"ތުގާ އެދިޔައީ ކާކުގެ ސައިކަލު ފަތަށް އަރައިގެންތަ؟" ކޮޓަރިއަށް ވަދެވުމާއެކު ޔޫނުސް ސުވާލު ކުރީ ފަޒްނާއާއެވެ.
އޭނާ ގެއަށް ވަންނަނިކޮށް ތުގާ މީހެއްގެ ސައިކަލު ފަހަތުގައި ހުރިތަން ފެނުމުންނެވެ. އާންމު ކޮށް ތުގާ އެގޮތަށް މީހެއްގެ ސައިކަލު ގައި ހުންނަތަން ނުފެންނާތީއާއި ވެސް އެކުގައެވެ.
"ބުނި ރައްޓެއްސަކާ އެކު ބޭރަށް ދާ ވާހަކަ…ނޭނގެ،" ފަރުވާ ކުޑަ ގޮތަކަށް ފަޒްނާ ބުނެލިއެވެ.
"ނޭންގެ ޔޭ ބަލަ ސާލިފާ ބަލަން ޖެހޭނޫންތަ …އެމަންޖެ ދާހާ ތަނަކާ އުޅޭހާ ގޮތެއް؟….ބޮޑު ވެފައި ހުއްޓަކަސް އެއީ އަންހެން ކުއްޖެކޭ؟" ފަޒްނާ ދިން ޖަވާބުން ޔޫނުސް ހިތްހަމަ ނުޖެހުނެވެ. ރުޅި އާދެވުނެވެ. އެހެންކަމުން އޭނާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
"އޭނަ ބުނި ހަލެއް ނުވާނަމޭ….އެވެސް މިހާރު ބޮޑު ކުއްޖެކޭ …ކޮންމެސް ވަރެއްގެ މިނިވަން ކަމެއްވެސް އޮންނަން ވާނެ އެއްނު…މިރޭ ހާރޫން ހުރެ ބަލަ ހޭލާ…އޭނަ އަންނަން ދެން…..އޭރުން އޭނަ ކައިރިން ތި ހުރިހާ އެއްޗެއް ވެސް އޮޅުން ފިލުވޭނެތާ،" ފަޒްނާ ވެސް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހި ހުރެއެވެ.
ރެސްޓޯލެންޓްގައި އޯޑަރު ދިނުމަށްފަހު ތުގާއާއި ނަވީންވެސް އިންތިޒާރު ކުރަމުން ދިޔައީ އޯޑަރުދިން ތަކެތި އަންނާނެ އިރަކަށެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވެގެން ދިޔައެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ފުރަތަމަ ވާހަކަދައްކަން ފަށާނީ ކާކުތޯ އިންތިޒާރުގައި ހުރި ކަހަލައެވެ. ނަވީން ކަޅިޖަހާލާހެން ހީނުވެއެވެ. އޭނާގެ ނަޒަރު ކުޑަ ހިދުކޮޅަކަށްވެސް އެހެން ދިމާއަކަށް ނުދެއެވެ. އެވަރަށް ނަވީން ބަލަންހުރުމުން ތުގާ ލަދުގަތެވެ. އިސްޖަހާލުމަށްފަހު އެންމެ ފަހުން ނަވީންގެ އެކަން ނުހުއްޓުމުން ވާހަކަ ދައްކަންފެށީ ތުގާއެވެ.
"ދެން މިނަވީންވެސް…ތިވަރަށް ބަލަންޖެހޭތަ؟…ހީވަނީ އަލަށްހެން…" ބުނަން އުޅުނު ލަފްޒު ނުބުނެ ތުގާ މަޑުޖައްސާލިއެވެ.
" އަލަށޭ މިފެނުނީ….ތިހާ ތީރި ހޫރެއް….ޖާދުލެއްފަދަ ފިނިފެންމަލެއް،" ނަވީން ކުޑަކޮށް މަޖާރާގެއްގައި ބުނެލިއެވެ.
"ވަރަށް…ހީވަނީ ކޮންމެ ކުއްޖެއް ކައިރީގަވެސް ބުނާ ޑައިލޮގެއްހެން،" ޝައްކުގެ ނަޒަރުން ބަރާހެން ތުގާ ބަލާލީ ނަވީނާ ދިމާއަށެވެ. ނަވީންއަށް ތެޅެގަނެވުނެވެ. ތުގާ ބީވެގެން ދާން ބޭނުން ނުވާތީއެވެ.
"ނޫނޭ….އަހަރެން މީ އެކަހަލަ މީހެއް ނޫން،" އަވަސް އަވަހަށް ނަވީން ބުނެލިއެވެ.
"އެހެން ބުނި އެއްޗެއް ނޫނޭ …އެއީ މަޖާ،" ތުގާ ހިނތުންވެލިއެވެ. ޖަވާބުގައި ނަވީންވެސް ހީލިއެވެ.
އިރުކޮޅަކުން އެމީހުން އޯޑަރުކުރި އެއްޗެހި ގެނެސްފިއެވެ. އެހެންކަމުން ދެމީހުންވެސް ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ހަޔާތުގެ އެކި ވާހަކަތައް ހިއްސާކުރަމުންނެވެ.
"އަހަރެން އުންމީދުކުރަން ނަވީން އަހަންނަށް ދެރަގޮތެއް ނުހަދާނެކަމަށް،" ކުޑަ ހިނދުކޮޅެއްގެ ފަހުން ތުގާ ވާހަކަ ދައްކަން ފެށިއެވެ.
"ތުގާ….. އަހަންނަށް އިތުބާރު ކޮށްބަލަ…އަހަރެން ތުގާއަކަށް ދެރަގޮތެއް ނުހަދާނަމޭ…އަހަރެން ވަރަށް ސީރިއަސް…އެހެން ނޫނަސް ދިރިއުޅުމުގެ ކަންކަމުގައި އަހަރެން މީ ވަރަށް ސީރިއަސް މީހެއް..ގަބޫލްކުރޭ،" ނަވީން ބޭނުންވީ ތުގާ ގެ އިތުބާރު ހޯދާށެވެ. ކޮންމެ ފަދަ ވާހަކަ އެއް ދައްކައިގެން ވިއަސް ހެވެ. ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް ތުގާ ހާސިލް ކުރާށެވެ. ނަވީންގެ މިލްކަކަށް ހަދާށެވެ.
ކުރިން ދެފަހަރަކު ފިރިހެނުންގެ ފަރާތުން ލަނޑު ލިބިފައިވުމުގެ ސަބަބުން އިތުބާރުގެ މައްސަލަ ތުގާއަށް ކުރިމަތިވެއެވެ. އަބަދުވެސް އެކަމާ ވިސްނެއެވެ. ފިރިހެނުންނަށް އިތުބާރު ކުރުމަށް އުނދަގޫވެއެވެ. ނަވީންޖެހޭނީ ތުގާގެ އިތުބާރު ހޯދާށެވެ. އެއީ ވަރަށް މަސައްކަތްކަން ނަވީނަށްވެސް އެނގެއެވެ. އެކަމަށް ވަގުތު ބޭނުންވާނެއެވެ. އެވަގުތު ތުގާއަށް ދޭން ނަވީން ހުރީ ތައްޔާރަށެވެ. މަޑުމަޑުން ތުގާގެ އިތުބާރު ނަވީން ހޯދާނެއެވެ. ތުގާގެ އެންމެ ގާތް ރަހުމަތްތެރިއަކަށް ނަވީން ވާނެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނަވީނާއި ތުގާގެ ލޯބި ވެސް ދިޔައީ ބަދަހި ވަމުން ތާޒާވަމުންނެވެ. ހަވީރު ގެ އެކި ވަގުތު ތަކާއި ރޭގަނޑުގެ ވަގުތު ތައް ދެލޯބި ވެރިން އެކި މަންޒިލްތަކުން ބައްދަލު ކުރަމުން ދިޔައެވެ. ދެމީހުންގެ ވެސް ވިސްނުން ދާދި އެއްގޮތެވެ. އެހާ ގިނަ ދުވަހު ރައްޓެހިވެގެން ނޫޅެ ކައިވެނި ކުރުމަކީ ދެމީހުންވެސް އެނދޭ ގޮތެވެ. އާދައިގެ މަތިން ނަވީން އިންތިޒާރު ކުރަމުން ދިޔައީ ތުގާ އަންނާނެ ވަގުތަކަށެވެ. އާޓިވިޝިއަލް ބީޗްގެ ސަރަހައްދުގައެވެ. އެތާ ހުރި ބެންޗު ތަކުގެ ތެރެއިން ބެންޗެއްގައި ފޯނާ ކުޅެން ނަވީން ހުއްޓެވެ.
ފަހަތުން މީހަކު އައިސް ނަވީންގެ މޫނުގައި އަތް އެޅިއެވެ. ނަވީން މަޑުމަޑުން އޭނާގެ މޫނުގައި އަޅާފައި އޮތް އަތުގެ އިގިލިތަކުގައި ހިފާލިއެވެ.
"ތުގާ ..،" ނަވީން ބުނެލިއެވެ.
"ކިހިނެއް އިނގުނީ،" ނަވީންގެ މޫނުމަތިން އަތް ނަގަމުން ތުގާ ވާހަ ދެއްކިއެވެ.
"ތުގާ ނޫން ކާކު ދެން ހުރީ މިމޫނުގައި އަތް އަޅަން،" ނަވީން ހިނިތުން ވެލިއެވެ. ތުގާ އިށީނެވެ، ނަވީނާއި ޖެހި ފިތިގެންނެވެ.
"ކޮން ދުވަހަކުންތަ އަހަރެމެން މެރީޑް އާއި ހަމައަށް ދާނީ….ބައްޕަ އަހައިފި ކުރީ ދުވަހު ވެސް ކުއްޖަކާ ރައްޓެހި ވެގެންހޯ އުޅެނީ،" ތުގާ ނަވީންގެ ކޮޑުގައި ބޯއަޅައި ލިއެވެ.
"ދެން ތުގާ ބުނީ ކީކޭ'"
"އާނ އެކޭނު ބުނާނީ…ދެން ކީކޭ ބުނަންވީ…އަދި އެނގޭތަ ބައްޕަ ބުނި ނަވީނާއި މީޓް ކޮށް ދޭށޭ….މަންމަ ބުނި އެއް ދުވަހަކުން ކެއުމަކަށް ދައުވަތު ދޭށޭވެސް،" ތުގާ ހިނިތުންވެ ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.
"ދެން ތުގާ ތިހުންނަނީ އެއިން އެއްވެސް ވާހަކަ އެއް ނުބުނެ…ރަގަނޅު
"މީޓް ކޮށްފަ ބުނަންށޭ ތުގާ މަޑުކޮށްގެން މިހުންނަނީ…..ނަވީން ކައިރީގައި ….ތި ކަންފަތް ދޮށުގައި،" ނަވީންގެ ކަންފަތާއި މޫނު ކައިރި ކޮށްލަމުން ވައި އަޑުން ތުގާ ބުނެލިއެވެ. ތުގާގެ އެ ހަރަކާތުން ނަވީނަށް އެހެން ކަހަލަ އިޙްސާސްއެއް ވެގެން ދިޔައެވެ. ލޯ މަރާލެވުނެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫ ކޮށްލެވުނެވެ.
"ކޮން ދުވަހަކުން ނޭ ދާންވީ ….ނަވީން ހަމަ ތައްޔާރު،" ނަވީން ހިނިތުން ވެލިއެވެ.
"ކެތްތެރި ވެބަލަ…ތުގާ ބުނާނަމޭ،" ތުގާ ބުނެލިއެވެ. ނަވީން ގެދަން ބޭނުން ނުވާތީއެއް ނޫނެވެ. މަންމަމެން ބުނީމައި ނޫނީ އެގެއަށް ނަވީން ގެދާކަށް ތުގާއަކަށް ނުކެރޭނެވެ.
"އަހަރެން ކެތް ކޮށްފާނަމޭ…އޭރުން މެރީޑް އަށް ލަސްވާނީ …..ބަފައިބެ ރުން ހޯދުން އަވަސްކޮށްގެން ދޯ މެރީ ކުރެވޭނީ،" ނަވީން ހެމުން ބުނެލިއެވެ. ނަވީނަކީ އެހެން ހުރެފައި ކޮށްމެ އެއްޗެކޭވެސް ބުނެފާނެ ލާނެތް މީހެކެވެ.
"ދެން ނަވީން،" ނަވީންގެ ކޮނޑުގައި އަތުން ޖަހާލަމުން ތުގާ ބުނެލިއެވެ.
"ކީއްތަ ވީ ދޮގު ވާހަކަ އެއްތަމީ….ތުގާ ވެސް ޖެހޭނެ އަހަރެމެން ގެއަށް ދާން…މަންމަ އާއި ބައްދަލު ކުރަވަން އެބަޖެހޭ،" ތުގާއާއި ބައްދަލުކުރަން ބޭނުންވާކަމަށް މަންމަ ބުނި ހަނދާންވެގެން ނަވީން ބުނެލިއެވެ.
"ކޮބާ ކޮބާ؟….ވަކި އަހަރެންތަ މިހުންނަނީ …ހިނގާ ދާން. ތުގާ ރެޑީ،" ތުގާ ވެސް ނަވީނާއި ދިމާކޮށްލިއެވެ.
"ކެތްތެރި ވެބަލަ…ނަވީން ބުނާނަމޭ ދާންވީމަ،" ތުގާ ހަމަ ބުނި ފަދަ ގޮތަކަށް ނަވީންވެސް ބުނެލިއެވެ
"ދެން މި ނަވީން …ޖެހޭތަ އަހަރެން ބުނާހާ ގޮތަކަށް ބުނަން….ވަރަށް މަޖާ،" ތުގާ ތުމަށް ގޮތެއް ހަދާލިއެވެ.
"މަޖާ …ހާދަ ރީއްޗޭ ތުގާ ރުޅި އައީމަ،" ނަވީން ހީގަތެވެ. ތުގާ އަށް ވެސް ހެވުނެވެ.
"މި ނަވީނާއި ހެދި ރުޅި އާދެވޭކަށް ވެސް ނޯންނާނެ،"
"ކީއްވެ ރުޅިއައީ." ނުދަންނަ އެޒުވާނާ ވާހަކަ ދެއްކީ ބަތޫލާއި އެވެ.
-ނުނިމޭ-
