މިރޭ ބަޔަކު ކޮންމެވެސް މިތަނުގައި މަޖާ ނަގާފައިއެވެ. ބޮއެފައި ހުރި ދަޅާއި ހުސްފުޅިތަކާއި އުކާފައި ހުސްކުރި ކުދިޕެކެޓުތައް މަދެއް ނޫނެވެ. ފިންގަރ ޕްރިންޓުނަގައި އެތަން ކުއްޔަށް ދިން ފަރާތަކާއި ކަންތައް ބެލުމުގެ ދަށަށް ގެނެސް ތަހްޤީޤުތައް ފެށުނެވެ. ޖެހިގެން އައިދުވަހު ހެނދުނާ މީޑިއާ ގުގުމައިލީ މި ބިރުވެރި ޚަބަރު ފެތުރިގެނެވެ. ނިޔުސް ރިޕޯޓަރުންނާ އިންސާފަށް ވަކާލާތު ކުރާ ބަޔަކު މަގުތަކަށް ނިކުމެ އެއްވެ ޖަމާވެގެން އަޑުގަދަ ކުރާ މަންޒަރުތައް މީޑއާގައި ވީޑިއޯތައް ދައުރުވާން ފެށިއެވެ. މި ފަދަ އަނިޔާވެރި ކޮށް މަރާލާފައި އޮތް ޒުވާނާ ހަށިގަނޑު ޗެއްކުރުމުން ގިނަ އަދަދަކަށް މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަން ކަށަވަރުވިއެވެ.
ކަމުގެ ތަހުޤީޤައް އެރޭ އެތަނަށް ދިޔަ ބައެއް އަންހެން ކުދިންތަކެއް ހައްޔަރުގައި ބޭއްތިބިއެވެ. އަޖައިބީ އެއިން އެއްވެސް އަންހެން ކުއްޖަކަށް އެތަނަށް ދިޔަ ފިރިހެނެއްގެ ސައްޚަ މަޢުލޫމާތެއް ވަނަވަރެއް ދެނެހުރިކަމެއް އެނގޭކަމަކަށް ނުވިއެވެ. ރަނގަޅަށް ލޮލުފިޔަ ޖަހާނުލައި ހޭބޯނާރައި އޭނާ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. ކޮންޕިޔުޓަރ މޭޒުދޮށުގައި އެއްއަތުގައި ބޯއަޅައިގެން ވަރުބަލި ކަމުގައި ނިދިފައި އޮތް ޖިދޫ ބޮލުގައި އޭނާ ފިރުމާލުމާ އެކީ ސިހިގެން ތެދުވިއެވެ.
ޖިދޫ:” ލައްބަ. މާފު ކުރައްވާ. އަޅުގަނޑަށް ނިދުނީ.
ރަފާން:” އިޓްސްއޯކޭ. ޖިދޫ ކުޑަކޮށް މަޑުޖައްސާލާފަ ރެސްޓުކޮށްލަން ދާންވީއެއްނު. ރޭ ދަންވަރު އައިގޮތަށް މިހާރު ހަވީރުވަނީ.
ޖިދޫ:” ޝުކުރިއްޔާ ސަރ. އެކަމަކު އަދިވެސް ތަހުޤީޤުގެ ގިނަމަސައްކަތް ހުރީ ނުނިމި.
ރަފާން:” އެނގޭ. އެކަމަކު ޖިދޫގެ އަމިއްލަ ނަފްސަށްވެސް ވިސްނާލުން ބުއްދިވެރި ވާނެދޯ. އެހެން މުއައްޒިފުން މަސައްކަތުގައި ހަރަކާތްތެރިވާނެ. އެހެން ވީމާ މިހަފްތާގަ އެއްކޮށް ރެސްޓް ކޮށްލާފަ އަލުން މަސައްކަތް ކުރިއަށް ގެންދާނީ.
އޭނާ ބޭނުންވަނީ ޖިދޫއަށް ހަމަޖެހިގެން ހުރިހާ ކަމެއް ކުރަން ވަގުތުދޭށެވެ.
އޭނާއަކީ ވަޒީފާ ބަރާބަރަށް ފަރުވާތެރިކަމާ އެކުގައި އަދާ ކުރާ ހޮވާލެވޭ ފަރާތެކެވެ. ރަފާންގެ އަޑު އެހާ އޯގާތެރިކޮށް އެއަޑުއިވުމުން އޭނާގެ ހިތްތެޅިލިއެވެ. ރަފާނަކީ ޖިދޫއާ އަޅާބަލާއިރު އުމުރުން ތަންކޮޅެއް ދޮށީ ފިރިހެނަކަށް ވިއަސް އޭނާ ލައިކްވާ ކަހަލަ ގޮތެއް ހުންނަމީހެކެވެ.
ޖިދޫ ތެދުވެގެން ލަދުގެންފައި ހުރެ ދިޔުމުން އޭނާ ކުރަން ހުރި މަސައްކަތް ކޮންޕިޔުޓަރުން ރަފާން ނަޒަރު ހިންގާލިއެވެ. އެކި އަހަރުތަކުގައި އެވެނި މިވެނި އެހެން މިހެން، ވެފައި ހުރި ބޮޑެތި ޖަރީމާތައް ފައިލްތަކާ ވާހަކަތައް ބަލައި ފާސްކުރަނީއެވެ.
މިއިން ކޮންމެ ތަހުލީލުތައް ކުރާ ކޭސްތަކަށް އޭނާ ވަކިން ނަންތައް ވެސް ކިޔައި އޮޅުން ފިލުވާފައިއެވެ. ހާދަހަވާ ރޭވުމުން މޮޅުވެފައި އެހާމެ ފަރުވާތެރިކަމާ ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރާ ޒުވާން އަންހެނެކެވެ. ހަފްތާއެއް ވިއެވެ.
ވައިބަރ ސިއްރު ގްރޫޕަށް މެސެޖެއް ލިބުނު ކަމުގެ ޚަބަރު އެނގުންވިއެވެ. އޭނާ ނިދަންއޮވެފައި ގަޑިއަށް ބަލާލިއެވެ. ޑިޔުޓީގައި ނިންމާފައި ހަވީރު އައިސް ޖައްސާލިގޮތައް މި ހޭލެވުނީއެވެ. އޭނާ ފެންވަރައި ތައްޔާރުވެލައި ކޮފީ ޖަގަހައަށް ދިޔައެވެ. އޭނާގެ މިތުރުން މަޑޮމޮޅިކަމާ އެކީ ތިއްބެވެ.
ރަފާން:” ބުނަން ކަލޭމެން ތިކަންތައް ގެންދިޔައީ މާ މައްޗަށް. ތަންކޮޅެއް ވިސްނާގެން “ނައިސްވާން” ދަސްކުރޭ. އެހެން ނޫނީ ވަލީދަށް ވީހެން ވާނުވާގައި ގޯހެއްވެފަ އޮށްވާ ފެންނާނީ.
ނައުފަލް:” އަހަރެންނަށް ޔަޤީން އެއީ މިގްރޫޕުން ވީކަމެއް ނޫން. އެވަރު އަހަރެމެނަށް ވެސް އެނގޭނެ ދޯ.
ހުސެން:” ތިއެއް ނޭނގޭ. ވަލީދަށް ކޮށްލާފަ އޮތްވަރު ކަލޭ ނުދެކެންތަ؟ ނައިސްވެގެން ގޮސް ހަމައިން ބުއްދިފިލީމަ ކުރެވޭކަމެއް އެނގޭނެތަ؟ އޭނާ ސިނގިރޭޓެއް ރޯކޮށްލިއެވެ.
ސުނީލް:” ޝައްކުވާ އެއްވެސް މީހެއް ވޭތަ؟ އޭނާ ހާސްކަމުގައި އޮޅުން ފިލުވަން ބޭނުންވިއެވެ.
ރަފާން:” ޝައްކުވާ ކަމެއް ނެތް. އެހެންތާ ވާނީ ބައިވަރު އަންހެން ގްރޫޕެއް އެއްވެގެން ހިންގި ކަމެއްވީމަ.
އާދިލް:” އެތަނުން އަންހެން ކުއްޖެއްގެ އަތެއް ވެދާނެތަ؟ އޭނާ އޮޅުން ފިލުވަން ބޭނުންވަނީ އެއްވެސް ކަމެއްގެ ޔަޤީންކަމެއް ނެތީމައެވެ.
ހުމައިދު:” އެރޭ ގެނައި ބިޓުންގެ ނަން ލިސްޓެއް ނުނެގުނީމަ މައްސަލައަކީ. އޭނާ އެބުނީ ވެސް ރަނގަޅުވާހަކައެކެވެ.
ރަފާން:” އޮޕެރޭޝަނެއް ކުރިއަށް ދާނެ އެކަމަށް ހެކިލިބިގެން މީހެއް އަތުގަ ބިޑި އެޅުވޭނީ ދޯ. އެއީ ވެސް ދޮގެއްނޫނެވެ.
ހުމައިދު:” އަހަރެން ރިސޯޓަށް ޖެހިލަން މި ގަސްކުރަނީ. ކޮނޑުގައި ބެކްޕެކް އަޅައިގެން އިން ހުމައިދު އިނީ ކަންބޮޑުވުމެއްގައެވެ.
ނައުފަލް:” ބްރޯ ތިބުނީ ރަނގަޅަށް. ބޯ ހަމަ ޖައްސާލަން ކޮންމެވެސް ދިމާއަކަށް ނައްޓާލަން ވީކަންނޭނގެ. އޭނާވެސް ބޭނުންވި ކަމެއްގެ ވާހަކަ ބުނެލީ ހިތް ބިރުން އިނީމައެވެ.
ސުނީލް:” އާނ. މިކަންތައްގަނޑުގެ އަޑު މެދުކެނޑެންދެން ފަސްގަނޑުން ބޭރުވުން ބުއްދިވެރި.
ބޮޑުވާހަކައިގައި ތިބެފައި އެމީހުން ގެއަށް ދިޔައެވެ. މި ގްރޫޕްގަނޑު ކޮފީގައި ތިބިއިރު ޖެހިގެން އިން މޭޒުދޮށުގައި އެމީހުނާއި ފުރަގަސްދީގެން އިސްދަށަށް ޖަހައިގެން ހުރިހާ ވާހަކައެއް އަޑުއަހަން ކަންފަތެއް ހުއްޓެވެ.
ރަފާންގެ މިތުރުން ވާހަކަ ދައްކައި ނިންމައި ދާން ހިނގައިގަތެވެ. ފޯނާކުޅެން އިން މި ގޮތްނޭނގޭ މީހަކު ތެދުވެ ހުމައިދުގެ ހިޔަންޏަށްވެސް އެނގުން ނުވާނެހެން ފަސްފަހަތުން ދިޔައީ އޭނާ އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއް ހުރަސްކުރަމުންނެވެ. ރިސޯޓަށް ދާން އޮތް ލޯންޗަށް އަރައި އޭނާ އިނީ ވަލީދުގެ މަރާދޭތެރޭ ވިސްނަމުން ކަންބޮޑުވުމެއްގައެވެ. ދެތިން މީހަކު ތިބި މި ލޯންޗު ސްޓާރޓް ކޮށްލައި ސްޕީޑް ބާރުވިއެވެ. ބީއްސާލިބިޔަ ރާޅެއް ލޯންޗުގައި ޖެހިފައި ގުޑުން އެރިވަގުތު އެތަނުން އެކަކު ތެޅިގެން ހުމައިދުގެ ފައިގާ އަތްޖައްސާލިއެވެ. އެއީ ރީތި އަންހެން ކުއްޖެކެވެ.
އޭނާ:” ސޮރީ. ހިނިތުންވިއެވެ.
ހުމައިދު:” އިޓްސްއޯކޭ. އެހެންވެސް ވާނެ. ބިޔަރާޅެއް ދޯ.
އޭނާ:” އާނ. ނަސީބެއްދޯ ލޯންޗުބަންޑުން ޖަހާނުލިކަން. އަހަރެން ވަަރަށް ބިރުގަނޭ ކަނޑު ފެނުނީމަ.
ހުމައިދު:” އެހެންތަ، އެއީ އެހާވަރުކަމެއް ނޫނެއްނު. މިތާނގަ އިށީނދޭ، އޭނާ އިން ދިމާއަރިމައްޗަށް އިޝާރާތްކޮށްލިއެވެ. ވަރަށް ބިރުންއިދެފައި އޭނާ ހުމައިދާ ގާތްވެ ޖެހިގެން އިށީނެވެ. ހުމައިދު:” ކޮން ކަމަކު ރިސޯޓަށް ދަނީ؟ އޭނާ ބޭނުންވީ އަނގަތަޅާލައި މި އަންހެން ކުއްޖާއާ ގުޅުން ބަދަހިކޮށްލާށެވެ. މިކަހަލަ ފުރުސަތުތައް ނަގާލާފިއްޔާ ދެން އެކިޔާ ރަނުގެ ފުރުސަތު ނުލިބިދާނެއެވެ.
އޭނާ:” ޕާރލް. ހުމައިދު:” އޭނ.ކޯޗެކޭ؟ އޭނާއަށް އަޑުއިވުނީ ހަމަ ރަނގަޅަށެވެ.
ހުމައިދު:” ޕާރލް؟ ޕާރލް:” ހޫމް. ކިހިނެއްވީ؟ ދެޓްސްމައި ނޭމް.
ހުމައިދު:” ކަމެއްނުވޭ. ވަރަށް އަޑުނާހާ ކަހަލަ ނަމެއްވީމަ. މިދަނީ ފޮޓޯ ޝޫޓިންގްއަކަށް. ޕާރލް ހިނިތުންވަމުން ބުންޏެވެ.
ހުމައިދު:” އެހެން. ބޯ ޖަހާލިއެވެ. އޭނާ ގާތުގައި އިން ޕާރލްއަކީ ކޮން ކަހަލަ މުތެއް ކަމެއް ނޭނގުނެވެ.
ނަމަވެސް އެއްފައި މައްޗަށް ލައިގެން އިން ޕާރލް އިން ފަރިގޮތަކުން އޭނާ ހިތްތެޅެންފެށިއެވެ. އިތުރަށް އެއަންހެނަކު އޭނާ ފައިގާ އަތްލައިގެން އިނީމައި ހުމައިދުގެ ހިއްސުތަކަށް ގުޑުންވާންފެށިއެވެ. ދެގަޑިއިރު ދަތުރަކަށް ފަހު ރިސޯޓަށް އައިސް އޭނާ ރޫމަށް ދިޔުމުގެ ކުރީން މާދަމާ ހުސްވަގުތެއްގައި ލަންޗަކަށް ދާން ޕާރލަށް ދަޢުވަތުދިނެވެ. ޕާރލް ވަރަށް ހިނިތުންވެފައި ގެސްޓް އޭރިއާއަށް ހިނގައިގަތެވެ.
=ނުނިމޭ=
