ރަފާން:” އަހަރެން ވާހަކައެއް އަހާލަންތަ؟ އޭނާ ކޮފީ ސިޕެއް ބޯލައި ބުމަ ތަޅުވާޅިއެވެ.
ޖިދޫ:” ހޫމް.
ރަފާން:” އަހަރެން ހިތުގަ އޮތް ކަމެއްގެ ވާހަކަ އަހާލަން، އަހަރެން އިތުރު ވަގުތުތަކެއް ބޭކާރުކުރާކަށް ނެތިން. ޖިދޫ ސިންގަލް ކުއްޖެއްވިއްޔާ އަހަރެންނާ މެރީ ކުރަން ކެރިދާނެތަ؟
އެ އިވުނު ލަފްޒުގެ ބޮޑުކަމާއިގެން އޭނާ ކޮށިއަރައި ކެއްސަން ފެށިއެވެ.
ރަފާން:” އޯހް. ކަމުނުދާ ޓޮޕިކެއްތަ؟ ސޮރީ. ޖިދޫ ހިތްހަމަ ނުޖެހެންޔާ މީ ނުދައްކާވާހަކައެއް އެނގޭ. އޭނާ ލޯމަރާލައި ހިނިތުންވިއެވެ.
ޖިދޫ:” އަހަރެން ނުބުނަން ކަމުނުދާ ވާހަކައެކޭ. ކުއަލިއަކަށް މި އަޑުއިވުނު… އޭނާވެސް ލަދުގެންފިއެވެ. އަހަރެން ބޭނުމެއް ނުވޭ ރައްޓެހިވެގެން އުޅޭކަށް. އެއީ ވަގުތު ބޭކާރުވާކަމެއް ދޯ.
ރަފާން:” އަހަރެން ނުބުނަން ދޯ ރައްޓެހިވާކަށް. ލޯބޮޑުކޮށްލައި ބުމަތަޅުވާލިއެވެ. މި އެހީ އަހަރެންނާ ކައިވެނި ކުރަން… އޭނާ ހިނިތުންވިއެވެ.
ޖިދޫ:” ވިސްނާލާފަ ޖަވާބެއް ދޭނަން. ގެންލަދުން އޭނާ ކޯތާފަތް ރަތްވިއެވެ.
ރަފާން:” އެންމެ ރަނގަޅު. ޖަވާބު ލިބޭގޮތަކުން އެނގޭނީ ދެން އޮތް މަރުހަލާއަށް ފިޔަވަޅުއަޅަން އެހެންނު. އޭނާގެ ވާހަކަދެއްކުން ސާދާސީދާވެފައި އަޒުމް ވަރުގަދައެވެ. ފަހަރުގައި ޖިދޫއަށް ވުރެ އުމުރުން ދޮށީމީހެއް މީވައި މާފޮޅުވައި ލޯބީގެ ފޮނިވާހަކަތަކާއި ގަޔާވާ މީހަކަށް ރަފާން ނުވެދާނެއެވެ. އެއަށްވުރެ ހަރުދަނާ އުސޫލަކާ ގޮތެއްގައި ހުންނަ ދުރުވިސްނޭ މީހެކެވެ.
ޖިދޫ:” އަހަރެން މާލެ އައީ ވަޒީފާ އަދާކުރަން. އަހަރެން ބޮޑުދައިތައާ ބޭބެ ވަރަށް ހެޔޮވާނެ މަށަށް.
އޭނާއަކީ ނިކަމެތި ޢާއިލާއެއްގެ ކުއްޖެކެވެ. ރަފާނަކީ ތަނަވަސް ޢާއިލާއެއްގެ ދޮށީ ފިރިހެންދަރިފުޅެވެ. އަދި އޭނާއަކީ އަމިއްލަ ވިޔަފާރިތައްކޮށް ތަނަވަސް ފޯރާމީހެކެވެ. އޭނާއަށް ހިތްހަމަ ޖެހޭ އަންހެންކުއްޖަކާ ދިމާނުވާތީ އަދި ހުރީ ކައިވެންޏެއް ނުކޮށެވެ. ރަފާންގެ ފޯނުރިންގުވި އަޑަށް ދެމީހުންނަށް ވެސް ސިހުނެވެ.
ރަފާން:” ހުޅުމާލެ ފޭސްއެކެއްގަ ދެކާރުޖެހި އެކްސިޑެންޓް ވި ޚަބަރު. އެހެންވީމަ އަހަރެން އެކޮޅަށް މިދަނީ. ޖިދޫ މިރޭ އެދިމާއަށް ދާން ނަހަދާ ނިދާލެވޭތޯ ބަލާ. އަހަރެން ޓީމެއް ގޮވައިގެން މި ދަނީ ހުޅުމާލެއަށް އިންވެސްޓިގޭޝަން ކުރިއަށް ގެންދަން. ތެދެކެވެ. ޖިދޫ ރެސްޓްކޮށްލަން ބޭނުންވެއެވެ. ހަމަ ޔަޤީނުން މިރޭ ރަފާނަށް ލޮލުފިޔާ ޖަހާލާކަށް ވަގުތެއް ނުވާނެކަމާ ޝައްކެތްނެތެވެ.
ވާރޭވެހޭތީ ސުނީލް އިނީ ގެއަށް ނުދެވިފައެވެ. މިރޭ ވެހެން ފެށި ވާރޭ ބޯކޮށްލިއެވެ. ކެފޭގައި ދެތިން ޖޯޑެއް މާފޮޅުވާލަން އެތިބީ އޭނާހެން ގެއަށް މިސްރާބުނުޖެހިފަކަން ޔަޤީނެވެ.
ދުރުން ފެންނަން އިން ގޮނޑިއެއްގައި ޒުވާން އަންހެނަކު އިނީ ސިނގިރޭޓެއް ބޯށެވެ. ފަހަތުން ފެންނަނީ ކަޅު އޮފްއަރާ ޒާތުހެދުމެއް އަޅައިގެން އިން އަންހެނާއަކީ އެއީ ކާކުބާ؟ އޭނާއަށް ކޮންމެވެސް ތާކުން ދުށްމީހެއްހެން ހީވިއެވެ. އެއަންހެނެއް ގާތަށް ޖެހިލަައި ކާކުތޯ އޮޅުން ފިލުވަންވީއެވެ. ނޫން ކަމަށް ހަދައި ސުނީލް އޭނާ އިން މޭޒާގާތްވެލާފައި އެއްލި ކަޅިން ނަޒަރުހިންގާލިއެވެ. ވާވް. ގޮތިކް މޭކަޕެއްކޮށްލާފަ މިއިނީ ޓަފް ބިޓެކެވެ.
އާފުރޭކަމަށް ހަދައި އަނގަމަތީ އަތް އަޅައި އެއަންހެނާ ދިމާއަށް އެނބުރިލައި” ވަރަށް ކޫލް ރެއެއްދޯ؟ ދެމިޔައިން ހިނިތުންވެފައި އޭނާ ތުނބުގައި އިން ސިނގިރޭޓު އަޅިކެނޑިއަށް ލައިނިވާލިއެވެ. ޔެސް ކޫލް ނައިޓް. ދުންގަނޑު ބުރުވާލިއެވެ.
ސުނީލް:”އޯހް ހައު ފޫލިޝްއޮފްމީ. ބައިދަވޭ އައިއޭމް ސުނީލް. އޭނާ ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ. ގަދަ ދަނބުކުލައި ލިޕްސްޓިކް ޖައްސާފައި ކަންފަތާހަމައަށް އިސްތަށިގަނޑު ކޮށާލާފައި އިން އޭނާ ހިނިތުންވެފައި އަތުން އިޝާރާތްކޮށްލިއެވެ. އޭނާ ކުރިމައްޗަށް އިން ގޮނޑީގައި އިށީނުމަށް ބުނެ ބުމަ ތަޅުވާލިއެވެ. ހެވިފައި އޭނާ އިށީނެވެ.
އޭނާ:” ޕާރލް. ހިނިތުންވެފައި ސުނީލާ ދިމާއަށް ކަތިނަޒަރުން ނަޒަރުހިންގާލިއެވެ.
ސުނީލް:” ސޮރީ، އަދި ނޭނގުނު. މައި ނޭމް އިޒް ޕާރލް. އިސްތަށިގަނޑާ ކުޅެލަމުން އިތުރަށް ބުންޏެވެ.
ސުނީލް:” އޯހް. ނައިސް ނޭމް، ފައްކާ މަންޖެއެކެވެ. މިހާ ގަޓްވެލާފައި އަންހެންކުދީން ވެސް މާލެގައި އުޅޭހެއްޔެވެ. އޭނާ ކުރިމަތީ އިން އެގަޔަށް ބާރު ހެދުމުގައި ބަނިޔާދަން ހަށިގަނޑެއްވެރި އަންހެންކުއްޖާއަކީ މީގެ ކުރިން ކޮންމެވެސް ތާކުން އޭނާ ދުށް މޫނެއްހެން ފާހަގަވިއަސް އެހައި ބޮޑަށް އެކަން އޭނާއަށް ސާފެއްނުވިއެވެ.
ޕާރލް:” ވެއިޓަރ. ބުމަތަޅުވާލިއެވެ. ބޮންދު ހެވިފައި ޔެސް މިސް” ޕާރލް:” ގެޓްމީ ވަން ރެޑްބުލް ނަޒަރުހިންގާލީ ސުނީލަށެވެ. އެނީތިންގް ؟ އޭނާ ގޮތަކަށް ލަދުވެސްގެންފިއެވެ.
ސުނީލް:” މްމްމް، ވަން ޖިންޖަރ ބިޔަރ، ތޭންކްސް. ބޮންދު ހެވިފައި ހިގައްޖެއެވެ. ސުނީލް ކުރިމަތީގައި އިން މި އަންހެނާއަކީ ހިތްދަމާގެންނަ ފަދަ ރީތިއަންހެނެކެވެ. ލައިގެން ހުރި ގަޔަށް ބާރު ކަޅުލެދަރު އައުޓްފިޓް ސަޅިކަމާއެވެ.
މިހެން ހީނ ސާމާސާކޮށް އޮލަ ވާހަކައެއްގައި އޭނާ އިނދެފައި ނިއްވާލާފައި އޮތް ސިނގިރޭޓު ބަޑް އަޅިކެނޑިން ނަގައި ރޯކޮށްލިއެވެ.
ޕާރލް: ޔޫ ވޯންޓް ވަން؟ މިދަނޑިވަޅުގައި އެއަންހެން ކުއްޖާ އެދޭކަމެއް ނުކޮށް އޭނާ ހާސިލުކުރަން ފަސޭހައެއް ނޫވާނެއެވެ. އޭނާ ގެންގުޅުނު ކުޑަ ފޮށި ސުނީލާދިމާއަށް ދިއްކޮށްލައި ލޮލުން އިޝާރާތް ކޮށްލީ އެއިން ސިނގެރޭޓެއް ނެގުމަށެވެ. އޭނާ ބެންޒަން ސިނގިރޭޓު ރޯކޮށް ތުނބުގައި ޖައްސާލުމާއެކީ އެއޮށްވީ އަވާރާވުން ގަނޑެއްތާއެވެ.
ފުރަތަމަ ދުންބުރުވާލުމުން ވެސް އޭނާގެ ފައި ބިމުން އުފުލިގެން ދިޔަކަހަލައެވެ. އޭނާ ހަމަޖެހިލައި މި އަންހެނަކާ އޮލަ ވާހަކައެއްގައި ތިއްބައި ވެހެމުން ދިޔަވާރޭ ބޯކޮށްލިއެވެ.
ވާރޭ ވެހެނީ ވަރަށް ބޯކޮށްއަދި ވައިގަދަވެ ގަސްތައް ހެލިގެން މިތަނުގައި ހުރި ހުސް މޭޒުތައް ގުޑައިގެންފިއެވެ. ބޮންދުން އައިސް އެތަނެއް ރަމަތަ ކުރުމުގައްޔާއި ބޭރުން އެތެއަށް ނިވާކުރަން އެލުވާފައި އޮތް ސަޓަރުގަނޑު ވައްޓާލައި މަސައްކަތް ބުރަކޮށްލައިގެން އުޅުނެވެ. އެއްޗެއް ގޮވައިގެން ދިޔަ އަޑަށް ކުއްލިސިހުންވިއެވެ. އެތަނުގައި ހުރި ލައިޓަކަށް ކޮންމެވެސް ގޮތަކުން ފެންލީކުވެ ކަރަންޓު ކެނޑުނެވެ.
ސުނީލް:” އަސްތާ، ކަރަންޓު ކެނޑުނީތަ؟ ޕިސްޕިސް، އޭނާ އިން ގޮނޑިން ތެދުވެ ޕާރލްއާ ޖެހިގެން ބަހައްޓައި ވަރަށް ގާތުގައި އިށީނެވެ. މިތާނގައި ތިބި ބަޔަކު ފެންނަން ތިބީ ކަޅު ހިޔަނިތަކެއްހެން އެކަކު އަނެކާގެ އެކެއްގެ މޫނު ސާފުކޮށް އެނގޭ ވަރެއް ނުވެއެވެ.
ނޫންކަމަށް ހަދައި ސުނީލް ސިނގިރޭޓު އަޅިކެނޑިއަށް ލައިނިވާލައި ސިއްރުވެރިގޮތަކަށް އޭނާ ދަށުން އެއަންހެނާ ފައިގެ ފަލަމަސްގަނޑުގައި އަތްބީއްސާލިއެވެ. ކޮންމެވެސް ގޮތަކުން ދެމީހުންގެ އެ ބޭނުންވާ ކަންތައް ފުރިހަމަވަނީއެވެ.
ސުނީލް ކަންފަތްދޮށުގައި ސިއްރުން އެއްޗެއް ބުނެލައި އޭނާ އަތުގައި ހިފައި ޕާރލް އެކީ ދިޔައީ އެތެރެއަށެވެ. ކަނުއަނދިރީގައި އެއްވެސް ބަޔަކަށް ވެގެން އުޅޭ ގޮތެއް ސާފުނުވެގެން ފޯނުތައް ދިއްލައިގެން އުޅުނެވެ. ސްޓެލްކޯއިން ބަޔަކު އައިސް ބޭރުގައި ހުރި މެއިން ކަރަންޓުފޮށި ޗެއްކޮށްގެން ނޫނީ ވެގެން އުޅޭ ގޮތެއް އޮޅުންފިލާގޮތް ނުވާނެތާއެވެ. ހަމައެކަނި ސްޓާފުންނަށް ވަންނަން ހުރި ދޮރުން އެތެރެއަށް އެދެމީހުން ވަގަށް ވަނެވެ. ނުހުއްޓި ވާރޭ ވެހެނީ ވަރަށް ބޯކޮށެވެ. ފެންގަނޑުބޮޑުވެ ބަންޑުންވެގެން ކެފޭ އެތެރެ ތައްޤަޔަރުވާން ފެށުމުން
މި ވަގުތު ޑިޔުޓީގައި ތިބިބައެއް ފެންހިއްކުމަށް މަސައްކަތްކުރަން އުޅުނީ ވަރަށް ދަތިހާލުގައެވެ. މިވަގުތައް ދޮރުތައް ބަނދުކޮށްފައި ބޭރަށް ނިކުމެތިބި ސްޓާފުން ދާން ހިނގައިގަތީ އޭގެ ދެގަޑިއިރު ފަހުނެވެ.
އަނދިރިވެފައި އެވަރަށް ވާރޭ ވެހޭތީ ޖެހިގެން އޮތް ދުވަހު މެއިން ކަރަންޓް ބޯރޑް ޗެއްކުރަން ފަސްކުރަން ޖެހުނެވެ. ތެދެކެވެ. ކަކޫތާފެނަށް ގަނބައިގެން ނޫނީ ހިނގާބިނގާނޫޅެވޭ ވަރަށް ފެންގަނޑު ބޮޑުވިއެވެ.
ހުޅުމާލެ ފޭސް1ގައި ރޭދަންވަރު ހިންގި އެކްސިޑެންޓް ކަންތައްގަނޑު ހަމައަކަށް ނޭޅެއެވެ. އަނިޔާވި ބަޔަކަށް ފަރުވާދިނުން ހަސްފަތާލުގައި ކުރިއަށް ގެންދިޔައެވެ. ރޭ ހަތަރުދަމު ބިޒީކޮށް އުޅެފައި ރަފާނަށް ގެއަށް އައިސް ނިދުނީ ލަހުންވީމައި އޭނާ ފޯނަށް މިސްކޯލުތަކާއި މެސެޖުތައް ފުލުފުލުން ހުރިކަން ނުދެނަހުއްޓެވެ. މެންދުރު ދެގަޑިބައިވީ ފަހުން އޭނާއަށް ހޭލެވުމުން ފުރަތަމަވެސް ފޯނަށް ބަލައިލީ ޖިދޫގެ މެސެޖުތަކަށެވެ.
އަހާނ. ޖިދޫގެ މެސެޖުން ފެނުނީ އަނެއްކާ އެހެން މީހެއްގެ މަރުގެ ޚަބަރެވެ. އަނެއްކާ ކާކު މަރުވީބާ؟ މީޑިއާގައި ދައުރުވަމުން އެދާ ތަސްވީރުގައި އެހުރި މީހާ އޭނާއަށް އޮޅުވާލެވޭނީ ކިހިނެއް؟
އެއީ އޭނާއާއި އެކުގައި ކޮފީއަށް އަރައި މަޖާވާހަކަތައް ދައްކާ ހީނ ސަމާސާކުރަން އިންނަ އޭނާގެ މިތުރު ސުނީލެވެ. ތެޅިގެން ޔުނީފޯމުވެސް ނުލައި ކުލަހެދުމުގައި އޭނާ އެދިމާއަކަށް ދިޔައެވެ. ފެންބޮޑުވެގެން ފެންނުހިނދި އަދިވެސް ކަރަންޓުކެނޑިފައި ހުރި އެކޭފައި ރޭގައި ކަންތައްގަނޑެއް ހިނގިކަމެއް ދެނަހުރި ނޫނީ ޝައްކުވާ އެއްވެސް މީހަކު ނެތެވެ.
ރޭ އެވަރަށް ވާރޭ ވެހެނިކޮށް އެތަނުގައި ތިބި ބަޔަކު ގެއަށް ނުދެވިފައި ގިނައިރުތިބިމެ އެހެނަސް އެތަނުގައި ޖަރީމާއެއް ހިނގިކަން އެއްވެސް ބަޔަކު ނުދެނަ ހުއްޓެވެ.
=ނުނިމޭ=
