ބައި އިލެކްޝަންގައި ޕީއެންސީއަށް ދެ ގޮނޑި، އެމްޑީޕީއަށް ދެ ގޮނޑި!
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ހަތަރު ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ދެ ގޮނޑިކާމިޔާބު ކޮށްފައިވާ އިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް ދެ ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. މާލޭގެ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށާއި މާލޭ ކައުންސިލުންގެ ތިން ގޮނޑިއަަކަށް މެމްބަރުން އިންތިހާބު ކުރުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައިކުރިއަށް ދިޔަ ބައި އިލެކްޝަންގައި 17،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު މި ބައި އިލެކްޝަންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަންއުފެދި، ވާދަވެރިކަން ބޮޑުވީ މާލޭގެ މޭޔަރަކު ކަނޑައެޅުމަށް ބޭއްވި ބައި އިލެކްޝަންގައެވެ. އެގޮތުން މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. އެމްޑީޕީ އަށް ދެން ލިބުނު ގޮނޑިއަކީ މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އަހުމަދުރިޝްވާންއެވެ. ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާއެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑިކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.