އޭގައި އަޅުވާފައި އެހުރީ އެއްކަލަ ކަޅު ލެދަރު ގަޔަށް ބާރު ހެދުމާ ބުދުބޮލުގައި ޖަހާފައިވާ ކަޅުފަން ކުރު ވިގެވެ. އޭނާ ތުންފަތައް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަބަދު ހުޅިޖަހާފައި އެހުންނަ އޭނާ އުނަގަނޑާ ހަމައަށް އޮންނަ ނަލަ ދިގު އިސްތަށިގަނޑު ނިޔުޅާލައި ވިހުރާލިއެވެ. ހަމަޖެހިލައިގެން ގޮސް ސިޓިންގް ރޫމްގައި އިށީނެވެ. ލެޕްޓޮޕް ނަގައި އެއަށް ޕެންޑްރައިވް ޖަހާލައި އޭނާ ތަހުޤީޤުކުރި ކޭސްތައް ފައިލްތައް ފަހަރަކު ފޯލްޑަރ އެއްހުޅުވާލައި ފުންނަޒަރު ހިންގާލިއެވެ.
މިސްޓްރީކޭސް 1 ޑީޖޭ ޕާޓީ( ވަލީދު)
” ޕާރލްގެ އަވާގައި ޖައްސައި އެރޭ ވަލީދު ގެންގޮސް އޭނާގެ ވައިނޮޅިއަށް ހަމަލާދިނީ އޭނާއެވެ. އެމީހުން ބޮއެފައި ހުރި ފުޅިތަކާ ދަޅާ ބޭނުން ކޮށްފައި އޮތް ޓިޝޫއެއްވެސް ތަހުލީލަށް ނަގައި ޑީއެންއޭ ޗެއްކޮށް ހުރިހާ ކަމެއް ކުރީ ޚުދް އޭނާއެވެ.
މިސްޓްރީކޭސް 2 ރޮމާންޓިކް ބާތްޓަބް ( ހުމައިދު)
ހުމައިދު ބޭނުންވީ އޭނާއެކީ ބިލްގާގައި އެރޭ ހިތްއުފާކުރާށެވެ. އެހެނަސް ޗާޖަރަށް ޖަހާފައި އޮތްފޯނާ އެކީ ބިލްގާއަށް ވައްޓާލައި ކަރަންޓު ޖައްސައި ހުމައިދަށް ހަމަލާދިނީ އޭނާކަމެއް އެނގޭނީ ކާކަށްބާ؟ އެއްވެސް ލޮލަކަށް އެނގުންވުން ކުރީން އޭނާ އެރޭ މާލެއައެވެ.
މިސްޓްރީކޭސް 3 ފްރޯޒަން ބޮޑީ (ސުނީލް)
ރަފާނާ ވާހަކަދައްކަން ހުޅުމާލޭގައި ހުރެފައި އޭނާ ދިޔުމުން މީނާއަށް ރެސްޓުކޮށްލަން އޮއެވޭނީ ކިހިނެއް؟ ވާރޭ ވެހުނު އެރޭގައި އޭނާ ސުނިލާ ބައްދަލު ކުރަން ކެފޭއަށް ގޮސް ކަރަންޓް ކެނޑުނީމައި އޭނާއަށް ދިން ސިނގިރޭޓުގައި ހުރި މަސްތުވާ އެއްޗެއް އަސަރު ހަމަރަގަނޅަށްވެސް އޭނާގެ ހަށިގަނޑަށް ކުރުވިއެވެ. އޭނާ ހަމަބުއްދު ފިލިވަގުތު ޕާރލް ސުނީލު ފަހަތުގައި ހުރެ ކަނދުރާ އަނބުރާލައި ބިންދާލިއެވެ. އޭނާ ޑީޕްފްރީޒަރު ތެރޭގައި ބާއްވައި ސިއްރުން ނިކުމެގެން ދިޔަކަން އެނގޭނެ އެކެއްވެސް ނެތްކަން ޔަޤީނެވެ.
މިސްޓްރީ ކޭސް 4 ސްޕީޑް (ހުސެން)
އެދުވަހު ހުސެން ފޯނަށް ގެއްލިފައި ހުރި ވަގުތު އޭނާ ބޭރަށް ނިކުމެ ޕާރކުކޮށްފައި ހުރި ސައިލުތަކުން ހުސެން ސައިކަލް ބުރެކި ހަލާކުކޮށްލައި ގަސްތުގައި އޮފީސްމޭޒުގައި ބާއްވާފައި އޮތް ފޯނުނަގަން ކަމަށް ހެދި ވަދެފައި އޭނާ ބޯންއިން ކޮފީއަށް ހުސެންއަށް ނޭނގޭނެހެން އެމަސްތުވާ ޕައުޑަރ އެޅިކަމެއް އޭނާއެއް ނުދެނަހުއްޓެވެ. ބޮލަށް އެނބުރުން އަރާފައިވާ ހުސެންއަށް ސައިކަލް ކޮންޓްރޯލް ނުވީ އޭގައި ބުރެކި ހަލާކުވެފައި ހުރީމައެވެ.
މިސްޓްރީ ކޭސް 5 ޑްރައުނިންގް ޓުދަ ސީ ( ނައުފަލް)
ރަފާން އެޕާރޓްމެންޓުން ބައްދަލުކުރި ނައުފަލްގެ ބުއިމަށް އޭނާ ބަލަންހުއްޓައި ޕެކެތްގައި ހުރި “ނައިސްވާ” ޝޮޓްއަޅާފައި ބޯންދިނެވެ. އެއީ ނައުފަލްވެސް ބޭނުންވިގޮތްމެ. އޭނާއާއި އެކު ހިނގާލަން ނިކުމެ މޫދާއަރާ ހަމަވިވަގުތު ނައުފަލަށް އިޙްސާސްވާނީ ފިނިކަން އެކަންޏެވެ. އޭނާހިތުން އެހެން ދުނިޔެއްގައި އަވަދިނެތި އުދުހެނީއެވެ. އޭނާގެ ހަށިގަނޑު ކަނޑަށް ނުގެއްލި ލައްގާފައި އޮތުންވީ ޒަހަރެއް ބޮއެގެން ހެކިލިބެން މެދުވެރިކަމަކަށެވެ.
މިސްޓްރީކޭސް 6 ޑެޑްބޮޑީ އިންދަ ކްލޯސެޓް ( އާދިލް) އެދުވަހު ފިނިފެންމާ ބޮނޑި ހިފައިގެން އެޕާޓްމަންޓަށް އައީ ރަފާން ފޮނުވި ޑެލިވަރީ ހިފައިގެން އާދިލެވެ. އޭނާއަށް ބޯންދިން ކޮފީގައި މަސްތުވާއެއްޗެއް ހުއްޓެވެ. އޭނާ ކަރަށް ތޫނު އެއްޗެއް ހަމަލާއެއް ދީފައި އަލަމާރިތެރެއަށް ލައި ފޮރުވީއެވެ.
މިސްޓްރީ ކޭސް 7 ދަ ސީކްރެޓް މާޑަރާރ ވިތް އެވިޑެންސް ( ރަފާން)
އޭނާގެ އަލަތުކައިވެންޏަށް ހިނިތުންވެފައި ހުރި ފިރިހެންމީހާ ބޮލުގައި ހުރިހާ ކަމެއްގެ ތުހުމަތާ ޢިލްޒާމު އެޅުވިއެވެ. އެރޭގައި އަންހެންކުދިންނާ އެކީ ޑީޖޭގައި މަސްތުވެފައި އޭނާ ބުއި ފުޅިތަކާ ދަޅުތައް ތަހުޤީޤުކުރަން ޖިދޫއައިސް މިތަކެތި ވަކިން ނަގައި ރައްކާކޮށް ފޮރުވިއެވެ. ރަފާންގެ ފިންގަރ ޕްރިންޓާ ބޭނުންކޮށްފައި ހުރި މަސްތުވާ ތަކެތި އަޅަން ބޭނުން ކުރި ޕެކެޓުތައްވެސް ހުރިހާ ހެއްކެތް ނުފޮހެވޭނެހެން އޭނާ ރައްކާކުރިއެވެ. އޭނާ ޑީޖޭގައި ތޫނު އެއްޗަކުން ހަމަލާދިން ހަންޖަރުން އާދިލަށްވެސް ވަނީ ހަމަލާދީފައެވެ.
އެރޭ ބީޓްރޫޓް ކޮށަން ހުރެފައި ރަފާން ސިޓިންގް ރޫމަށް ޖެހިލިވަގުތު ސިއްރުން އޭނާ ތަރުކާރި ކޮށަން ބޭނުން ކުރި ތޫނު ހަތިޔާރު ސިއްރުވެރިކަމާ އެކީ ބަދަލުކޮށްލީ ވަލީދަށް އަދި އޭގެ މާފަހުން އާދިލަށް ވެސް ހަމަލާދީފައިވާ އެ ތޫނު ހެއްކަށެވެ. ބީޓްރޫޓަކީ ގަދަ ރަތްކުލައިގެ ތަރުކާރިއެއްވީމައި ރަފާނަށް އެ ހަތިޔާރުގައި އުނގުޅިފައި ހިކިފައި ހުރި ލޭއް ދެނެގަނެ ވަކިކުރާކަށް ނުދެނަހުއްޓެވެ.
ވަލީދުގެ މަރަށް ފަހު އެ ތޫނު ހަތިޔާރުން އާދިލަށް ހަމަލާދީ ނިންމައިލީ އޭގައި ހުރި ޑީއެންއޭ ހެކިތަކާއި ތުހުމަތުތައް ރަފާން ބޮލުގައި އެކަމުގެ ޖަރީމާ ޢިލްޒާމު އަޅުވާށެވެ.
އެދެމީހުން ކައިވެނި ކުރަން އޮތްދުވަހު ހުރިހާ ހެއްކެތް ސިފައިނަށް އެއްވެސް ގޮތަކަށް އެނގުން ނުވާނެހެން ހަވާލުކޮށްފައި އޭނާ ހުރީ މިދަނޑިވަޅަށް ވަރަށް ހުޝިޔާރުވެގެނެވެ.
އެކަމަކު އެއީ ކީއްވެގެން ޖިދޫ ކުރިކަމެއް ހެއްޔެވެ؟ މި ގޮތް ނޭނގޭ މައުސޫމު މޫނުގެވެރި ހޯމަސައިޑް ޑިޓެކްޓިވް ޖިދޫއަކީ ކާކުބާ؟
މިސްޓްރީ ކޭސް 8 ދަ ޕޮއިޒަން ޕާރލް(ވިހަ މުތް) ޖިދޫ
ރަނގަޅެވެ. އެކަކަށްވެސް ތަނެއްދޮރެއް ނޭނގޭނެހެން އޭނާ ކަން ކޮށް ނިންމައިލީއެވެ.
އެރެއަކީ އޭނާގެ ހަޔާތައް ވެރިވި ހަނދާނުން ނުފިލާނެ ބިރުކަމުން ފުރިގެން ދިޔަ ރެއެކެވެ.
އޭނާއާ ހަވާލުވެފައިވާ އަންހެނާއަކީ މަސްތުވާތަކެތީގެ އަޅެކެވެ. އެމީހުންނީ ދެ ޖިންސުން މަސްހުނިވެ ކުޅިމަޖާނަގާ ގްރޫޕެކެވެ. އެ ގޭންގް ހަދާފައި ހުރި ފިރިހެން ވެރިންނަށް އުމުރުން އެންމެ ދިހަ އަހަރުގެ އެ މަޢުސޫމު ނިކަމެތި އަންހެން ކުއްޖާ ފެނުނީ އެބައިމީހުންގެ ޝަހުވާނީ އެދުންވެރިކަމުގެ ހައިހޫނުކަން ފިލުވާލަން ފެނުނު ޝިކާރައެއް ގޮތަށެވެ.
ރަފީޤާ މަސްތުވެ ހެޔަށް ގޮތްވެފައި އޮތްވައި އޭނާ ގާތުގައި ރޯން އިން އެ ކުޑައަންހެން ކުއްޖާ ގަދަކަމުން ނަގައިގެން ގެންގޮސް އެއިން ކޮންމެ ފިރިހެނަކު ހިތްހަމަ ޖައްސާލައި ހިޔްފުރާލީ ހިތުހުރިގޮތަކަށެވެ. އަނިޔާވެރި ރޭޕުގެ ޝިކާރައަށް އޭނާއޮތީ ހަތަރެސްފައި ހިލިހިލާ އެޅިފައިވާ ހާލުގައެވެ. އެވަރުން ނުވެގެން ގަދަކަމުން ހަތަރެސްފައި ބަނދެފައި އަނގަޔަށް އެކި ޒާތްޒާތުގެ ބޭސްގުޅަތަކާއި އެހެނިހެން މަސްތުވާ ތަކެތި ކާންދިނެވެ. ފަހަރަކު މީހެއް އޭނާގެ އިއްފަތްތެރިކަމާ އަބުރު ވެއްޔާ މޮޑެލައި ނަގާލަމުން ދިޔައީ އެއްވެސް ހަމްދަރުދީއެއް ކުލުނެއް ނެތް ހައިވާނުންތަކެއްހެނެވެ. އޭނާ ރޮއެ ހަޅޭއްލަވައި ސަލާމަތައް އެދި އާދޭސްކުރިމެ އެހެނަސް އޭނާ އެ ބިރުވެރި އަނިޔާވެރި އަނދަވަޅުން ސަލާމަތް ކޮށްދޭން އަންނާނި ކާކުބާ؟
މިހުރިހާ ކަމަކަށް ވުރެ ބޮޑަށް އެކަން ރާވައި ހުރިހާ ކުޅިމަޖާ ބަލަން ހުރި އެމީހުންގެ ގޭންގް ވެރިއަކަށް ހުރި ރަފާން ހެވިފައި އެހުރިހާ ވަލު ހައިވާނުންތަކެއް ފަދަ މީހުންނަށް ސާބަސްކިޔާ ހިތްވަރުދޭން ހުރީއެވެ.
އެއިން ކޮންމެ މީހެއްގެ ޝަހުވާނީ ހައިހޫނުކަން ފިލީމައި ރަފާނާ ޖެހުމުން އޭނާ އަތުގައި ހުރި ބާރުގައި އެކުއްޖާ ލޯމަތީގައްޔާ ބޮލުގައި ހޫނު ބާރުއެތިފަހަރެއް ޖެހިއެވެ. އެކަމުން ވީ އަނިޔާތަކަށް ކެތްތެރިވާނީ ކިހިނެއްހެއްޔެވެ؟
އޭނާގެ ހިތްހަމަ ޖެހުން ފުއްދަމުން ދިޔަ ވަގުތު ކޮންމެވެސް ލަވައެއްގެ ކިޔަމުން ގެންދިޔައެވެ. އަދި އޭނާ ހިތްފުރޭ ވަރު ވުމުން ބުނެލީ “އައިލަވް ޔޫ މައި ބޭބީ ޑޯލް” މިހެނެވެ. ހު
ރިހާ ޖަރީމާތަކެއް ނިންމައި އެމީހުން ބޭނުންވީ ހުރިހާ ކަމެއްގެ ހެކިތައް އަބަދަށް ނިންމާލާށެވެ. ނުބައިރޭވުމަކަށް ފަހު އެ ކުޑަ ކުއްޖާ ކަޅުކޮތަޅަކަށް ލައިގެން ގެންގޮސް ދަންވަރު މޫދަށް އެއްލައިލީ ކަނޑުފައްތާލުމުގެ ނިޔަތުގައެވެ. އެހެނަސް އެރޭވުން ކާމިޔާބު ނުވީ އޮޔާއިވަޔާ ބީއްސަމުން ދިޔަބިޔަ ރާޅުގަނޑު ތެރެއިން އޮޅެމުން ރަސްފަނު މޫދުގައި އޮޔާދަމުން ދިޔަމަންޒަރު ލޮނުބޮވި ހޭނެތިފައި އޮތް އޭނާގެ ހަށިގަނޑު ރަފާނަށް ފެނިގެނެވެ.
އޭނާއަށް މިކަމުން ސަލާމަތް ނުވެދާނެހެން ހީކުރެވުމުން މޫދަށް ފުންމާލައި އެ ފެނުނު ކުއްޖާ ސަލާމަތް ކުރީ އޭނާއަކީ އެންމެންގެ ފަޚްރުވެރި ބަޠަލާއަށް ވާށެވެ. އެ ބިރުވެރި ނުބައި ހުރިހާ ޖަރިމާއެއް އަޑީގައި ހިންގާފައި އޭނާއަކީ އެންމެންގެ ތެރޭގައި ހެޔޮލަފާ އޯގާތެރި މީހަކަށް ވެގެން އުޅުނީ ދެފުށްދެގޮތް ވެރިމޫނެއް ދައްކައިގެނެވެ.
އެ ބިރުވެރި ރެއަށް ފަހުގައި އޭނާ ހޮސްޕިޓަލު އައިސީޔޫގައި އޮވެފައި ހާލު ރަނގަޅުވެގެން އައިނަމަވެސް އޮތީ ނަފްސާނީ އަދި ޖިސްމާނީގޮތުން ލިބުނު ވޭން ދެނިވި އަނިޔާގެ ޝިކާރައިން ސިކުނޑި ހަފުސްވެ އަބަދު ހިތްބިރުގަތުމާއި ރުޅިވެރިކަން އިސްކުރެވިފައެވެ.
އޭނާއަކަށް އެއްވެސް މީހަކަށް އިތުބާރު އެއީ ދުވަހަކުވެސް ކުރެވޭނެ އެއްޗެއްނޫނެވެ.
ދުވަސްތައް ފާއިތުވިއެވެ. ޖިދޫގެ ބެލެނެވެރިޔާއަށް ހުރި ރަފިޤާ މަސްތުވާ ތަކެއްޗަށް އޯވަޑޯޒްވެ ދުނިޔެ ދޫކުރިފަހުން އެއިރު އެގޭގައި ކުއްޔަށް އުޅުނު ދެމަފިރިން އޭނާ ގޮވައިގެން އެމީހުންގެ ރަށަށް ބަދަލުވިއެވެ. އެމީހުނީ އޭނާއަށް ބީރައްޓެހިންނަށް ވިއަސް މައިންބަފައިން ނެތް ހާލަތުގައި އޭނާގެ އެކަނިވެރި ހަޔާތައް މިންވަރުކޮށްދެއްވި ހެޔޮލަފާ ބައެކެވެ.
ދުވަސްތައް އަހަރުތަކާއި އެކުވެ ފާއިތުވަމުން ދިޔައެވެ. ޖިދޫގެ ބައްޕަ ޖަލުގައި ނިޔާވެފައި އޮތް ޚަބަރު އެނގުނުމެ އެހެނަސް އެއީ އެހެންމީހުންގެ ސަމާލުކަން ހުއްޓުނު ކަމެއް ނޫނެވެ. އަދާ ހަމައަށް މަންމައަށް ވީގޮތެއް ނުއެނގެއެވެ. އޭނާ ފުރާފުރިހަމަވެ ހަމަވިސްނުމާ ބުއްދި ސަލާމަތުން ހުރީމައި ހުރިހާ ކަމެއް ހަނދާނުގައި އެއްވެސް ހުރަހަކާއި އުނިކަމަކާއި ނުލައި ހަރުލާފައި ހުއްޓެވެ. ވަންހަނާވެފައިވާ ހަޤީޤަތް ހޯދައި އޭނާއަށް ނުހައްޤުން އަނިޔާވެރިވި މަކަރުވެރި އެ ޖާހިލުން ހޯދައި އެރުޅިވެރިކަމާއި ނަފްރަތުގައި ބަދަލުހިފަން އަޒުމްކަނޑައެޅިއެވެ.
ޖިދޫއަށް އެހީތެރިވެ އޯގާތެރިވި ދައްތައާ ބޭބެއަކީ އޭނާގެ ބޮޑުދައިތައާ ބޮޑުބޭބެ ކަމަށް ދެކިގެން އައެވެ. ރަށުގައި އުޅުމަށް ފަހުގައި އޭނާ މާލެއައީ އޭނާގެ ދުޝްމިނުންނަށް ބަދަލުހިފާށެވެ. ސިފައިންގެ ވަޒީފާ ލިބުމުން އޭނާ އަވަދިނެތި ހުރިހާ މަސައްކަތެއް ކޮށް އެކި ދުވަސްވަރުގައި ހިނގާފައިހުންނަ މިފަދަ އިންސާފެއް ނުލިބި ހުރި ކޭސްތައް ހޯދައިބަލައި ފާސްކުރުމުގައި އެކި ކަންތަކާ ސިއްރުވެރި ހުނަރުވެރި އުކުޅުތައް ދަސްކުރުމުގައި އަވަދިނެތި އުޅުނެވެ.
ރަފާނަށް އޭނާގެ ބުރަމަސައްކަތް ފާހަގަކުރެވި އިތުރަށް އޭނާގެ ރީތި ކަމުގެ އަވާގައި ޖެހި ކައިވެންޏަށް އެދުމުން އޭނާ އެކަމަށް އިންކާރު ނުކުރީ ހުރިހާ ކަމެއް ކުރުމަށް ފަސޭހަމަގުތައް ކޮށައިމަށައި ހޯދުމަށެވެ. އެކި ދުވަސްތައް ހޭދަވީ އެމީހުން ކޮފީއަށް އަރައި މިފަދަ ވާހަކަތައް އޮލަކޮށްގެން މަޖާވެފައި ދައްކައެވެ. އެހުރިހާ ކަމެއް ކަންފަތްދީގެން ކަނުލާ އަޑުއަހަން ސިއްރުން އޭނާ ހަނު އިނީ އެމީހުނަށް އެއީ ކާކުކަން ހިލަމައެއްވެސް އެނގުން ނުވާގޮތަށެވެ.
ފަހަރަކު މީހަކަށް ޓާގެޓްކޮށް އެންމެ ފަހުނަތީޖާގައި ރަފާނަށް އަމާޒުވާގޮތައް ހުރިހާ ރޭވުންތައް ކާމިޔާބުކޮށްލީ ރޭގަނޑެއް ދުވާލެއް އަންގާނުލައެވެ. އެރޭ މޫދުން ރާޅުތަކާ އެކީ ބީއްސަމުން ނަގައި ރަފާން އަތްދަނޑިމަތީގައި ބާއްވައިގެން އޮތް އަންހެން ކުއްޖާއަކީ އެއީ އޭނާ ކުރި ކުށުގެ އަދަބައް ބަދަލުހިފާނެ މޫދުން ނެގުނު “ވިހަ މުތެއް” ކަމެއް ރަފާން ހިތަށް އަރާނެހެއްޔެވެ؟ އޭނާ ހިތާ ދެކޮޅަށް ރަފާން ދެކެލޯބިވާ ކަމަށް އުޅުނީ ހުރިހާ ކަމެއް ކުރަން ފަސޭހަވާނެތީއެވެ. ރަފާނަށް ޖިދޫގެ އެއްވެސް ހަޤީޤަތެއް އެނގުނުބާ؟ ޖިދުމާ ޝާކިރަކީ ކާކުކަން ރަފާނަށް ދުވަހަކުވެސް އެނގޭނެބާ؟
ޖިދުމާ ފުންނޭވާއެއް ލައި އެހެރަ ކަޅު ލެދަރު ހެދުމުގައި ދިގު ސްކިން ކުލާގައި އެނގުންނުވާނެ ރަބަރު އަންގި ލައްވާފައި ހުރި މެނަކުއިން ބުދާ ދިމާއަށް ނަޒަރުހިންގާލިއެވެ. އޭނާ އެހުރިހާ ކަމެއް ކުރީ އެ އަންގިބޭނުން ކޮށްގެން ވީމައި އެއްވެސް ކަމެއްގައި އޭނާ އިނގިލިތަކުގެ ނިޝާން ހެކިފާޅެއް ނުވާނެތާއެވެ. ދަނބުކުލައިގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
ކަނޑުގައި އޮއިވަރާ އެކުގައި ބީއްސަމުން ދިޔަ ބިޔަރާޅުތަކުން ނެގުނު “ވިހަ މުތް” ޖިދުމާއަކީ ހުށިޔާރު ޖެހިންކުޑަ އަންހެނެއްކަން އޭނާގެ ހަޔާތް ބަރުބާދުކޮށްލި އެއްވެސް ފިރިހެނަކަށް އިޙްސާސްވިބާ؟ ހުރިހާ ބައެއްގެ ލޯތަކަށް ދެލި އަނދުނެއް އަޅުވައިފައި ޖިދުމާއަކީ މީހުންމަރާ މީހެއްކަން ރަފާނަށާއި އޭނާގެ މިތުރުންނަށް އެނގުނުހެއްޔެވެ.
މި މާލޭގައި އޭނާއަކީ ފުރަތަމަ އުފެދުނު ސީރިއަލް ކިލާއެއްފަދަ ވިހަ މުތެއްކަން އެނގޭނެ ޝައްކުވާނެ އެއްވެސް މީހަކު އެބަހުރިބާ؟ ގަދަ ދަނބުކުލައިގެ ވިހައެއް އުނގުޅާފައި ހުރިފަދަ އެ ނަލަ ތުންފަތައް ޒާތެއްގެ ހިނިތުންވުމެއް ވެރިވިއެވެ.
ހުންމް” ޗޮކެއްކަނޑާލައި އޭނާ ހަމަޖެހިގެން ޓީވީ އިން ރަފާން ހައްޔަރު ކުރިކަމުގެ ޚަބަރު ބަލަން އިނީ ކަތި ތޫނު ނަޒަރަކުން ބަލަހައްޓައިގެނެވެ. މިރޭ އޭނާ އެ ބޭނުންވި ހުރިހާކަމެއް ފުރިހަމައަށް ހާސިލުކުރީއެވެ. މިހެން އިނދެ އޭނާ ކޮންމެވެސް އެއްޗެއް ތުންތަޅުވާލައި ކިޔައެވެ.
ޖިދުމާ އެހެން އިނދެ ވައިގެ އަޑުން އެ ކިޔާ ލަވައަކީ” އައިލަވް ޔޫ މައި ބޭބީ ޑޯލް، ޕްރިޓީ ލިޓިލް ބޭބީ އަމް ސޯއިން ލަވް ވިތް ޔޫ” މިހެނެވެ.
=ނިމުނީ=
