ޖެހިގެން އައިދުވަހު އޭނާ ސްވިމިންގް ޕޫލް ކައިރީ އިންދައި މިފެންނަނީ ރޭގައި ފެނުނު ޕާރލް ފޮޓޯ ނަގަމުން އޭނާ އިން ދިމާއަށް ހެވިފައި އަންނަތަނެވެ. ހުމައިދަށް ހިންދިރުވާލެވުނެވެ. ހާދަ ނަލަ މަންޖެއެކެވެ.
ދެމީހުން ކާންތިބެފައި ވާހަކަ ދައްކާލާ ހަދައި ހަވީރު އޭނާ ރޫމަށް އައުމަށް ބުނުމުން ޕާރލް އެކަމާ ދެބަހެއް ނުވެއެވެ. އިރުއޮއްސެން ގާތްވެފައި ހުއްޓައި ހުމައިދު ހުރި ވޯޓަރ ބަންގޮލޯ ފާޚާނާއާ ދިމާ ބޭރަށް ފެންނަން ހުރި ކުޑަދޮރުން އެ އަންހެނަކު ނިކުމެގެން އެހެން މީހަކަށް އެނގުން ނުވާނެހެން ދިޔައީ ގަސްތައް ހައްދާފައި ހުރި ސަރަހައްދަށެވެ.
ރޭގަނޑު އަށެއްގެ ފެރީން އޭނާ މާލެދާން ފާލަންދޮށުގައި ހުއްޓެވެ. ޖެހިގެން އައިދުވަހު ވިއްސާރަ ނަގައި ބަނަކޮށް ކަޅު ވިލާގަނޑުން އުދަރެސް އަނދިރިވިއެވެ. ރަފާން ފޯނަށް ރިންގްވާން ފެށުމުން އޭނާއަށް ހޭލެވުނީ ސިހިގެނެވެ. ވަރަށް ނިދިގަދަ ވިއަސް ގުޅަނީ ޖިދޫއެވެ. ރަފާން:” މޯރނިންގް ޖިދޫ ޔެސް” ކަންފަތަށް މި އިވުނު ޚަބަރަކާއިގެން ކުއްލިއަކަށް ތެޅިގެންފައި އޭނާ ކަންފަތުގައި ފޯނު ޖައްސައި ޔުނިފޯރމު ލައި ތައްޔާރުވާން ފެށިއެވެ. ވާރެއާ ތެމިފޯވެގެން އޭނާއަށް އޮފީހަށް ވައިން އިރު އެންމެން ތިބީ އެލާރޓްގައެވެ.
ޖިދޫ:” ސާރ، އޭނާ ފަހަތް ބަލާލިއެވެ.
ރަފާން:” އާނ ކޮންއިރަކު ހިނގި ހާދިސާއެކޭ؟
ޖިދޫ:” ރިސޯޓު އޯނަރ ފޯނުކޯލެއް އެއީ. އެއްވެސް ނިޝާނެއް ފެންނަން ނެތަސް ހުމެއިދުގެ ފުރާނަ ނެތް ހަށިގަނޑު ފާޚާނާ ބިލިގާގަ އޮއްވާ ފެނުނީ. ބޮޑަށް ލަފާ ކުރެވެނީ ޓަބުތެރެއަށް އެރިއޮވެ ފޯނު ޗާޖަރަށް ޖަހައިގެން އުޅެނިކޮށް ފޯނު ފެނަށް ވެއްޓި ހިނގި އެކްސިޑެންޓެއް ހެން. އެއްވެސް އެހެން އަނިޔާއެއް ނިޝާނެއް ފެންނާކަށް ނެތް އެކަމަކު ކަރަންޓު ޖެހިގެން ފެނުގަ ގިނައިރުވެގެން… ހަށިގަނޑު އަނދާފަ ހުރީ.
އޭނާ މަޢުލޫމާތުދިނެވެ.
ރަފާން: މެޑިކަލް ރިޕޯޓުގަ ކީކޭ އޮތީ؟ ވަަރަށް ކަންބޮޑުވިއެވެ.
ޖިދޫ:” ހޮސްޕިޓަލުން ޓެސްޓުކުރި ނަތިޖާގަ ހުމައިދު ލޭގަ ވަރަށް ގިނަ އަދަދަކަށް އަލްކޮހޮލް ޕަސަންޓު ހުރިކަމަށް ލަފާ ކުރެވެނީ. އޭނާއަށް މިހެން ބުނެވުނީ އުނދަގުލުންނެވެ.
މި ވަގުތު އެތަނަށް ހާޒިރުވި ބަޔަކަށް ވަނީ ކުއްލި ޝޮކެއްގައި ކަންބޮޑުވުމެއްގައެވެ. މިވަނީ ކިހިނެއްބާ؟
ގޮތްނޭނގޭ ހާދިސާގައި އޭނާގެ ދެވަނަ ރައްޓެއްސަކު ނިޔާވި ޚަބަރު މިއީ އަނެއްކާ އާދައިގެ ކަމެއްބާ؟
އޭނާ ބޮލަށް ތުރާވާން ފަށައި އަތް ތުރުތުރު އަޅަން ފެށުމުން ކުޑަ ވަގުތުކޮޅަކަށް ބްރޭކެއް ނަގަން ބޭނުންވިއެވެ.
ތަހުލީލުތައް ކުރިއަށް ގެންދެވުނެވެ. ހުމައިދު ހުރި ތަނުގައި އެއްވެސް ކެމެރާއެއް ނެތެވެ. އިތުރު އެހެން ހެކިދޭ އެއްވެސް ހެއްކެތް އެއްޗެއް ފެންނާކަށް ނެތެވެ. އެވާނީ އޭނާ އަމަލުވެގެން އޮވެ ކޮންމެވެސް އަންހެނަކާ ވާހަކަ ދައްކަން ފޯނުހިފައިގެން ބިލިގާއަށް އެރިއުޅެނިކޮށް ކޮންމެވެސް ގޮތަކުން ފޯނު އަތުން ކައްސާލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށެވެ.
ހުމައިދުގެ ކުއްލި މަރާވެގެން އެކުވެރި ކަމުގައި ގްރޫޕް ހަދާފައި އުޅޭ މިތުރުން ތެރޭގައި ކޮންމެވެސް ދުރުކަމެއް ވެރިވާން ފެށިއެވެ. ކުރިންގޮތައް ކޮފީއަށް އަރައި ނޫޅުނަސް ފޯނުން ގުޅުން ބަދަހިކުރެއެވެ. އޭނާ އިނީ ފިކުރެއްގައި ހުމައިދުގެ ނިޔާވުމާ ނުތަނަވަސް ކަމެއްގައެވެ.
ހަމަ ނިދި ނިދާނުލާ އުޅޭތީ އޭނާގެ މޫޑް ޚަރާބެވެ. ދޮރުޓަކި ޖަހާލި އަޑަށް ސިހުނެވެ.
ރަފާން:” ކަމް އިންސައިޑް”
އޭނާ ވަން ގޮތައް ޕެންޑްރައިވް ދިއްކޮށްލައި، ޖިދޫ:” ސަރ. މީގަ ހުންނާނެ އަދާ ހަމައަށް އަޅުގަނޑަށް ހޯދުނު ހުރިހާ މަޢުލޫމާތުތައް.
ރަފާން:” ޖިދޫ އަހަރެން ވަރަށް ބޮލުގަ ރިއްސާ ރެއެއް ، ހިނގާބަލަ މިރޭ މަށާ އެކީ ކޮފީއަކަށް. ލޯބޮޑުވެފައި އޭނާއަށް ހިންދިރުވާލެވުނެވެ.
ޖިދޫ:” ސަރ، މިގަޑީގަތޯ؟
ރަފާން:” އާނ. ކިހިނެއްވީ. ޖިދޫވެސް އަބަދު މަސައްކަތުގަ ނޫޅުނަސް ރަނގަޅުވާނެ. ނުޒުހާ ވެސް އެހުރީ މިރޭ ޑިޔުޓީގައެއްނު.
ކޮންމެ ގޮތެއް ވިއަސް ބޮސް ބުނުއްވި ގޮތަކަށް ކަންތައް ކުރުން ބުއްދިވެރިއެވެ.
ޖިދޫ:” ލައްބަ، އެކަމަކު އަޅުގަނޑު ޔުނީފޯރމު ބަދަލު ކޮށްލައިގެން ދިޔުން އެންމެ ރަނގަޅުތޯ؟
ރަފާން؛ އާން، ޖިދޫ ގެއަށް ގޮސް ޗޭންޖް ކޮށްގެން ވެއިޓްކޮށްލާ. އަހަރެން ބައިގަޑިއިރު ތެރޭ އެކޮޅަށް ކައިރި ކޮށްލާނަން.
އޭނާ ބުމަތަޅުވާލައި އޮފީހުން ނިކުތެވެ. މިވީ ދުވަސްތައްގަ ވެސް ރަފާން ސާރ އެހެން ނޫނީ ނުހުން ނަގޮތަކަށް މާޔޫސްކަން އިތުރުވެފަ ނުތަނަވަސްކަން ވެރިވެފައިބާ؟ މިހެން ހުރެވޭކަށް ނެތެވެ. އަވަސްކޮށްލައިގެން ސަރ ދުރުވުމުގެ ކުރީން ޗޭންޖްކޮށްލަން ދާންވީއެވެ. އޭނާ ސައިކަށް އަރައި ގެއަށް މިސްރާބުޖެހިއެވެ.
ޖިދޫ މިހުރިހާ ކަމެއްގައި އެ ހިތްވަރު ކުރަނީ އޭނާއަށް ޕްރޮމޯޝަން ލިބި މަތީހަ ރުފަތަށް އެރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އޭނާ ގެއަށް ވަދެ ކުޑަކޮށް ފްރެޝްވެލައި ނަލަހެދިގެން ރަފާނަށް މެސެޖު ކޮށްލި ވަގުތާ އެކީ އޭނާއަށް ކޯލު ވާން ފެށިއެވެ.
ޖިދޫ ލޯގަނޑު ކުރިމައްޗަށް ހުއްޓިހުރެ ފުންނޭވާއެއް ލިއެވެ. ފޯނުވައިބްރޭޓް ވާންފެށިއެވެ.
ޖިދޫ:” ހަލޯ ، އޯކޭ މި ނިކުންނަނީ އޭނާ ހިނިތުންވެފައި މޫނަށް ގޮތަށް ހަދާލިއެވެ. ވަޓް؟ ވާރޭ ވެހެން ފެށީއޭ؟ އޭނާ ބެލްކަނީއަށް ބޯދިއްކޮށްލިއެވެ. އަސްތާ އެއޮށް ވެހިގަތީއެވެ. ” ހޭ، ކަމް އިންސައިޑް، އެގާރަވަނަ ފަންގިފިލާ، ހޫމް. ހިނިތުންވެފައި އޭނާ ފޯނުކަނޑާލިއެވެ. މިވީ ގޮތުން ކޮފީ ތައްޔާރުކުރަން ވީ ގޭގައެވެ. ބެލްޖެހި އަޑުއިވުނެވެ. އޭނާ ދޮރުހުޅުވާލުމާ އެކީ ރަފާން ހިނިތުންވިއެވެ. ސޮރީ ކުއްލިއަކަށް ވާރޭ ވެހެންފެށީ.
ޖިދޫ:” ތެމިއްޖެ ދޯ؟
ރަފާން:” އާނ. ކުޑަކޮށް. ދެން މިރޭ ކޮފީއަށް ދެވޭކަށް ނެތްތާ.
ޖިދޫ:” ކޮފީއެއް ރެޑީކޮށްލަނީމި. މިލްކް އޯ ބްލެކް؟
ރަފާން:” ޖަސްޓް ބްލެކް.
ހޫނު ކޮފީ ދެމަގު ހިފައިގެން އައިސް އޭނާ ސޯފާގައި އިށީނެވެ. ދެމީހުން އެކި ވާހަކަތައް ދެއްކިއެވެ. މިހާރު މާލެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި ރައްކާތެރިވުމަށް އުޅުމަށެވެ. އޭނާ ހިތުގައި އޮތް ސުވާލެއް ރަފާނަށް ކޮށްލަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ޖިދޫ:” އަހަރެން އެބައޮތް ސާރ އާ ސުވާލެ ކޮށްލަން.
ރަފާން:” މައްސަލައެއް ނެތް. އަވަހަށްކޮށްލާ. ހިނިތުންވިއެވެ.
ޖިދޫ ފުންނެވާއެއްލިއެވެ.
ޖިދޫ:” އެއީ ތެދެއްތަ؟ އަހަރުތަކެއް ކުރީން ރަފާންތަ ގެނބުނު އަންހެން ކުއްޖާ ސަލާމަތް ކުރީ؟
ރަފާން:” އާނ. އެއީ ވެސް މިކަހަލަ ބިރުވެރި ހާދިސާއެއް ވި ރެއެއް. އޭގެ ފަހުން އެކަހަލަ ކިތައް ޖަރީމާ އެހިނގަނީ.
ޖިދޫ:” ހޫމް. އަހަރެންނަށް އިންވެސްޓިގޭޓް ފައިލްތައް ޗެކްކޮށްލީމަ ދުށިން ރަފާން ސާރ އެކުއްޖާގެ ކޭސް މަސައްކަތް ކުރިކަން. އެބައިން ގޯލްޑް ސްޓާރއެކީ ސްޓާފުންގެ ފޮޓޯއެއް ވެސް.
ރަފާން. ހޫމް. އެއީ ވެސް ބިޒީރެއެއް.
ޖިދޫ:” ފަހުން ކިހިނެއްވީ އެކުއްޖާއަށް؟ ކޮފީފޮދެއް ބޯލިއެވެ.
ރަފާން:” އެ އަންހެންކުއްޖާ އައިސީޔޫގަ އޮވެފަ މަރުވިކަމަށް ވަނީ.
ޖިދޫ:” އޯހް. ސޯ ސޭޑް.
ރަފާން:” އަހަރެން ހީކުރީ ޖިދޫއަކީ ތިއަށް ވުރެ ހިތްވަރު ގަދަ ކުއްޖެއްކަމަށް… މިކަހަލަ ވަޒީފާއެއްގަ ވަރަށް ހީނުކުރާ ކޭސްތައް ފެންނާނެ އެހެންވީމަ ވަރަށް ކެރިގެން ޖެހިލުންކުޑަވެގެން އިންވެސްޓިގޭޝަންތައް ކުރިއަށް ގެންދެވޭނީ. އޭނާ އަތުގައި އިން ކޮފީ މަގުކުޑަކޮށް ތަޅުވާލަމުން އެތިފޮދެއް ބޯލިއެވެ. ރަފާން އޭނާގެ ލޮލުން ސާމާސާ އިޝާރާތެއްކޮށްލިއެވެ. އެހެނަސް އެކަން ދެނަހުރކަމަށް ޖިދޫ ނަހަދައެވެ.
ޖިދޫ:” އާނ. އަހަރެން ޖޮއިންކުރިފަހުން ވަރަށް ގިނަ ކޭސްތައް ފައިލްތައް ބަލާއޮޅުން ފިލުވައިފިން. އެކަމަކު އަދިވެސް ހިތްހަމަ ޖެހޭވަރުވާނީ ބޮޑު ތަހުލީލެއް ނިންމައި ޕްރޮމޯޝަނެއް ލިބޭ ދުވަހަކުން
އޭނާ ހިތުގައި އޮތް އަމިއްލަ މަގުސަދު ހާމަކޮށްލީ ނޫން ގޮތަކަށެވެ.
=ނުނިމޭ=
