ރަފާން ބޮލަށް ތުރާތަކެއް އުނދަގު ނަފްސަށް ވެއެވެ. ގްރޫޕް ހަދާފައި އުޅުނު މިތުރުންތައް ފަހަރަކު މީހަކު މަދުވަމުން ކުރިން އެކަކު އަނެކާއާއި އޮތް ރަހްމަތްތެރި ގުޅުން ހީނަރުވެ އެބައެއްގެ ތެރޭގައި ވެފައި ހުރި ސިއްރުގަނޑު އަޑިނުކޮނެ މާޒީ ހަނދާން ނައްތާލާފައި އެމީހެއްގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައެވެ. ހުސެންގެ މަރަށް ފަހު ބާކީ ތިބި ބައެއް މިތިބެނީކަންބޮޑު ވުމެއްގައި އެހެނަސް އެކަން ހާމަކުރާކަށް ބޭނުންނުވޭއެވެ.
ނުނިދިފައި އޮތް ނައުފަލަށް ބިރުވެރި ހުވަފެންތަކެއް ފެންނަނީއެވެ. ކޮންމެވެސް ކަމެއް ގޯހުންވާތީވެ އޭނާއަށް ހިތުޝައްކު ކުރެވެނީ މިއީ ރަފާން ކުރާކަމެއް ގޮތުގައެވެ. ކުއްލިހާލަތްތަކަށް ވާނުވާ ނޭނގޭ ގޮތްތަކަށް ގްރޫޕުހަދާފައި އުނުޅު ރައްޓެހިން ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހި ފަހަރަކު މީހަކު މަރުވަމުން ދާތީއެއީ ކޮންމެވެސް މީހަކު ގަސްތުގައި ކުރާކަމެއްކަން ޝައްކުބަލިން އޭނާ ހިތްފުރުނެވެ.
މޫނުފޮތުން އައިސް އިން މެސެޖެކެވެ. އޭނާ ޗެޓްލޮގް އެތައް ބައިވަރު އަންހެންކުދިންގެ މެސެޖުތަކުން ފުރިފައިވާއިރު އެތަނުން ކޮންބިޓެއް ކަމެއް އެނގޭނީ ކިހިނެއް؟ ނަމުގައި ޕާޕަލް ގާރލް އިން އައިޑީގައި އަންހެނަކު ނިވާކަމެއްނެތި ފަހަތަށް އެނބުރިފައި ހުރި ތަސްވީރެކެވެ. ވަރަށް ފައްކާ މަންޖެއެއް ހެން ހީވެއެވެ. އާންމުގޮތެއްގައި އޭނާއަށް އެކި ކަހަލަ ލޯބީގެ މެސެޖުތައް ކޮށްފައި ހުންނަނީ ދަންވަރުއެވެ.
ނައުފަލާ ޗެޓްކުރާ ކޮންމެ އަންހެން ކުއްޖަކަށް ގަޑިކިޔާގެން ބައްދަލު ނުކުރާ އަންހެން ކުއްޖަކު މަދުވާނެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާގެ އެދުން އެންމެ ބޭނުންވާ ގޮތައް ބޭނުން ނުހިފާ އެއްކުއްޖަކުވެސް ސާލާމަތުން ދޫނުކުރެއެވެ. އެއީ ނައުފަލަށް އައު ކަމަކަށް ނުވާނެތާއެވެ. އޭނާއަކީ ބިޓުން ކާމިޔާބު މީހަކަށް ވީމައި އޭނާ ނަނު އެއްލާ ކޮންމެ ދޮށްޓެއްގައި މަހެއް ގަންނާނެކަމާއި މެދުގައި ޝައްކެތް ނެތެވެ.
އެހެނަސް މި ޕާޕަލް ގާރލް ސެޓްކޮށްލެވުނީ ވަރަށް ވާހަކަ ދައްކައިގެނެވެ. އެއްރެއަކު ބޮޑު ވާހަކައިގައި ޗެޓްކުރަން އޮވެފައި ބައްދަލުވާން އޭނާ އެއްބަސްވިއެވެ. އަންނަން ބުނީ ހުޅުމާލެއަށް ވީމައި އޭނާ ވަަރަށް ތައްޔާރީތައްވެގެން ކުޑަ ނައިސްވާ އެތިކޮޅެއް ބޭނުން ކޮށްލައިގެން ދިޔައީ އެބުނާ އަންހެނަކާ ބައްދަލުކުރާށެވެ.
އެދެމީހުން ބައްދަލުކުރަން ވައިން އަލަށް ހަދާފައި ހުރި އެ އެޕާރޓްމަންޓަކީ މީގެ ކުރިން ނައުފަލް ދިޔަތަނެއް ނޫނެވެ. ފެންވަރު ރަނގަޅަށް އެހާމެމޮޅަށް ވަރަށް ނަލަކޮށް ހަދާފައި ހުރިތަނެކެވެ. އަދި ބައެއް ސާމާނުތައް އެތަނުގައި ރަމަތަ ނުކޮށްހުއްޓެވެ. މިއީ އޭނާ ބުނާ ގޮތުން ޕާރލް އެކަނި ދިރިއުޅޭތަނެކެވެ. ނައުފަލް ހިތަށް ވެރިވީ އޭނާ އަންހެންކުދިންނާ ބައްދަލުކުރަން ގޮސް ކަންތައް ކުރާ އުކުޅުތަކެވެ.
މި އެޕާރޓްމަންޓަކީ އެހާގިނަ ބަޔަކު ވަދެހަދާތަނަކަށް ނުވީމައި އޭނާ ބޭނުން ވާކަންތައް ފުރިހަމަ ކޮށްލަން އުނދަގުނުވާނެތާއެވެ. ހިނިތުންވެފައި ޕާރލް އެއައީ ފިނިކުރި ކޯކު ދަޅުހިފައިގެނެވެ. ދަޅުކަނޑައި ތަށްޓައް އަޅައި އޭނާއަށް ދިއްކޮށްލިއެވެ. ގޮތިކް މޭކަޕު ކޮށްފައި ކިތައްމެ ގައްޑާވެފައި ޒާތައް ހުއްޓަސް އޭނާ ހީކުރުރިގޮތައް ވުރެ އަވަހަށް މިއަންހެންނަކު އޭނާއާ ލެނބެންފެށީތާއެވެ. އެ
އީ އޭނާގެ މޮޅުކަމާ ކާމިޔާބުކަމުގެ ސިއްރެވެ. ވަރަށް ހެވިފައި ނައުފަލު އޭނާގެ ފޮނިކެނޑުމާއި މޮޅުވާހަކަ ދައްކަން އިނީ ކޯކު ތަށިން ސިޕުފޮދު ބޯލަބޯލައެވެ. މިރޭ އޭނާ ބޭނުންވީ މި އަންހެނަކާ އެކީ ބޭރަށް ނިކުމެ ދެމީހުން އެކީ ވަގުތުހޭދަކޮށްލާށެވެ.
އޭނާ ބައްދަލު ކުރާ އެހެން އަންހެންކުދިންތަކަށް ވުރެ މި އަންހެނަކު އޭނާއަށް ކަމުދާގޮތްވީ އޭނާގެ އެހުންނަ ޖެހިލުންކުޑަ ސްއިލްފެނިފައެވެ. އެއީ ނައުފަލަށް ކަމުދާ ކަހަލަ އަންހެންދިން ސިފަތައް ހުންނަން ޖެހޭގޮތެވެ. ބޮއެ ހުސްވި ކޯކުތަށްޓައް އަދި އެތިފޮދެއް އަޅާލައި އޭނާ ބަލަން އިންދައި ކުޑަޕެކެޓެއްގައި ހުރި ޕައުޑަރެއް ކޯކާއި އެއްކޮށްލިއެވެ. ކުރިއަށް ވުރެބޮޑަށް މީނާ އެއަންހެނަކާ ގަޔާވިއެވެ. މިއީ އޭނާ ބޭނުންވާ ގޮތްތަކެވެ.
ޕާޓީ ނުކުރާ އަންހެން ކުދިންނަކީ ފިނޑި ނުކުރޭ ކުދިންނެވެ. ތަށީގައި ތުންޖެހިގޮތައް އެއްނޭވާއިން އޭނާ އެބޮއެހުސްކޮށްލައި ތަށި ކުޑަމޭޒުގައި ބަހައްޓައި އުޅުނީ އަންހެނާއާ ގައިގޯޅިވާށެވެ.
ޕާރލް:” އަދި މާއަވަސް. ފަހުން. ހިނިތުންވެފައި ނައުފަލް މޫނު އޭނާއާ ދުރަށް ޖައްސާލިއެވެ. ހިނގާލަން ދަމާ؟ ހިނިތުންވިއެވެ. ފަރި ނަލަ ތުންފަތުގައި ދަނބުކުލައިން ވިހައެއް އުނގުޅާފައި ހުރިކަހަލައެވެ. އެހެނަސް އެހެރަ ހިތްދަމައިގެންނަ ނަލަ ޗާލުކަމެއްތާއެވެ. ކުޑަގޮތަކަށް އޭނާއަށް ފެންނަތަންތަން ނުސާފުވާން ފެށިއެވެ. މޫނު ތަޅުވާލައި ފުންނޭވާއެއް ލައި އޭނާ ބޭނުންވީ މި އަންހެނާ ބޭނުންވާ ހައިހުރިހާ ކަމެއް ފުރިހަމަ ކޮށްދޭށެވެ. ކުޑަކޮށް ބޮލަށް އެނބުރުންވިއެވެ. އެހެނަސް ޕާރޕަލް ގާރލާއެކީ ހިނގާލަން ނިކުތީ ސާފުވައިޖެހޭތީ ހިތްފަސޭހަކޮށްލާށެވެ.
ރޭގަނޑު ހުޅުމާލެގައި އިމާރާތްތައް ދިއްލާފައި ހުންންއިރު ނަލަކަމުން ކުޑަވަރެއްގެ ނިއުޔޯރކް ސިޓީއެއް ފެންނަފަދައެވެ. ވަރަށް ރޮމާންޓިކުކޮށް ނައުފަލް މި އަންހެނަކާ އަތާއަތް ގުޅާލައިގެން ދިޔަމަންޒަރު ދުރުން ސައިކުގައި ފޯނެއްގައި ހުރި އާދިލަށް ފެނުނެވެ.
އެ ދަނީ ނާއުފަލްވިއަސް އޭނާއާ އެކު ދެން ހުރީ ކޮން ބިޓެއްހެއްޔެވެ؟ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ކަޅުއޮފްރާ ޒާތުގެ ގަޔަށް ބާރު ހެދުމުގައި އެހުރި އަންހެން ކުއްޖާ އޭނާއަށް ޑީޖޭ ތެރެއިން ވަލީދާއެކީ ގައިގޯޅިވެގެން ދުންގަނޑުތެރެއިން ދިޔަހެން ހީކުރެވުނެވެ. އެއީ އެއަންހެން ކުއްޖާހެއްޔެވެ؟ އަނިޔާވެރި ގޮތަކަށް ވައިނޮޅިއަށް ހަމަލާދީފައިވާ ވަލީދުގެ ޤާތިލު އަތުލާނުގަނެވުނަސް އޭނާއެކީ އެރޭ އުޅުނު އަންހެނަކީ އެހެރަ ފަރިހިނގުމުން ދާއަންހެންކުއްޖާބާ؟ އޭނާއަށް ޝައްކުތަކެއް ވާން ފެށިއެވެ.
ކޮންމެވެސް ގޮތްނޭނގޭ ކަމެއްވެއްޖެކަން ގައިމެވެ.
ހަމަގައިމު އެރެއަށް ފަހު ސިފައިން ގެއަށް ކުށްވެރިން ގޮތުގައި ގެންދިޔަ އަންހެން ކުދީން ތެރޭގައި އެފެންނަ ކަޅުލެދަރު އޮފްހެދުމުގައި ހުރި”ކިޓީ ކެޓް” ނެތްކަން ޔަޤީނެވެ. ނައުފަލް ފަހަތުން ޖާސޫސްކުރަން ދާން އޭނާ ހިތަށް އެރިއެވެ.
އެހެނަސް އޭނާ ފޯނުމެނދުކަނޑާލާފައި ހޯދާބެލުމުން އެމީހުން ފެންނާކަށް ނެތެވެ. ހިތް ޝައްކުގައި ހުރެ އާދިލު ސައިކުން ބުރުޖަހާލައި ދިޔަސް ނައުފަލާ އެ ގޮތް ނޭނގޭ ޕާރލް ގޮވައިގެން ގަސްތަކު ވެރިވެފައިވާ އަނދިރިގަނޑަށް ވައިން ކަމެއް އާދިލަށް އެނގޭނީ ކިހިނެއް؟ ވަށައިގެން އަލަށް ބިނާ ކުރާ ޢިމާރާތްތައް ނުނިމި ހުރި ސަރައްދުގައި އެހައި ގިނަމީހުން ނޫޅުނަސް އެހިސާބުގަނޑުގައި ގަސްތައް ހައްދާފައި ހުރީ ނުހަނު ނަލަކޮށެވެ. އަނދިރި ހަނިމަގުތަކުން މި ދެމީހުން ދިޔައީ އެހެން ބަޔަކަށް އެމީހުން ޖަހަން އުޅޭ ސަކަރާތެއް އަންގަން ބޭނުން ނުވާތީއެވެ.
އޭނާ މި އަންހެނަކު ގޮވައިގެން އަތާއަތް ގުޅާލައިގެން ގަސްތައް ހެދިފައި ހުރި އަނދިރި ގަނޑުތެރެއިން ލާފައި ވަލަށް ދިޔައެވެ. ވަރަށް ދުރަށް ދެވިއްޖެއެވެ. ދެވޭ ނުދެވޭތަނެއް ނޭނގުނެވެ. އޭނާ ވަށައިގެން އިވޭ އަޑުތައް ނުސާފުވިއަސް ރާޅު ބީއްސާއަޑުއިވެއެވެ. ފަޔަށް ފިނިވަމުން މިދެވެނީ ކޮން ދުނިޔެއަކަށްބާ؟
އޭނާ ބޮލަށް ވެފައި ހުރި “ނައިސްކަމުން” ކުޑަކޮށް ވާނުވާ ނޭނގޭކަހަލަ ގޮތްތައް ވާންފެށިއެވެ. ނައުފަލް ފަހަތް ބަލާލިއެވެ. ނައުފަލަށް ފެންނަނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އެއްވެސް ހިނިތުންވުމެއް ނެތި ޕާރލް ބަލަހައްޓައިގެން ހުއްޓާއެވެ. ރާލުޖަހާއަޑު ގަދަވެ އޭނާ ހަށިގަނޑަށް ގަދަ ފިނިކަން ވެރިވެ އެ ބީއްސާލީ ބިޔަރާޅެކެވެ.
ޖެހިގެން އައިދުވަހު ހަވީރުވަތެއްގައި މޫދަށް އެރިއުޅުނު ބަޔަކަށް ގޮނޑުދޮށުގައި ލައްގާފައި މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓުކުރިއެވެ. އެއީ ފިރިހެނެކެވެ. އޭނާވަނީ ގެނބިގެން މަރުވެފައިވާ ކަމަށް ލަފާކުރެވުނަސް އޭނާ ހަށިގަނޑު ޗެއްކުރުމުން ވަރަށް ވިހަ ބާވަތެއް އެކުލެވޭ މަސްތުވާ އެއްޗެއް އޭނާ ބޭނުންކޮށްފައިވާ ކަން ރިޕޯޓުތަކުން ދެއްކިއެވެ. ނައުފަލުގެ މަރާގުޅިގެން ރަފާނަށް ޝައްކުވާންފެށިއެވެ.
އެކަމަކު ޝައްކު ކުރެވޭ އެވެނި މީހާއާއޭ ބުނާނީ ކާކުއަށް ހެއްޔެވެ؟ ” ނައިސްވާން ” އެބޭނުން ކުރާ އެއްޗެއް އޯވަރ ޑޯޒްވާރަށް ބޭނުން ކުރަނީ އެއީ އަމިއްލަ އިޚްތިޔާރުގައި ކުރާކަމެއްނޫންހެއްޔެވެ؟ މޫޑު ޚަރާބުވެފައިވެސް އޭނާއަށް ދެން އިތުރަށް ހަމަޖެހުމެއް ލިބޭނީ ޖިދޫއާ ކައިވެނި ކުރެވުނީމައެވެ. ފޯނު ރިންގުވާ އަޑަށް ސިހުނެވެ. ގުޅަނީ އާދިލެވެ.
ރަފާން:” އާނ. ކީކޭ؟ ފޯނުއަޑު އަހަން އިން ރަފާން މޫނު ރަތްވެ ދެބުމަތަޅުވާލެވުނެވެ. ކާކޭ؟ ކޮން އަންހެނެކޭ؟
އާދިލް:” އަހަރެން މިބުނީނުން. އަހަރެން ދުށީމޭ ނައުފަލް އެއަންހެންކުއްޖަކާ އެކީ ދިޔަތަން؟
ރަފާން:” ޔަޤީންތަ އެރޭ ޑީޖޭތެރެއިން ފެނުނީ ތިބުނާ އަންހެންކުއްޖާކަން؟ އާދިލް:” އެއީ އެއަންހެން ކުއްޖާ އެކަމަކު އޭނާ މޫނު ސާފުކޮށް އެނގޭވަރެއް ނުވޭ. ނިކަން އެރޭ ހައްޔަރަށް ގެންދިޔަ ކުދިން ނަން ލިސްޓު ބަލާ ޗެއްކޮށްބަލަ.
=ނުނިމޭ=
