެސް ފުރިހަމައަށް ބަޔާން ނުކުރެވޭނެކަން ޔަގީނެވެ. ކުޑައިރު މައިންބަފައިން ނިޔާވީއްސުރެ އޭނާ ބެލެހެއްޓީ ބޮޑުބޭބެ ދެމަފިރިންނެވެ. ނިޝްރާ މާލެ ގެނެސް ކިޔަވަން ފުރުސަތު ލިބުމުން އޭނާ މަތީފާސްނަގަމުން އައީ ކްލާހުގެ އެހެން ކުދީންނަށް ވުރެ މޮޅަށެވެ.
ސްކޫލުން ގެއަށް އައިސް ގޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްލާފައި ރޭގަނޑު ނިދުމުގެ ކުރީން ފިލާވަޅުތައް ދަސްކޮށް ހޯމްވޯރކް ހަދައި އޭނާއަށް ގިނަ ރޭތަކުގައި ނިދަން އޮށޯވެވޭނީ އެގާރަ ޖަހާފަހުންނެވެ. ނަމަވެސް ޝަކުވާއެއް ނެތި ނިޝްރާ އައީ ހިތްވަރުކޮށް ކިޔަވަން އިސްކަންދީގެނެވެ. އޭނާއަށް ދިމާވާ ބައެއް ދަތިއުނދަގޫ ތަކުން އެހީތެރިކަން ދެނީ ސަރީނާއެވެ. ސްކޫލުގައި ބާއްވާ ބައެއް އެކްޓިވިޓީސްގައި ސާމާނާއި ބޭޭނުންވ ތަކެތިގަނެދީ އެހީތެރިވަނީ ސަރީނާގެ ދީލަތި ހެޔޮކަމުންނެވެ.
ސަރީނާއަކީ މާލޭގެ މުއްސަނދި ތަނަވަސް ބައެއްގެ ދަރިއެކެވެ. ދެ އަންހެން ކުދިންގެ ދިރިއުޅުގައި ކިތައްމެ ބޮޑު ފަރަޤު ހުއްޓަސް އެކަމެއް އެ ދެކުދިން އެކުގައި އުޅޭ އުޅެމުން ނުދައްކައެވެ. ގްރޭޑް 6ކުން ފެށިގެން ދިހައަކާ ހަމައަށް ވެސް އެއް ކްލާހެއްގައި ކިޔަވަން އުޅުނު އެ ދެ ރަޙްމަތްތެރިން ދެމެދުގައި ދުވަހަކުވެސް ދެބަސްވެ އަރާރުންވެ މައްސަލަ ޖެހިފައެއް ނެތެވެ.
ނިޝްރާއާއި އޭނާގެ ލޯބިވެރިޔާއާ ފުރަތަމަ ބައްދަލުވީ ދިޔަ ފަޅުރަށަކުންނެވެ. އެއީ އޭނާ ގްރޭޑް 9އެއްގައި ކިޔަަވަން އުޅުނު ދުވަސްވަރެއްގައެވެ. ލިބުނު ޗުއްޓީއެއްގައި ޕިކްނިކަށް ފަޅުރަށަކަށް ގްރޫޕް ހަދާފައި ދިޔަ ބައިގަނޑުތެެރެއިން ހުރި ޒުވާނެއްގެ ލޮލުގައި ނިޝްރާގެ ރީތިކަން އަޅާގަތެވެ. ލަދުރަކި ރީތި ހިނިތުމެއް ހުރި ނިޝްރާވެސް މި ޒުވާނަކާ ހިތްކިޔައި ދެފަރާތުގެ ގުޅުން ބަދަހިވިއެވެ. އަލީއަކީ ވަަރަށް މަޖާވެފައި ސަކަރާތް ޖަހަމުން އުޅޭ ސޮރެކެވެ. އަބަދުވެސް އޭނާގެ ކަމަކީ މީހުން ހެއްވާ ކަހަލަ ޖޯކުކަންތައް ކުރުމުގައި އެހެންމީހުންނާ ގުޅިގެން އުޅުމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްހަމަ ޖެހުމާއެކީ ނަމަވެސް ސަރީނާ އަދި ހުރީ ހުހަށެވެ. ކިޔެވުން ނިންމައި ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލު ކުރާ ޚިޔާލެއް ހުންނާތީ އޭނާ ދިވެހި ފިރިހެން ކުއްޖަކާ ގުޅެން ބޭނުން ނުވެއެވެ. އޭނާ ގާތުން ރައްޓެހިވާން އަހާ ފިރިހެންކުދިންނަށް ޖަވާބުގައި “ނޯ” އެހެން ބަހެއް ނުބުނެވެ.
ފިލްމަށް ދާން ނިންމާފަ އޮތް ރެއެވެ. ދިވެހި ފިލްމް ބަލަން ގްރޫޕް ހަދާފައި ސަރީނާއާއި ނިޝްރާގެ އިތުރުން ނިޝްގެ ލޯބިވެރިޔާ އަލީ ވެސް އޮލިމްޕަހަށް ދިޔައެވެ. އަލީގެ ބައެއް ރައްޓެހި ފިރިހެން ކުދިން އެރޭ އެމީހުނާ އެތަނުން ބައްދަލު ކުރިއެވެ. ބޮޑު ވާހަކައިގައި، ފިލްމު ބަލަން ތިއްބައި އިންޓަމިޝަނަށް މެދު ކަނޑާލައިފިއެވެ، ފުރުސަތަކަށް ބަލަބަލައި ހުރި ތޮއްޔިބު، އަލީހެ ކޮލޑަށް އަތް ވައްޓާލިއެވެ. ސިއްރުސިއްރުން ބުނެލީ ސަރީނާގެ ވާހަކައެވެ؛ އަލީގެ ރައްޓެހި ތޮއްޔިބަށް ސަރީނާ ވަރަށް ކަމުގޮސްފިއެވެ. ކޮންމެވެސް ގޮތަކުން ސިންގަލްކޮށް ހުރި އެމަންޖެ އަލީގެ މިތުރަށް ސެޓްކޮށްދޭން ޖެހުނީއެވެ.
ިހާރަކަށް އައިސް އަބަދު އޮފީހުގައި ބިޒީވެގެން އުޅޭ އަލީ ކޮންމެވެސް އެހެން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޝައްކުވިއެވެ. މިވާހަކައެއް ދެއްކި ދުވަހު އަލީގާތައް އައި ރުޅިއަކުން ނިޝްރާގެ ކޯތާފަތުގައި ބާރު އެތިފަހަރެއް ޖެހިއެވެ. އޭނާއަށް ކުއްލިއަކަށް މިއައި ބޮޑެތި ބަދަލުތަކުން މީގެ ކުރިން ވެފައިވާ އަހުދުތައް ހަނދާންނެތުނު ކަހަލައެވެ. އޭނާއަށް އެހެން ޤައުމަކުން ވަޒީފާ ލިބިގެން ރާއްޖެ ދޫކޮށްފައި ދާން އުޅޭ ވާހަކަ އޭނާ ސިޓީއަކުންނެވެ. ސަރީނާ މެދުވެރިކޮށް ނިޝްރާއާ ހަވާލުކުރި ސިޓީގައި އެވަނީ އަލީ ރާއްޖެއިން ބޭރަށް ފުރަން އުޅޭ ވާހަކައާ އޭނާއަށް އެހެން އަންހެންކުއްޖެއް ދެކެ ލޯބިވެވުނު ވާހަކަތަކެވެ.
އެދުވަހު ނިޝްރާވީ ދެރައިން ހިތްދަތިވެގެން ލޯކަރުނުން ފޯކުރަމުން ރޮއެރޮއެފައި ގިސްލެވެމުން އެވާހަކަތައް ކިޔާދިނީ ސަރީނާއަށެވެ. ސަރީނާގެ އުނގުގައި ބޯއަޅައިގެން އޭނާގެ ރުއިމަށް ހުއްޓުމެއް ނައެވެ. ސަރީނާވެސް ދެރަވެގެން ނިޝްގެ ބޮލުގައި ފިރުމަމުން ހިތްވަރުދިނީ ވެދިޔަތަން ހަނދާން ނައްތާލާފައި އައު ދިރިއުޅުމެއް ފެށުމަށެވެ.
ނިޝްރާ:” ސަރީ. ދެން ކިހިނެއް ހަދާނީ. އަހަރެން ހިޔެއް ނުކުރަން އަލީ މިހެން ކަންކޮށްފާނެ ކަމަކަށް. ކައިވެނީގެ ވާހަކަ ދެއްކިއަސް އޭނަ ގާތައް އަންނަނީ ޒާތެއްގެ ރުޅިއެއް. އޭނާއަށް ރާއްޖޭން ބޭރުން ވަޒީފާ ލިބުނު ވާހަކަ އެބުނީ މި ސިޓީއިން. އަހަރެންމި މޮޔައެއް ކަމަށް އޭނަ ހީކުރަނީތަ. އަލީ ކޮންމެވެސް ވަގު ބިޓެއްގެ ކަމެއް ކުރާކަން އަހަރެންނަށް އެނގޭ. އޭނާ ރޮމުން ނޭފަތް ދަމާލިއެވެ.
=ނުނިމޭ=
